08 އޮކްޓޯބަރ 2020
ދުނިޔޭގެ ތާރީހުގައި ވެސް މިހާތަނަށް އެންމެ ހޫނު ގަދަވި ކަމަށް ރެކޯޑްކުރެވިފައި ވަނީ މިދިޔަ މަހު ކަމަށް ބުނެފި އެވެ.
ދުނިޔޭގެ ތާރީހުގައި ވެސް މިހާތަނަށް އެންމެ ހޫނު ގަދަވި ކަމަށް ރެކޯޑްކުރެވިފައި ވަނީ މިދިޔަ މަހު ކަމަށް ބުނެފި އެވެ.
ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ އާތު އޮބްޒަވޭޝަން ޕްރޮގްރާމް، ކޮޕާނިކަސް އިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މިދިޔަ ސެޕްޓެމްބަރުގައި ހޫނުމިން 0.05 ޑިގްރީ ސެލްސިއަސް އަށް މަތިވެފައިވެ އެވެ. އެހެންވެ މި އަހަރުގެ ސެޕްޓެމްބަރު މަހަކީ ދުނިޔޭގެ ތާރީހުގައި ވެސް މިހާތަނަށް އެންމެ ހޫނު ގަދަވި މަސް ކަމަށް ބުންޏެވެ.
ކޮޕާނިކަސް އިން ބުނި ގޮތުގައި ދުނިޔެ ހޫނުވަމުންދާ ނިސްބަތް އިތުރުވަމުން ދިއުމަކީ އިންސާނުންގެ އަމަލުތަކުން ދުނިޔޭގެ ފިނިހޫނުމިނަށް އަސަރުކުރަމުންދާ ކަމުގެ ހެއްކެކެވެ. އެގޮތުން ޖައްވަށް ބޭރުކުރެވޭ އެކި ބާވަތުގެ ވިހަ ގޭސްތަކާއި ގަސްތައް ކެނޑުމާއި ޖަންގަލިތަކުގައި ރޯވުން ފަދަ ކަންކަމާ ހުރެ ދުނިޔެ ހޫނުވަމުންދާ މިންވަރު އަހަރުން އަހަރަށް މަތިވަމުންދާ ކަމަށް ބުންޏެވެ.
ކޮޕާނިކަސް އިން ބުނިގޮތުގައި އެމެރިކާގެ ކެލިފޯނިއާގެ ޖަންގަލިތައް އަނދަމުން ދިއުމާއި މި ފަހުން އޮސްޓްރޭލިއާގެ ޖަންގަލިތައް އެނދުން ފަދަ ބޮޑެތި ހާދިސާތަކަކީ ހޫނުމިން އިތުރުވުމަށް މަގުފަހިވެފައިވާ ކަންކަމެވެ.
?September #temperature highlights from #Copernicus #C3S:
— Copernicus ECMWF (@CopernicusECMWF) October 7, 2020
?️Globally and in Europe, September 2020 was the warmest September on record, with well above average temperatures in many regions
?️Cool La Niña conditions in eastern tropical Pacific
More ➡️https://t.co/8QuqiUawEX pic.twitter.com/GDRNLboyh0
މި އަހަރު ފާހަގަކުރެވެނީ މިހާތަނަށް އެންމެ ހޫނުގަދަވި ދުވަސް ވެސް ރެކޯޑް ކުރެވުނު އަހަރަށެވެ. އެގޮތުން މިދިޔަ އޮގަސްޓް މަގުގެ ތެރޭގައި ކެލިފޯނިއާގެ ޑެތު ވެލީގެ ނެޝަނަލް ޕާކްގެ ހޫނުމިން އެ މަހުގެ 17 ގައި 54.4 ޑިގްރީ ސެލްސިލް އަށް ރެކޯޑް ކުރެވިފައިވާ ކަމަށް އެމެރިކާގެ ނެޝަނަލްް ވެދާ ސާވިސް އިން ހާމަކޮށްފައިވެ އެވެ.
