28 ޑިސެމްބަރ 2022
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ އަސްލަކީ އެމަނިކުފާނު ވެރިކަމުގައި ހުންނެވުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ އަސްލަކީ އެމަނިކުފާނު ވެރިކަމުގައި ހުންނެވުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ ނަޝީދާ އެމަނިކުފާނަކީ އެކި ކަންކަމުގައި އަބަދުވެސް ހިޔާލު ތަފާތުވާ ދެ ބޭފުޅުން ކަަމަށެވެ. އެކަމަކު އެ ހިޔާލުތަފާތުވުންތައް ހުރި ނަމަވެސް ސިޔާސީ މަސައްކަތުގައި އެކުގައި ކުރިއަށް ދެވުނު ކަމަށެވެ.
އެމްޑީޕީގެ ރައީސެއްގެ ގޮތުގައި ނަޝީދު ވެރިކަން ކުރެއްވި އިރު ނިންމެވި ބައެއް ނިންމެވުންތަކާ މެދު ހިތްހަމަޖެހިވަޑައިނުގަތުމުން އެކަން އެމަނިކުފާނާ ހިއްސާކުރައްވާ ކަަމަށެވެ. އެކަމަކު އެމަނިކުފާނަށް ލަފަ އާއި މަޝްވަރާ އަރުވަން އޭރު ތިއްބެވި ގިނަ ބައެއްގެ ބަހަށް އެކަމެއް ނިންމެވުމުން ގަބޫލުކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނުގެ މި ކޯލިޝަން ވެރިކަމުގައި ވެސް ކަންކަން ނިންމަވަނީ އެންމެ ބޭފުޅަކު ބޭނުންވާ ގޮތަށް ނޫން ކަަމަށާއި ގިނަ ބަޔަކަށް ބުރަވެވޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.
އެންމެ ގާތް އެކުވެރިޔާ، ނަޝީދާ ދެމެދު ހިޔާލުތަފާތުވުން އުފެދުނީ ބަރުލަމާނީ ނިޒާމުގައި ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ފުރުސަތަށް އެދިވަޑައިގަތް ހިސާބުން ކަަން ފެންނަން އޮތަސް އެ ވާހަކަ ރައީސް ވިދާޅުވީ ނުސީދާކޮށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ނަޝީދަކީ ވެރިކަން ބޭނުންފުޅުވާ ބޭފުޅެކެވެ.
"[މިހާރު އޮތީ] ވެރިކަމުގައި އަޅުގަނޑު ހުރުމާ މެދު އޮތް ހިޔާލު ތަފާތުވުމެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ނޫން ކަމެއް އޮތް ކަމަަކަށް ގަބޫލުނުކުރެއްވެ އެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަން ދަމަހައްޓަން އެމްޑީޕީން ބޭނުންވާ ކަމަށެވެ. މިވަގުތު އެމްޑީޕީން ކާމިޔާބީ ހޯދުމުގެ އެންމެ ފުރުސަތު ބޮޑު ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތަށް ބަލާއިރު އެއްވެސް ޕާޓީއަކުން އެކަނި ނުކުމެ އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އޭގައި މުހިއްމީ އަޣުލަބިއްުޔަތު ހޯދުން ކަމަށްވާއިރު، ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ބޭނުންވާ 50 ޕަސެންޓަށް ވުރެން މަތިން އެމަނިކުފާނަށް ހޯއްދެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވި އެވެ.
