Roadha Mihaaru
އެލްބިއަން ސްޓޯރު ވެސް ޖަނަވަރީމަގަށް

ޖަނަވަރީ މަގުގައި އެލްބިއަން ސްޓޯރުގެ ފިހާރައެއް ހުޅުވައިފި

04 ނޮވެމްބަރ 2020

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހާޑްވެއާ އާއި ސެނިޓަރީ ވެއާގެ ވިޔަފާރި ކުރަމުން އަންނަ އެލްބިއަން ސްޓޯރުގެ އާ ފިހާރައެއް، ހާޑްވެއާ ފިހާރަތައް ގިނަ ޖަނަވަރި މަގުގައި މިއަދު ހުޅުވައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހާޑްވެއާ އާއި ސެނިޓަރީ ވެއާގެ ވިޔަފާރި ކުރަމުން އަންނަ އެލްބިއަން ސްޓޯރުގެ އާ ފިހާރައެއް، ހާޑްވެއާ ފިހާރަތައް ގިނަ ޖަނަވަރި މަގުގައި މިއަދު ހުޅުވައިފި އެވެ.

މި ފިހާރަ ހުޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު އާއި އާސްކް ހޯލްޑިންސްގެ ޗެއާޕާސަން އާމިނަތު މިރްފަތު އަހުމަދެވެ.

އާސްކުގެ ދަށުން ހުޅުވާފައިވާ އެލްބިއަން ސްޓޯރުގެ އެހެން ފިހާރަތަކުން ލިބެން ހުންނަ ހުރިހާ އުފެއްދުމެއް އަލަށް ހުޅުވި ފިހާރައިން ވެސް ލިބޭނެ އެވެ. މި ފިހާރަ އަކީ ކަސްޓަމަރުންގެ އެދުމުގެ މަތިން ހުޅުވި ފިހާރައެއް ކަމަށް އެލްބިއަން ސްޓޯރުން ބުންޏެވެ.

އެ ކުންފުނީގެ ސީއީއޯ މުހައްމަދު އަޝްފާގު ވިދާޅުވީ ހާޑްވެއާ ފިހާރަތައް އެންމެ ގިނަ ސަރަހައްދުގައި އެލްބިއަން ސްޓޯރުގެ ފިހާރައެއް ހުޅުވުމަކީ ކުންފުންޏަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ކަސްޓަަމަރުންނާ ގާތުން ހިދުމަތް ދިނުމަށް އިތުރު ފިހާރަތައް ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެލްބިއަން ސްޓޯރުގެ އެތެރެ- ފޮޓޯ: ނިޝާން އަލީ/މިހާރު

އެލްބިއަން ސްޓޯރުގެ އެތެރެ- ފޮޓޯ: ނިޝާން އަލީ/މިހާރު

މި ފިހާރަ ހުޅުވުމާ ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފަ އެވެ. އެގޮތުން، އެ ފިހާރައިން 500ރ. އިން މަތީގެ ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ފިހާރައިން ލިބެން ހުންނަ އުފެއްދުންތަކުގެ ތެރޭގައި މޮންސޫން އާއި ޕްރީމާ އާއި ރޫބީ އާއި ސެރާ އާއި ކެންގަރޫ އަދި އެބްކޯ ބްރޭންޑްގެ ސާމާނު ހިމެނެ އެވެ. މީގެ އިތުރުން ތަފާތު ވައްތަރުގެ ހާޑްވެއާ ސާމާނާއި، ފްލޯރިން އާއި ތަފާތު ވައްތަރުގެ ބްލޮކް ބޯޑާއި ޕްލައިވުޑް އަދި ސެނިޓަރީ ވެއާ ސާމާނު ލިބެންހުންނާނެ އެވެ.

އެލްބިއަން ސްޓޯރުން ލިބެން ހުންނަ ޓައިލްތައް ޑިސްޕްލޭކޮށްފައި-- ފޮޓޯ: ނީޝާން އަލީ/ މިހާރު

އެލްބިއަން ސްޓޯރުން ލިބެން ހުންނަ ޓައިލްތައް ޑިސްޕްލޭކޮށްފައި-- ފޮޓޯ: ނީޝާން އަލީ/ މިހާރު

އެލްބިއަން ސްޓޯރުން ކަސްޓަމަރުންނަށް ލިބިގެންދާނެ އިތުރު ހިދުމަތްތަކުގެ ތެރޭގައި، އެލްބިއަން ސާވިސަސްއިން ދެމުން އަންނަ ޓައިލް ކެފުމާއި، މަރާމާތުކުރުމާއި ކާޕެންޓްރީގެ ހިދުމަތްތައް ވެސް ލިބޭނެ އެވެ.

އެލްބިއަން ސްޓޯރުގެ ޖަނަވަރީމަގުގެ ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށެވެ.