28 ޑިސެމްބަރ 2022
ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ފުއްދަވަން ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތަކުގެ ވަރަށް ގިނަ މަސައްކަތްތަކެއްކޮށް ހަތަރު އަހަރުން ނަތީޖާ ނެރެވުނު މިންވަރާ މެދު ހިތްހަމަޖެހުން އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ފުއްދަވަން ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތަކުގެ ވަރަށް ގިނަ މަސައްކަތްތަކެއްކޮށް ހަތަރު އަހަރުން ނަތީޖާ ނެރެވުނު މިންވަރާ މެދު ހިތްހަމަޖެހުން އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ރައީސް ވިދާޅުވީ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ވެރިކަމާ ހަވާލުވި އިރު އޮތް ހާލަތުން ގައުމަށް އައި ހަމަޖެހުން ކަމަށެވެ. އެއާއެކު ވައުދުތަކުގެ މަސައްކަތް ފަށައިގަތްތަނުން ކުރިމަތިވި ކޮވިޑުގެ ދަތިކަމާ އެކު ރައްޔިތުންނަށް ދަތިނުވާނެ ގޮތަށް އިގްތިސާދީ ކަންކަން ވެސް ކުރިއަށް ގެންދެވުނު ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ކަށަވަރުވެފައި އޮންނަން ޖެހޭ އަސާސީ ގިނަ ހިދުމަތްތަކެއް މި ވެރިކަމުގައި ފަށައި ބާރަށް ކުރިއަށް އެބަދެ އެވެ. ސާފު ބޯފެނާއި ނަރުދަމާ އެންމެންނަށް ގާއިމްކޮށްދިނުމުގެ 141 މަޝްރޫއު ހިނގާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކަރަންޓުގެ ޔަގީންކަން އެންމެންނަށް ފޯރުކޮށްދެވި، ގިނަ ރަށްތަކެއްގައި އަލަށް އެތައް ޖަނަރޭޓަރެއް ބަހައްޓާފައިވާ ކަމަށެވެ.
● އިންޖީނުގެތަކާއި އިންޖީނުގެތަކުގެ އޮފީސް އިމާރާތް ކުރުމުގެ 76 މަޝްރޫއެއް އެބަދޭ.
● 47 ރަށެއްގެ ބަނދަރު ނިމި 37 ރަށުގެ މަސައްކަތް އެބަދޭ.
● 31 ރަށުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް އެބަދޭ.
● 7 ރަށުގެ ބިން އިތުރުކޮށް އަށް ރަށުގެ މަސައްކަތް އެބަދޭ.
● ސިއްހީ ދާއިރާގެ 31 މަޝްރޫއެއް ނިމިއްޖެ
● ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާލުމުގެ މަސައްކަތް ފެށިއްޖެ
● ބޮޑުތިލަދުންމައްޗާއި ޅ. އަތޮޅުން 100،000 އަށް ވުރެން ގިނަ މީހުން އެ ނިޒާމުން ދަތުރުކޮށްފި
● އައްޑު އާއި ފުވައްމުލަކުގައި މިނީ ބަސް ތައާރަފްކޮށްފި
● މާލެ އާއި އަތޮޅު ތެރޭގައި 16،000 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އެކި މަޝްރޫއުތައް އެބަ ހިންގާ
● މާލޭގައި އަޅާ 8،700 ފްލެޓް ހިމެނޭ.
● ފްލެޓްތަކަށް ހުޅުވާލުމުން 20،000 އަށް ވުރެން ގިނަ އެޕްލިކޭޝަން ލިބިފައިވޭ.
● އަތޮޅު ތެރޭގައި 4،430 ފްލެޓާއި ރޯ ހައުސް އިމާރާތް
● ގެދޮރުވެރިޔާ ލޯން 183 މީހަކަށް 168 މިލިއަން ރުފިޔާ ދެވިއްޖެ
● މާލެ ސަރަހައްދުން ދޫކުރާ ގޯއްޗަށް 15،000 އަށް ވުރެން ގިނަ ފޯމު ހުށަހަޅާފައިވޭ.
● އުފެއްދުންތެރި ޖީލަކަށް ކުރާ މަސައްކަތުގައި 16،000 އަށް ވުރެން ގިނަ ދަރިވަރުން ހިލޭ ޑިގްރީއަށް އަންނަނީ ކިޔަވަމުން.
