03 ނޮވެމްބަރ 2020
ރާއްޖެ އަށް މީގެ 32 އަހަރު ކުރިން ސްރީ ލަންކާގެ ހަނގުރާމަވެރި ޖަމާއަތެއްގެ ބަޔަކު ދިން އުދުވާނީ ހަމަލާއިން ގައުމު ސަލާމަތްކޮށްދޭން ވި ގުރުބާނީން ދިވެހިން ލިބިގަތް އެއް ފިލާވަޅަކީ ގައުމު ދެކެ އެއްވެސް ޝަރުތެއް ނެތި ލޯބިވުމުގެ މުހިއްމުކަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އަށް މީގެ 32 އަހަރު ކުރިން ސްރީ ލަންކާގެ ހަނގުރާމަވެރި ޖަމާއަތެއްގެ ބަޔަކު ދިން އުދުވާނީ ހަމަލާއިން ގައުމު ސަލާމަތްކޮށްދޭން ވި ގުރުބާނީން ދިވެހިން ލިބިގަތް އެއް ފިލާވަޅަކީ ގައުމު ދެކެ އެއްވެސް ޝަރުތެއް ނެތި ލޯބިވުމުގެ މުހިއްމުކަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަހާ ގުޅިގެން ރައީސް ނެރުއްވި ޚިތޯބުގައި ރައީސް ވިދާޅުވީ ދިވެހިންގެ މަދު ބަޔަކާ ގުޅިގެން ބޭރުގެ ހަނގުރާމަވެރި ޖަމާއަތެއްގެ ބަޔަކު ނޮވެމްބަރު، 3، 1988، ގައި މާލެ އަރައި ހިންގި އުދުވާނަކީ އަނިޔާވެރި އަމަލުތަކެއް ކަމަށެވެ. ކުށެއް ނެތް 19 ދިވެހިންގެ ލޭ މި ބިމަށް އޮހޮރުވާލައި ދިވެހިންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދި ލާއިންސާނީ އަމަލުތަކެއް ކަމަށް ވިދާޅުވި އެވެ.
އެ ދުވަހުގެ ހަނދާންތައް މިއަދު އާ ކުރަނީ، އެ ދުވަހާ ގުޅިފައިވާ ބަތަލުންގެ މަތިވެރި ގައުމީ ޖިހާދުން ހިތްވަރު ލިބިގަންނަމުން ކަން ރައީސް ފާހަގަކުރެއްވި އެވެ. ނަސްރުގެ ދުވަހުގެ ކާމިޔާބާ ގުޅިފައިވާ، 19 ޝަހީދުންގެ ޒިކުރާ އެމަނިކުފާނު އާ ކުރެއްވި އެވެ.
"ނަސްރުގެ ދުވަހު ދިވެހިން ލިބިގަތް އެންމެ ބޮޑު އެއް ފިލާވަޅަކީ، ތިމާގެ އުފަން ފަސްގަނޑު ދެކެ، އެއްވެސް ޝަރުތެއް ނެތި ލޯބިވުމުގެ މުހިންމު ކަމެވެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، އިސްލާމް ދީނާއި ދިވެހި ގައުމުގެ ދިފާއުގައި ފުރާނައިން ގުރުބާންވީ ސިފައިންނާއި އާއްމު ރައްޔިތުންގެ ގުރުބާނީން ދޭހަވަނީ، ދިވެހި ދަރިންގެ ހިތްތަކުގައި، ގައުމާ މެދު އޮންނަ ލޯބީގެ ބާރުގަދަ ކަމާއި މަތިވެރިކަމެވެ. އެ ލޯތްބާއި ގަދަރުގެ އަސަރު ޒަމާންތަކަށް ދެމިގެންގޮސް، ޖީލުން ޖީލަށް ވާސިލްވާ ކަން ވެސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ދިވެހި ސިފައިންނަކީ އޭރު ވެސް މިހާރު ވެސް ގައުމަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލައި ގައުމާއި ރައްޔިތުން ސަލާމަތް ކުރުމުގައި ނަމޫނާ ލަޝްކަރެއް ކަމަށެވެ. ނޮވެމްބަރު 3 ގެ ހަމަލާ އިން ރާއްޖެ ސަލާމަތްކުރަން ދިވެހި ސިފައިން ދެއްކި ހިތްވަރާއި ހުށިޔާރުކަމުގެ ނަމޫނާ ދިވެހިންގެ ހިތްތަކުން ދުވަހަކު ވެސް ފޮހެވިގެން ނުދާނެ ކަމަށް ވިދާޅުވި އެވެ.
އެ ހަމަލާ ނާކާމިޔާބުކޮށްލަން ދިވެހި ރައްޔިތުން ދިން އެއްބާރުލުމާއި އަވަށްޓެރި އިންޑިއާ އިން ވެދިން އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.
ދިވެހި އަސްކަރިއްޔާ ޒަމާނީކޮށް، އިތުބާރާއި ޔަގީންކަން ދަމަހައްޓަވަން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ކުރައްވާ މަސައްކަތް ރައީސް ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވި އެވެ. އަދި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލްގެ ހަރުދަނާ ލީޑަޝިޕްގެ ދަށުން ސިފައިން ހޯދާ ކުރިއެރުމާއި ތަރައްގީއަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.
ސިޔާސީ މޮޅާއި ކުރި ހޯދުމެއް ނެތް, ޗޮއިސްއަކީ ރައީސް!
ހަމަޖެހުން ހޯދައިދީ ގިނަ މަސައްކަތް ކުރެވިއްޖެ: ރައީސް
ނަޝީދުއާ އޮތް ހިޔާލުތަފާތުވުމަކީ މި މަގާމުގައި ހުރުން
މެނިފެސްޓޯގައި ނިޒާމީ ވޯޓު ނަގާކަށް ނުނިންމާ: ސަރުކާރު
"ނަސްރު ލިބުނީ ދީނުގެ ސައްހަ އަގީދާގެ މަތީ ތިބުމުން"
މަގާމުގެ ހަދިޔާތަކުގައި ހޯދަން ވެފައި އޮތީ ހައްދެއް
އަހުދުގެ މަތީގައި ދެމިހުންނެވީ ރައީސް އެކަނި: އަސްލަމް
އަންހެނުންގެ ކޮމިޓީ، ބައެއް ކައުންސިލުން ބާކީކޮށްފައި!
ލޭންޑް ޔޫސް ޕްލޭން ލަސްވުމުގެ ހިތްހަމަނުޖެހުން!
މި މުސާރައަކީ ހެޔޮ ބަދަލެއްކަމަށް އުއްމީދުކުރަން:ރައީސް