16 ޖެނުއަރީ 2022
އަބޫދާބީގެ ވަލީއަހުދުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޔޫއޭއީ އަށް މިއަދު ފުރާވަޑައިގެންފި އެވެ.
އަބޫދާބީގެ ވަލީއަހުދުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޔޫއޭއީ އަށް މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ،، ވަލީއަހުދު އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރު ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދައުވަތަކަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ވެސް ބައިވެރިވާ ކަމަށެވެ.
މާދަމާ ބާއްވަން ހަމަޖެހިފައިވާ "އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް" ހުޅުވުމުގެ ރަސްމިއްޔާތު އަދި "ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް" ދިނުމުގެ ރަސްމިއްޔާތުގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި އަހަރު ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
އާ އަހަރުގެ ޗުއްޓީ އަށް މިދިޔަ އަހަރުގެ ފަހުކޮޅު އެ މަނިކުފާނު ސްރީ ލަންކާ އަށް ވަޑައިގެންނެވި އެވެ. އޭގެ ފަހުން ސަރުކާރުގެ ރަސްމީ މަސައްކަތުގައި ނ. އަތޮޅަށާއި އަދި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީގެ ކެމްޕެއިންގައި ށ. އަތޮޅަށް ވެސް ރައީސް ވަޑައިގަތެވެ.
ރައީސް އަބޫދާބީގެ ވަލީއަހުދާ ބައްދަލުކުރައްވައިފި
އެކުވެރި ދެ ރައީސުންގެ ފޮޓޯތަކަށް ސަމާލުކަން!
ރާއްޖެ-ޔޫއޭއީ ޖޮއިންޓް ކޮމިޝަނެއް ގާއިމްކުރަނީ
ރަސްމީ ދަތުރުފުޅެއްގައި ރައީސް ޔޫއޭއީ އަށް
ރައީސްގެ ޔޫއޭއީ ދަތުރުގައި އެހީތަކެއް ލިބޭނެ: ޝާހިދު
މާފަރު އެއާޕޯޓަށް ޔޫރަޕުން ސީދާ ފްލައިޓް!
ސިޔާސީ މޮޅާއި ކުރި ހޯދުމެއް ނެތް, ޗޮއިސްއަކީ ރައީސް!
ހަމަޖެހުން ހޯދައިދީ ގިނަ މަސައްކަތް ކުރެވިއްޖެ: ރައީސް
ނަޝީދުއާ އޮތް ހިޔާލުތަފާތުވުމަކީ މި މަގާމުގައި ހުރުން
މެނިފެސްޓޯގައި ނިޒާމީ ވޯޓު ނަގާކަށް ނުނިންމާ: ސަރުކާރު