21 އޮކްޓޯބަރ 2020
ލަންޑަން (އޮކްޓޫބަރު 21) - އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ރަޖިސްޓްރީ ކުރި 25 ކުޅުންތެރިންގެ ސްކޮޑުން މެސުޓް އޮޒިލް ބާކީކުރިއިރު، މިދިޔަ އަހަރު ފުޓްބޯޅައިން ރިޓަޔާކުރި އުމުރުން 38 އަހަރުގެ ގޯލްކީޕަރު ޕީޓަ ޗެކްގެ ނަން ޗެލްސީގެ ސްކޮޑުގައި ހިމަނައިފި އެވެ.
ލަންޑަން (އޮކްޓޫބަރު 21) - އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ރަޖިސްޓްރީ ކުރި 25 ކުޅުންތެރިންގެ ސްކޮޑުން މެސުޓް އޮޒިލް ބާކީކުރިއިރު، މިދިޔަ އަހަރު ފުޓްބޯޅައިން ރިޓަޔާކުރި އުމުރުން 38 އަހަރުގެ ގޯލްކީޕަރު ޕީޓަ ޗެކްގެ ނަން ޗެލްސީގެ ސްކޮޑުގައި ހިމަނައިފި އެވެ.
ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު އަލުން ޖޫން މަހު މިދިޔަ ސީޒަންގެ ޕްރިމިއާ ލީގުގެ ފަހު ބައިގެ ކުޅުން ފެށި ފަހުން އާސެނަލް ކުޅުނު އެއްވެސް މެޗެއްގައި އޮޒިލް ބޭނުމެއް ނުކުރެ އެވެ. އާސެނަލްގެ ކޯޗު މިކޭލް އާޓެޓާގެ ޕްލޭނުގައި އޮޒިލަށް ފުރުސަތެއް ނެތް ކަމަށް ނިންމާފައިވާތީ އޮޒިލް ދޫކޮށްލަން އެ ކްލަބުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މަސައްކަތްކުރި އެވެ. އެކަމަކު އޮޒިލް އަށް މިހާރު އާސެނަލުން ދެމުން އަންނަ ހަފްތާއަކު 458،000 ޑޮލަރު ލިބޭ މުސާރަ ދޭނެ އެހެން ކްލަބެއް ނެތުމާ އެކު އޮޒިލް ކްލަބް ދޫކޮށްލަން ބޭނުމެއް ނުވި އެވެ.
އާސެނަލުން ޔޫރޮޕާ ލީގަށް ނެގި ސްކޮޑުގައި ވެސް އޮޒިލަށް ފުރުސަތެއް ނުދެ އެވެ. އަދި އިއްޔެ ޕްރިމިއާ ލީގުގެ ސްކޮޑު ހުށަހެޅިއިރު އޮޒިލަށް އެ ސްކޮޑުން ވެސް ފުރުސަތެއް ނެތެވެ. ރިޕޯޓްތައް ބުނާގޮތުން އާސެނަލުން އަންނަނީ އުމުރުން 31 އަހަރުގެ އޮޒިލްގެ ކޮންޓްރެކްޓްގެ ބާކީ ބައި ކެންސަލްކޮށްލެވޭނެ ގޮތެއް އޮތްތޯ އޭނާއާ މަޝްވަރާ ކުރަމުންނެވެ.
އޮޒިލް، އާސެނަލާ އެކު 2018 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން ކޮންޓްރެކްޓްގެ ފަހު އަހަރުގެ ސީޒަން ފެށޭތާ ވަކި މުއްދަތެއް ފާއިތުވާއިރު އޭނާ އެ ކްލަބްގައި ހުރެފިނަމަ ލޯޔަލްޓީ ބޯނަހެއްގެ ގޮތުގައި 9.3 މިިލިއަން ޑޮލަރު ދެން ޖެހޭ ގޮތަށް މާއްދާއެއް އޮވެ އެވެ. ރިޕޯޓްތައް ބުނާގޮތުން އާސެނަލުން ވަނީ މިދިޔަ މަހު އެ ފައިސާ ދައްކައިފަ އެވެ.
ޗެލްސީ އަށް ގިނަ ދުވަހު ކުޅުމަށް ފަހު ޗެކް ރިޓަޔާކުރީ އާސެނަލަށް ކުޅުމަށް ފަހު އެވެ. އޭނާ މިހާރު ހުރީ ޗެލްސީގެ ޓްރާންސްފާތަކާއި ޕާފޯމަންސް އަދި ސްޕޯޓްސް ޑިރެކްޓަރުގެ ޒިންމާތަކާ ހަވާލުވެގެންނެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީން ބޭނުންވި ކުޅުންތެރިން ހޯދުމުގައި ޗެކްގެ ދައުރު ބޮޑެވެ.
