30 އޮކްޓޯބަރ 2016
އެފްއޭއެމްގެ އިންތިހާބުގައި ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވާ އަހުމަދު ތޯރިގް (ޓޮމް) އާއި ބައްސާމް އަދީލް ޖަލީލްގެ ކެންޑިޑެސީ އާއި އެ ދެ ބޭފުޅުންގެ ހުށަހަޅުއްވާފައިވާ އެގްޒެކެޓިވް ކޮމިޓީ އެފްއޭއެމްގެ އިލެކްޓޯރިއަލް ކޮމިޓީން ރުހުން ދީފި އެވެ.
އެފްއޭއެމްގެ އިންތިހާބުގައި ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވާ އަހުމަދު ތޯރިގް (ޓޮމް) އާއި ބައްސާމް އަދީލް ޖަލީލްގެ ކެންޑިޑެސީ އާއި އެ ދެ ބޭފުޅުންގެ ހުށަހަޅުއްވާފައިވާ އެގްޒެކެޓިވް ކޮމިޓީ އެފްއޭއެމްގެ އިލެކްޓޯރިއަލް ކޮމިޓީން ރުހުން ދީފި އެވެ.
އެފްއޭއެމްގެ ސީނިއާ ވައިސް ޕްރެޒިޑެންޓުގެ މަގާމަށް ޓޮމް ނޮމިނޭޓްކުރައްވާފައިވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުގެ ސީއީއޯ ހުސެއިން ޝާފިއު (ކޮއްކީ) ގެ ނަމެވެ. ވައިސް ޕްރެޒިޑެންޓުގެ މަގާމަށް ހުށައަޅުއްވާފައިވަނީ ކްލަބް އީގަލްސްގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމުގެ ނަމެވެ. އެގްޒެކެޓިވް ކޮމިޓީގެ އާއްމު މެމްބަރުންގެ މަގާމްތަކަށް ތޯރިގް ނޮމިނޭޓްކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ އެންމެ ކާމިޔާބު ދެ ކްލަބުގެ ތެރެއިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ވައިސް ޗެއާމަން އިސްމާއިލް ޒިޔާމާއި ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ބޯޑް މެމްބަރު އަދި ކުޅިވަރާ ބެހޭ މިނިސްޓްރީގައި ކުރިން އިސް މަގާމްތަކެއް ފުރުއްވި އިބްރާހިމް ނަޒީމް ހިމެނިވަޑައިގަންނަވަ އެވެ. އެފްއޭއެމްގެ އާ އަސާސީ ގަވާއިދުގެ ދަށުން ރައީސްގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅަކު، އޭނާގެ ފަރާތުން އެކްސްކޯ އަށް މެމްބަރުން ނޮމިނޭޓްކުރައްވަން ޖެހޭނެ އެވެ. އަދި އިންތިހާބުގައި ވޯޓަށް އަހާނީ ޓީމަށް އެއްކޮށެވެ. އެކްސްކޯގައި ހިމަނާ މެންބަރުންނަކީ ފާއިތުވި ފަސް އަހަރުގެ ތެރެއިން ދެ އަހަރު ފުޓްބޯޅައިގައި ހަރަކާތްތެރިވެ އުޅުނު ފަރާތަކަށް ވާން ޖެހެ އެވެ. އިލެކްޓޯރަލް ކޮމިޓީން ކެންޑިޑެސީ ގަބޫލުކުރީ އެ ޝަރުތުތައް ފުރިހަމަވޭތޯ ބެލުމަށް ފަހު އެވެ. އިލެކްޓޯރަލް ކޮމިޓީ އަކީ އެފްއޭއެމްގެ ކޮންގްރެސް އިން ފާސްކޮށްފައިވާ ކޮމިޓީއެކެވެ.
ދެން ހިމެނެނީ މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލްވައްހާބް (ވައްކޭ) އާއި ޖޭޖޭ ސްޕޯޓްސްގެ ރައީސް އިބްރާހިމް ޝުޖާއު އާއި ސްޕޯޓްސް ކައުންސިލްގެ މެމްބަރު އަދި ކުރީގެ ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު ރޯޒާގެ އިތުރުން މަހިބަދޫ ސްޕޯޓްސް ކްލަބުގެ މެނޭޖަރު އަހުމަދު އަނީސެވެ.
ބައްސާމް ޓީމުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ބައްސާމް ހުށަހެޅުއްވީ ސީނިއާ ވައިސް ޕްރެޒިޑެންޓަކަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް އަދި ވައިސް ޕްރެޒިޑެންޓަކަށް ކުރީގެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިއާ އައިޝަތު ނާޒިމާ އެވެ.
އެކްސްކޯ އާއްމު މެމްބަރުންގެ ގޮނޑިއަށް ހުށަހަޅުއްވާފައިވާ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދާއި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އާއި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަލީ ޝާހު އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އެވެ. އެކްސްކޯ އަށް ދެން ހުށަހެޅުއްވީ މޯލްޑިވްސް ގޭސްގެ ސޭލްސް މެނޭޖަރު މުހައްމަދު ޝިފާއުގެ ނަމެވެ.
ފީފާ އިން އެފްއޭއެމްގެ އިންތިހާބު ހުއްޓުވައިފި
މުފާގެ ރައްދު؛ ތަހުގީގުން ހަގީގަތް ސާފު ވާނެ!
ބައްސާމާ އެކު އިންސާފުވެރި އިންތިހާބެއް ބޭއްވޭނެތަ؟
ބައްސާމުގެ އެންމެ ބޮޑު ފޯކަސް އަތޮޅު ފުޓްބޯޅައަށް!
ބައްސާމްގެ ދައުރު ނިމެނީ، ރާއްޖެ ފީފާގެ އިންތިޒާރުގައި
ވެލެންސިއާގެ ސިޓީއާއެކު ޓޮމް އެފްއޭއެމްގެ އިންތިހާބަށް
ދެން އިއުލާންކުރާ އިންތިހާބުގައި ބައްސާމް ވާދަކޮށްފާނެ
ސައްހަ އެޕީލް ކޮމިޓީއެއް ނެތް ކަމަށް އެއްބަސްވެއްޖެ
އިލެކްޓޯރަލް ކޮމިޓީގެ ނައިބު ވަނީ އިސްތިއުފާ ދީފައި!
"ޓޮމް އަށް އެޕީލް ކުރުމުގެ ހައްގު ހޯދައިދޭނަން"