01 ނޮވެމްބަރ 2016
މަސްވެރިންނަށް ވިއްކާ ޑީސަލް ލީޓަރަކުން 40 ލާރި އަގު ހެޔޮކޮށް، އަށް ރުފިޔާ އަށް ވިއްކަން މިއަދު ފަށައިފި އެވެ.
މަސްވެރިންނަށް ވިއްކާ ޑީސަލް ލީޓަރަކުން 40 ލާރި އަގު ހެޔޮކޮށް، އަށް ރުފިޔާ އަށް ވިއްކަން މިއަދު ފަށައިފި އެވެ.
ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ރޭ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މަސް ގަންނަ މިފްކޯގެ ސެންޓަރުތަކުންނާއި އެ ކުންފުނީގެ ބޯޓުތަކުން މަސްވެރިންނަށް އެ އަގުގައި މިހާރު ޑީސަލް ގަންނަން ލިބޭނެ އެވެ.
"ދުނިޔޭގެ ތެލުގެ ބާޒާރަށް ބަދަލެއް ނައިކަމުގައި ވިޔަސް، މިފްކޯ އިން މި ބަދަލު ގެނައީ ސަރުކާރުން މިފްކޯ އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރުމާ ގުޅިގެން މަސްވެރިންގެ ކުރިއެރުމަށާއި ލާބަ އަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިންނެވެ،" ބަޔާނުގައިވެ އެވެ.
މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކުރަން ނިންމާފައިވާކަން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވަނީ މިދިޔަ އާދިއްތަ ދުވަހު އިއުލާން ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ބަދަލު ގެންނަނީ އެސްޓީއޯ އާއި މިފްކޯ ގުޅިގެން މަސްވެރިންނަށް ރަނގަޅު ގޮތްތަކެއް ހަދައިދެވޭނެތީ އެވެ.
މަސްވެރިންނަށް ވިއްކާ ތެލުގެ އަގު މި އަހަރުގެ ކުރީކޮޅު ވެސް ހެޔޮ ކުރި އެވެ. މިފްކޯ ވަކިން ހިންގިއިރު ގެނައި އެ ބަދަލުގެ ދަށުން، އޭރު 10.50 ރުފިޔާ އަށް ވިއްކަމުން ދިޔަ ޑީސަލް ލީޓަރެއް 7.30 ރުފިޔާ އަށް ކުޑަ ކުރި އެވެ. އެކަމަކު، ފަހުން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ވަނީ 8.40 އަށް ބޮޑުކޮށްފަ އެވެ.
ސަރުކާރުން ވަނީ މި މަހުގެ ކުރީކޮޅު މިފްކޯ އެސްޓީއޯގެ ދަށަށް ގެންގޮސްފަ އެވެ. އަދި މިފްކޯގެ 300 މިލިއަން ރުފިޔާގެ ދަރަންޏާ ސަރުކާރުން ހަވާލުވެފައި ވާއިރު، މިފްކޯ މިހާރު ހިންގަނީ އެސްޓީއޯގެ 99.99 ޕަސެންޓް ހިއްސާ އާއި އެސްޓީއޯގެ އިތުރު ސަބްސިޑަރީއެއް ކަމަށްވާ އެލައިޑް އިންޝުއަރެންސްގެ 0.01 ޕަސެންޓް ހިއްސާވާ ކުންފުންޏެއްގެ ގޮތުގަ އެވެ.
މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކުރަނީ
މިފްކޯއިން ވެސް ތެލުގެ އަގު ބޮޑު ކޮށްފި
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި
ކޮންމެ މަސްދޯންޏަކަށް ތިން ޓަނުގެ އައިސް ހިލޭ ދެނީ
މަސްވެރިކަން ރަނގަޅުވާން ފަށައިފި
މަސްވެރިންނަށް 66 މިލިއަން ރުފިޔާ ޖަމާކޮށްދީފި
ފައިސާ ދޭން ފެށުމުން މަސްވެރިން މުޒާހަރާ ހުއްޓާލައިފި
މިފްކޯއަށް 1.6 ބިލިއަންގެ ގެއްލުން ވެއްޖެ: ޝިޔާމް
މަސްވެރިންނަށް ނުދެވި ހުރި ފައިސާ މާދަމާ ދޭނެ: މިފްކޯ
އެޖެންޑާގެ އެންމެ ކުރީގައި މަސްވެރިންނަށް ފައިސާ ދިނުން