ޗެލްސީގެ ސްކޮޑުގައި ޗެކްގެ ނަން ހިމެނީ އެ ޓީމުގެ ގޯލްކީޕަރުންނަށް ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުންނެވެ. ޗެލްސީގައި މި ވަގުތު ތިބީ މީގެ ދެ އަހަރު ކުރިން ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރުގެ ގޮތުގައި ގެނައި ސްޕެއިނުގެ ކެޕާ އަރިއްޒަބަލާގާ އާއި ތަޖުރިބާކާރު ކީޕަރު އާޖެންޓީނާގެ ވިލީ ކަބަލޭރޯ އަދި މި ފަހަރުގެ ޓްރާންސްފާ މާކެޓްގަައި ގެނައި ސެނެގޯލްގެ ކީޕަރު އެޑޮއާޑް މެންޑީ އެވެ.
ޗެލްސީގެ ޓްރެއިނިންއެއްގެ ތެރެއިން ކެޕާ (ކ) އާއި ޗެކް.-- ފޮޓޯ: ޗެލްސީ
ކެޕާގެ ފޯމު ވަރަށް ބޮޑަށް ގެއްލިފައިވާއިރު، މެންޑީ އާއި ކަބަލޭރޯގެ ފިޓްނަސް މައްސަލަތަކެއް އަންނަނީ ފެންނަމުންނެވެ. ޗެލްސީން އެންމެ ފަހުން ލީގުގައި 3-3 އިން ސައުތެމްޓަންއާ އެއްވަރުވި މެޗުގައި އަނިޔާގެ ސަބަބުން މެންޑީ ނުކުޅެ އެވެ. އެކަމަކު ރޭ ޗެމްޕިއަންސް ލީގުގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް އޭނާ ވަނީ ފިޓްވެފަ އެވެ. ޗެކް ޓީމު ލިސްޓުގައި ޖެހި އަނެއް ސަބަބަކީ ކޮވިޑް-19ގެ ސަބަބުން ކީޕަރުންތަކަކަށް ނުކުޅެވޭ ހާލަތެއް އަތުވެއްޖެ ނަމަ ކުޅުވާށެވެ.
"ޗެކް ލިސްޓުގައި ޖެހީ ކޮންޓްރެކްޓް ޕްލޭޔަރެއްގެ ގޮތުގައެއް ނޫން. އޭނާގެ ރޯލު އަދިވެސް ބޮޑަށް އޮންނާނީ އަސްލު މަގާމު ކަމަށްވާ ޕާފޯމަންސް ޑައިރެކްޓަރެއްގެ ރޯލުގައި،" ޗެލްސީގެ އޮފިޝަލަކު އިނގިރޭސި މީޑިއާ އަށް ބުނެފައިވެ އެވެ.
އުފަން ގައުމު ޗެކް ރިޕަބްލިކުގެ ކްލަބަކުން 1999 ވަނަ އަހަރު ކެރިއަރު ފަށައި އެ ގައުމުގެ ގަދަބާރު ސްޕާޓާ ޕްރާގް އާއި ފްރާންސްގެ ރޭނިސް އަށް ވެސް ކުޅުމަށް ފަހު ހޯސޭ މޮރީނިއޯގެ އެދުމުގެ މަތިން ޗެކް ޗެލްސީ އަށް ބަދަލުވީ 2004 ގަ އެވެ. އެ ޓީމާ އެކު ޕްރިމިއާ ލީގާއި އެފްއޭ ކަޕް ހަތަރު ފަހަރު އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކުރި އެވެ. ޗެކް އަކީ ޕްރިމިއާ ލީގުގެ ތާރީހުގައި ފެނިގެންދިޔަ އެންމެ މޮޅު އެއް ކީޕަރެވެ.
އާސެނަލް އެއްވަރު، ޗެލްސީ ދެ ވަނައިގައި ލީޑު ނަގައިފި
ޗެލްސީގައި އެއް ކޯޗަކު ދެމިހުންނަން ޖެހޭ: މަރެސްކާ
ސިޓީއަށް މޮޅުނުވެވުމުން ލިވަޕޫލް އެއް ވަނައަށް
ޗެލްސީގައި އޮތް ހުރިހާ ގޯހެއް ނެރެ ދައްކައިފި
އާސެނަލްގެ ފަހަތުން ލިވަޕޫލް ވިއްދައިފި
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ޗެލްސީ ގޯހުން ގޯހަށް، އާސެނަލް ހުއްޓުވީ ސޮން
ޗެލްސީ ބަލިކޮށް އާސެނަލް އަށް ވަގުތީ ހިތްހަމަޖެހުމެއް
އާޓެޓާ ބުނީ އަދިވެސް ލީގު ތައްޓަށް ވާދަކުރާ ކަމަށް
އާސެނަލް ކުރިއަށް، މޮޅަކާއެކު ޗެލްސީއަށް ހިތްހަމަޖެހުން