Roadha Mihaaru
ޑޫޑުލްގެ އާ ފިހާރައެއް ލިލީމަގުގައި ހުޅުވައިފި

އާ ބްރޭންޑްތަކާ އެކު ޑޫޑުލްގެ ޒަމާނީ ފިހާރައެއް ލިލީމަގުގައި ހުޅުވައިފި

05 ނޮވެމްބަރ 2020

ފެންވަރު ރަނގަޅު ސްޓޭޝަނަރީ އާއި އާޓް ސަޕްލައިޒް ރާއްޖެ އެތެރެކޮށް ވިއްކާ ޑޫޑުލް ކްރާފްޓް އެންޑް ސްޓޭޝަނަރީޒްގެ އާ ފިހާރައެއް މިއަދު މާލޭގައި ހުޅުވައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ފެންވަރު ރަނގަޅު ސްޓޭޝަނަރީ އާއި އާޓް ސަޕްލައިޒް ރާއްޖެ އެތެރެކޮށް ވިއްކާ ޑޫޑުލް ކްރާފްޓް އެންޑް ސްޓޭޝަނަރީޒްގެ އާ ފިހާރައެއް މިއަދު މާލޭގައި ހުޅުވައިފި އެވެ.

ޒަމާނާ އެއްގޮތަށް ފަރުމާކޮށްފައިވާ މި ފިހާރަ ހުންނާނީ ލިލީމަގު، ދިވެހި އިންޝުއަރެންސް ކުރިމައްޗަށްވާ ގޮތަށެވެ. މިތަން ފަރުމާކޮށްފައިވަނީ ޖާގަ ބޮޑުކޮށް، ކަސްޓަމަރުންނަށް ފަސޭހަވާނެ ގޮތަށެވެ.

މިއީ ޑޫޑުލް އިން މާލޭގައި ހުޅުވި ދެ ވަނަ ފިހާރަ އެވެ. މި ފިހާރަ އިން އާ ބްރޭންޑުތަކުގެ އުފެއްދުންތައް ލިބެން ހުންނާނެ އެވެ. މީގެ ތެރޭގައި ދުނިޔޭގެ ނަން މަޝްހޫރު އަދި އާޓް އެންޑް ކްރާފްޓް ފަދަ އުފެއްދުންތެރި މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި މަގުބޫލް ބްރޭންޑްތައް ހިމެނެ އެވެ.

އެ ފިހާރައިގެ އޮފިޝަލަކު ވިދާޅުވީ ޑޫޑުލް އިން ބޭނުންވަނީީ ގިނަ ތަކެތި އެއްތަނަކުން ވިއްކުމުގެ ބަދަލުގައި ވިއްކާ ހުރިހާ އުފެއްދުމަކީ ވެސް ފެންވަރު ރަނގަޅު ކޮލިޓީ އުފެއްދުމަށް ހެދުން ކަމަށެވެ. އަދި ސްޓޭޝަނަރީ ވިއްކަމުން އަންނަ ގޮތް ބަދަލުކޮށް ކަސްޓަމަރުންނަށް އާ ތަޖުރިބާއެއް ކޮށްދޭން ވެސް އެ ފިހާރައިން ބަލާ ކަމަށް އޭނާ ބުންޏެވެ.

ކުލަ ޖައްސަން ބޭނުންވާ ސާމާނުތަކެއް ޑިސްޕްލޭ ކޮށްފައި-- ފޮޓޯ: ނިޝާން އަލީ/މިހާރު

ކުލަ ޖައްސަން ބޭނުންވާ ސާމާނުތަކެއް ޑިސްޕްލޭ ކޮށްފައި-- ފޮޓޯ: ނިޝާން އަލީ/މިހާރު

"ގިނަ އެއްޗެހިތަކެއް އެއް ތަނަކަށް ގެނައުމުގެ ބަދަލުގައި އަޅުގަނޑުމެންގެ ވިސްނުމަކީ، ފެންވަރާ މެދު ޝައްކުނުވާނެ ވަރުގެ ރަނގަޅު ތަކެތި ކަސްޓަމަރުންނަށް ފޯރުކޮށްދިނުން. ހަމަ އެއާ އެކު، ސްޓޭޝަނަރީ އަދި އާޓް އެންޑް ކްރާފްޓް ވިއްކުމުގައި މިހާރު ގެންގުޅޭ އުސޫލު ބަދަލުކޮށް، ކަސްޓަމަރުންގެ ބޭނުންތަކަށް ފޯކަސްކޮށްގެން ކުރާ ތަފާތު އެކްސްޕީރިއަންސެއް ފޯރުކޮށްދިނުން. ކުރިއަށް އޮތް ތަނުގައި ވެސް ކަސްޓަމަރުންނަށް އެ ތަފާތު ފެނިގެންދާނެ،" ޑޫޑްލްގެ އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވިއްކާ ކޮންމެ ޕްރޮޑަކްޓެއް ވެސް ހިޔާރުކުރަނީ އެ އެއްޗެއްގެ ކޮލިޓީ ދެނެގަނެ، އެއީ އެ ބްރޭންޑުގެ ވެސް ސައްހަ، އޮރިޖިނަލް އެއްޗެއްތޯ ޔަގީންކުރުމަށް ފަހު. އަލަށް ގެނައި ޕްރޮޑަކްޓްތަކަކީ ވެސް އެގޮތުން ފާހަގަކޮށްލެވޭ ތަކެތި،"

ޑޫޑުލްގެ ދެވަނަ ފިހާރަ ހުޅުވުމާ ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފަ އެވެ. މި ޕްރޮމޯޝަންގައި އެ ފިހާރައިން ވިޔަފާރިކުރާ ކޮންމެ ކަސްޓަމަރަކަށް 10 ޕަސެންޓުުގެ ޑިސްކައުންޓް ލިބޭނެ އެވެ. އަދި ޕްރޮމޯޝަަން ކުރިއަށްދާ މުއްދަތުގައި ވިޔަފާރި ކުރާ ކަސްޓަމަރުންގެ މެދުގައި ގުރުއަތުން ހޮވޭ މީހަކަށް 2،000ރ. ގެ ވައުޗަރެއް ވެސް ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން ހަފްތާއެއްގެ މުއްދަތަށެވެ.