26 އޮކްޓޯބަރ 2020
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އެސެޓު ރިކަވަރީ ކޮމިޝަނުން ކުރާ ތަހުގީގަށް އިދިކޮޅު ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަހުމަދު ނިހާނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު އެ ކޮމިޝަނަށް ހާޒިރުކޮށްފި އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އެސެޓު ރިކަވަރީ ކޮމިޝަނުން ކުރާ ތަހުގީގަށް އިދިކޮޅު ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަހުމަދު ނިހާނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު އެ ކޮމިޝަނަށް ހާޒިރުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ވެސް ނިހާން ކޮމިޝަނަށް ހާޒިރުކުރި އެވެ. އެ ދުވަހު އޭނާ އަށް ފުރުސަތު ދިނީ ވަކީލަކާ އެކު ކޮމިޝަނަށް ހާޒިރުވުމަށެވެ. އެހެންވެ، ޖުމްހޫރީ ޕާޓީގެ މިހާރުގެ މެމްބަރު ނިހާން ކޮމިޝަނަށް މިއަދު ވަޑައިގަތީ ގާނޫނީ ވަކީލަކާ އެކު އެވެ. ނިހާންގެ ބޭންކު އެކައުންޓުތަކުގެ ތަފުސީލު ވެސް އެސެޓު ރިކަވަރީ ކޮމިޝަނާ މިއަދު ހިއްސާކުރި ކަމަށް ވެ އެވެ.
ނިހާން، ޕީޕީއެމްގައި އިސްކޮށް އުޅުއްވި ދުވަސްވަރު އަދީބާ ވަރަށް ގާތްގުޅުމެއް ބާއްވަމުން ގެންދެވި އެވެ. ޚާއްސަކޮށް މަގާމުގެ ހައިސިއްޔަތުން ވެސް ދެ ބޭފުޅުންގެ ގުޅުން އޭރު ވަރަށް ބޮޑެވެ.
ތަހުގީގީ އިދާރާތަކުން ކުރިން ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ޖުމްލަ 267 ފަރާތަކަށް ލިބިފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ. އޭގެ ތެރޭގައި މިހާރުގެ ސަރުކާރުގެ ހަތް ފަރާތަކާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ ފަސް މެމްބަރަކާއި ސަލާމަތީ ޚިދުމަތްތަކުގެ 23 ފަރާތެެއް ހިމެނޭ ކަމަށް އޭރު ބުންޏެވެ.
ރިޔާސީ ކޮމިޝަނަށް ޕީޕީއެމް/ޕީއެންސީގެ ބައެއް އިސް ބޭފުޅުން ވެސް މިދިޔަ ހަފުތާގައި ހާޒިރުކޮށްފައިވާ ކަމުގެ އަޑު ފެތުރުނު ނަމަވެސް އިދިކޮޅުން ވަނި އެކަން ދޮގުކޮށްފަ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ގިނަ ބަޔަކަށް ކުރާއިރު އަދި މިހާތަނަށް މިހާރުގެ ސަރުކާރުގެ އަދި ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ އެއްވެސް ފަރާތަކާ ކޮމިޝަނުން އަދި ސުވާލެއް ނުކުރެ އެވެ.
އެސެތް ރިކަވަރީ ކޮމިޝަނަކީ 2012 އިން 2018 ވަނަ އަހަރާ ދެމެދު ހިންގާފައިވާ ހިޔާނާތުގެ މައްސަލަތައް ބަލައި ތަހުގީގުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މަގާމުގެ ހުވާކުރެއްވުމާ އެކު، އުފައްދަވާފައިވާ ކޮމިޝަނެކެވެ. ނަމަވެސް އަދި އެ ކޮމިޝަނުން އެއްވެސް މައްސަލައެއް ނިންމައި ދައުވާކުރަން ފޮނުވާފައެއް ނުވެއެވެ. ކޮމިޝަނުގެ މަސައްކަތްތައް ލަސްވާތީ ކޮމިޝަނަށް ވަނީ ފާޑުކިޔުން ވެސް އަމާޒުވެފަ އެވެ.
ޕީޕީއެމްގެ ރައްދު: އެމްޑީޕީގެ ހިޔާނާތް ބަލާނަންތޯ؟
އެސްއޯއެފަށް ދައުވާ ނުކުރާނެ ކަމާއި ސަބަބު ބުނެފި
ނިހާންގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް
އަދީބު މިހާރު ހުންނެވީ އަމީން އެވެނިއުގެ ފްލެޓެއްގައި
އަދީބުގެ އެރުމާއި ވެއްޓުން، ކޮން އިބުރަތެއް؟
ޝަރީއަތް ނިމެންދެން އަދީބު ބަންދަށް
އަދީބު ޝަރީއަތް ނިމެންދެން ބަންދުކުރަން އެދިއްޖެ
ޕީޖީ ޝަމީމްގެ މައްސަލަތަކެއް ބާ ކައުންސިލަށް
ބޮޑު ހިޔާނާތް: "މައްސަލަ ބެލޭނެ މާހައުލެއް ނެތް"
އަދީބުގެ ދައުވާތައް ބާތިލްކުރި ގާޒީގެ މައްސަލަ ބަލަނީ