"ސިޔާސީ ގޮތުން ހިޔާލު އެއްގޮތް ނޫން މީހުންނާ އެކު ވެސް ކޯލިޝަން ހަދައިގެން ރިޔާސީ އިންތިހާބު 2023 ކާމިޔާބު ކުރެވޭނެ. އެ ފުރުސަތު [އަޅުގަނޑަށް] އެހެން އޮތީމަ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ނިންމީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ވެރިކަން ދަމަހައްޓަން ޕާޓީގެ އާއްމު މެމްބަރުން ވޯޓު ދޭނެ ކަމުގެ ޔަގީންކަން އެބައޮތެވެ. ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރެއްވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފުރަތަމަ ދައުރުގައި އެމަނިކުފާނު ވެވަޑައިގަތް ވައުދުތައް ފުއްދަވަމުން އަންނަ ކަަމަށާއި އެކަން ރައްޔިތުން ބަލައިގަންނަ ކަމަށެވެ. މި ދައުރުގެ ތެރޭގައި ފަށާފައި ހުރި އެހެން ގިނަ މަޝްރޫއުތައް ނިންމަން ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރަން ނަޝީދު ކުރައްވާ މަސައްކަތާ ގުޅުވައި ނޫސްވެރިން ވަނީ ސުވާލުކޮށްފަ އެވެ. އެކަމުގައި ރައީސް އެއްބާރުލުން ދެއްވާނަންތޯ އެހުމުން ވިދާޅުވީ އެއީ، އަމަލުކުރަމުން އަންނަ މެނިފެސްޓޯގައި އޮތް ވައުދެއް ނޫން ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ތަންފީޒުކުރައްވަމުން ގެންދަވަނީ ކެމްޕޭންގައި ރައްޔިތުންނަށް ވައުދުވެވަޑައިގަތް ގޮތަށް ޕާޓީތަކަށް އެއްބަސްވެވުނު މެނިފެސްޓޯ އެވެ. އޭގައި މި ފަސް އަހަރުގެ ތެރޭގައި ނިޒާމީ ވޯޓެއް ނެގުމުގެ ވާހަކައެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވައުދު ފުއްދަވަމުން ގެންދަވަނީ އެ މެނިފެސްޓޯއާ އެއްގޮތަށް ކަމަށް ވިދާޅުވި އެވެ.
"އޭގައި ނެތް ކަމެއް ކުރަން ވެއްޖެ ކަމަށް އަޅުގަނޑު ދެން ކުރަން ޖެހޭނެ ކަމަކީ މަޝްވަރާކުރުން، ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެފަދަ ބަދަލެއް ގެންނަ ނަމަ އެމަނިކުފާނަށް ޖެހިވަޑައިގަންނަވާނީ ކޯލިޝަން ޕާޓީތަކާ އެކު ވާހަކަ ދައްކައިގެން ގޮތެއް ނިންމުމަށެވެ.
އެމްޑީޕީން 2018 އަށް ހެދި "ޖަޒީރާ ރާއްޖެ" މެނިފެސްޓޯގައި، "އެކުލަވާލެވޭ ސަރުކާރުގައި ބޮޑުވަޒީރަކާއި އޭނާގެ ކެބިނެޓް މަޖިލީހުގެ ތެރޭގައި ހިމެނޭނެ ނިޒާމެއް ގާއިމްކުުރުމުގެ" ވައުދު އެބައޮތެެވެ. އެކަމަކު އެމްޑީޕީގެ ސިޔާސަތުތައް ވެސް ހިމެނޭ ގޮތަށް ރައްޔިތުންނަށް އާއްމުކުރީ "ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ" އެވެ. އެއީ މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމާއި އަދާލަތު ޕާޓީއަށް އެއްބަސްވެވުނު ސިޔާސަތުތަކުގެ މައްޗަށް އެކުލަވާލެވުނު މެނިފެސްޓޯއެކެވެ.
ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުންނަށް ވެސް ފުރުސަތު އޮންނާނެ އެވެ. ޖަލު ހުކުމެއް މިހާރު ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަހެރިކޮށް ބާކީކޮށް އިންތިހާބު ބޭއްވުމަކީ އެމަނިކުފާނުގެ ވިސްނުމެއް ނޫން ކަމަށް ވިދާޅުވި އެވެ.
ސިޔާސީ މޮޅާއި ކުރި ހޯދުމެއް ނެތް, ޗޮއިސްއަކީ ރައީސް!
ހަމަޖެހުން ހޯދައިދީ ގިނަ މަސައްކަތް ކުރެވިއްޖެ: ރައީސް
މެނިފެސްޓޯގައި ނިޒާމީ ވޯޓު ނަގާކަށް ނުނިންމާ: ސަރުކާރު
މަގާމުގެ ހަދިޔާތަކުގައި ހޯދަން ވެފައި އޮތީ ހައްދެއް
އަހުދުގެ މަތީގައި ދެމިހުންނެވީ ރައީސް އެކަނި: އަސްލަމް
އަންހެނުންގެ ކޮމިޓީ، ބައެއް ކައުންސިލުން ބާކީކޮށްފައި!
ލޭންޑް ޔޫސް ޕްލޭން ލަސްވުމުގެ ހިތްހަމަނުޖެހުން!
މި މުސާރައަކީ ހެޔޮ ބަދަލެއްކަމަށް އުއްމީދުކުރަން:ރައީސް
ރައީސް ހޮސްޕިޓަލުން ދޫކޮށްލައިފި، ހާލު ރަނގަޅު
އަބޫދާބީގެ ވަލީއަހުދުގެ ދައުވަތަކަށް ރައީސް ޔޫއޭއީ އަށް