● ސަރުކާރުން ވައުދުވި ގޮތަށް މަސައްކަތްތެރިންނަށް ކުޑަ އުޖޫރަ ކަށަވަރުކޮށްދެވިއްޖެ
● ތައުލީމީ ދާއިރާގެ މުވައްޒަފުންގެ 10،000 މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު ގެނެވިއްޖެ
● ހިފެހެއްޓިފައި ހުރި ބާރުތައް ދޫކޮށްލެވިއްޖެ. ލާމަރުކަޒީ ބޮޑު ބަދަލު ގެނެވެން ފަށައިފި
● އިންކަމް ސަޕޯޓްގެ ގޮތުގައި 22،000 އަށް ވުރެން ގިނަ މީހުންނަށް 421 މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދެވުނު
● 2000 އަށް ވުރެން ގިނަ މީހުންނަށް 1.8 ބިލިއަން ރުފިޔާގެ ލޯން ދޫކުރެވުނު
● ނެޓް ޒީރޯއަށް އަމާޒު ހިފައި ގިނަ މަސައްކަތްތަކެއް އެބަދޭ
● ތިލަފުއްޓަށް ކުނި ޖަމާކުރުން ހުއްޓުވައި ދުން އެރުވުން ހުއްޓިއްޖެ
● މަރު ކޮމިޝަނުން ތިން ރިޕޯޓެއް ނިންމައިފި، ދައުވާކުރުމާއި އިސްލާހުކުރުން އެބަދޭ
● އެމްއެމްޕީއާރުސީ ހިޔާނާތުގެ 14 މައްސަލައެއް ކޯޓަށް ހުށަހެޅި. ފަސް މީހުންނަށް 43 ދައުވާއެއް ސާބިތުވި
● 53 މައްސަލަ އޭސީސީން އަންނަނީ ތަހުގީގުުކުރަމުން.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް ފާހަގަކުރެއްވި ގޮތުގައި ކޮވިޑާ އެކު ޔުކްރެއިން ހަނގުރާމައާ ގުޅިގެން ވެސް ދުނިޔެއަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި އެވެ. ރާއްޖެއަށް ވެސް އަސަރުކުރި އެ ދަތިތަކުން އަރައިގަތުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަަމަށް ވިދާޅުވި އެވެ.
"ދުނިޔޭގެ ބާޒާރުގައި މުދަލާއި ތެލުގެ އަގު އިންތިހާއަށް ބޮޑުވުމުގެ ސަބަބުން އިތުރަށް ފައިސާ ހޯދަން ޖެހުނު. އެހެން ނަމަވެސް މުސްތަގުބަލް ފެންނަނީ އުޖާލާކޮށް، އަހަރު ނިމިގެންދާއިރު ރާއްޖޭގެ އިގްތިސާދީ ހާލަތު މި ދަނީ ރަނގަޅުވަމުން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދީ ހާލަތު، ކޮވިޑުގެ ކުރީގެ ހާލަތާ ގާތަށް ވާސިލްވެވިއްޖެ އެވެ.
މި އަހަރާއި އަންނަ އަހަރު ވެސް އިގްތިސާދު ކުރިއަރާނެ ކަމަށް ވިދާޅުވި އެވެ.
"2023 ވަނަ އަހަރުގެ އަންދާޒާއަކީ 7.6 އިންސައްތަ ކުރިއަރާނެ ކަަމަށް،" ޓޫރިޒަމް ރަނގަޅުވަމުން އަންނަ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.
ކޮވިޑަށް ފަހު އެންމެ ބާރު ދުވެއްޔެއްގައި އިގްތިސާދު ކުރިއަރާ 10 ގައުމުގެ ތެރޭގައި، ރައީސް ވިދާޅުވި ގޮތުގައި، ރާއްޖެ ވަނީ ހިމެނިފަ އެވެ.
"އަންނަ އަހަރަކީ ހުރި ގޮންޖެހުންތައް ހުރަސްކުރުމަށް އުއްމީދުތަކެއް ލިބިގެންދާނެ އަހަރެއް ކަަމަށް އަޅުގަނޑުމެން ޔަގީންކުރަން،" ރައީސް ވިދާޅުވި އެވެ.
ސިޔާސީ މޮޅާއި ކުރި ހޯދުމެއް ނެތް, ޗޮއިސްއަކީ ރައީސް!
ނަޝީދުއާ އޮތް ހިޔާލުތަފާތުވުމަކީ މި މަގާމުގައި ހުރުން
މެނިފެސްޓޯގައި ނިޒާމީ ވޯޓު ނަގާކަށް ނުނިންމާ: ސަރުކާރު
މަގާމުގެ ހަދިޔާތަކުގައި ހޯދަން ވެފައި އޮތީ ހައްދެއް
އަހުދުގެ މަތީގައި ދެމިހުންނެވީ ރައީސް އެކަނި: އަސްލަމް
އަންހެނުންގެ ކޮމިޓީ، ބައެއް ކައުންސިލުން ބާކީކޮށްފައި!
ލޭންޑް ޔޫސް ޕްލޭން ލަސްވުމުގެ ހިތްހަމަނުޖެހުން!
މި މުސާރައަކީ ހެޔޮ ބަދަލެއްކަމަށް އުއްމީދުކުރަން:ރައީސް
ރައީސް ހޮސްޕިޓަލުން ދޫކޮށްލައިފި، ހާލު ރަނގަޅު
އަބޫދާބީގެ ވަލީއަހުދުގެ ދައުވަތަކަށް ރައީސް ޔޫއޭއީ އަށް