ކޯޕަނިކަސް ކްލައިމެޓް ޗޭންޖް ސާވިސް (ސީ3އެސް) ގެ ޑެޕިއުޓީ ޑިރެކްޓަރު ސަމަންތާ ބާޖެސް ވިދާޅުވި ގޮތުގައި ދުނިޔެ ހޫނުވުމަށް މަގުފަހިވާ ކަންކަން އިތުރުވަމުން ދިއުމާއި ވާރޭ ވެހުން މަދުވުން ފަދަ ކަންކަން ދަނީ ހައިރާންވާހާ މިންވަރަށް ބޮޑުވަމުން ކަމަށެވެ. އެހެން އެއީ ވަރަށް ބިރުވެރި މެސެޖެއް ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މޫސުން ލަފާކުރަން އެނގުނަސް މިހާރު ކަންކަން ހިނގާ ގޮތަށް ބަލާ އިރު މޫސުން ވަނީ އޮޅުންބޮޅުންވެފަ އެވެ.
"އޭގެ މާނަ އަކީ އަހަރެމެންގެ އަމަލުތައް ބެހެއްޓޭ ގޮތުގެ ސަބަބުން ގުދުރަތީ ގޮތުން މޫސުމަކީ މިހާރު ލަފާކުރަން ވެސް ދަތި ކަމަކަށްވެފައޭ ވަނީ،" ސަމަންތާ ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގެ ރީޑީން ޔުނިވަސިޓީގެ ކްލައިމެޓަލޮޖޮސްޓް އެޑް ހޯކިން ވެސް ވިދާޅުވީ މޫސުމާ ގުޅޭ ގޮތުން ހުރީ ބޮޑެތި ކަންބޮޑުވުންތައް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ދުނިތެ މިހާރު ތަޖުރިބާކުރަމުން ދަނީ އެންމެ ޑިގްރީއަކަށް ވެސް ހޫނުމިން މަތިވެއްޖެ ނަމަ ކުރިމަތިވާނެ މައްސަލަތެކެވެ.
"އެ ތަޖުރިބާ މިހާރު މިހާރު މިކުރެވެނީ. އެކަމަކު ޑިކާނަބަނައިޒޭޝަން އޮތް ހިސާބަކަށް ބަލާ އިރު ހޫނުމިން މިހާރު މިސްރާބު ޖަހާފައި ވަނީ އިތުރު ތިން ޑިގްރީ ސެލްސިއަސް އަށް،" ހޯކިން ވިދާޅުވި އެވެ.
"މި ވާހަކައެއް އަހަރެމެން ދައްކާތާ އެތައް ޒަމާނެއްވެއްޖެ. އެކަމަކު އަދިވެސް ހައްލުތަކާ ހަމައަކަށް ނުދެވޭ. އޭގެ ބަދަލުގައި ޖައްވަށް ދޫކުރެވޭ ގްރީންހައުސް ހަމަ އިތުރުވަނީ. އޭގެ ނަތީޖާ އަކީ އެއް ދުވަހުން އަނެއް ދުވަހަށް ހޫނުމިން މަތިވަމުން ދިއުން."
ޔޫރަޕްގެ އިރުމަތީ ބިތަށް އާދަޔާ ޚިލާފު ހޫނުކަމެއް
ޔޫރަޕް އާދަޔާ ޚިލާފު ހަނަފަސްކަމެއްގެ ތެރޭގައި
އަލިފާނުގެ ހާދިސާ އަށް ފަހު ތުރުކީގައި ފެންބޮޑުވަނީ
މިހާރު ފިޔަވަޅު އަޅައިފިއްޔާ ތިމާވެށި ސަލާމަތްކުރެވިދާނެ
އޮކްޓޯބަރެއްގައި ފުޖީގައި ސްނޯ ނެތް ފުރަތަމަ ފަހަރު
ތެލަށް 65 މިލިއަން ޑޮލަރު ހޭދަވެއްޖެ:ރައީސް
ސައެންސްވެރިން ކުރި އިންޒާރު ތެދަކަށް ވެއްޖެ
މިކުރަނީ އަލިފާނާ ދެކޮޅު ހަނގުރާމައެއް: ގްރީސް
އަނެއްކާ ވެސް ރެކޯޑް މިންވަރަކަށް ހޫނު ދުވަހެއް
މިހާތަނަށް އެންމެ ހޫނުވީ މިދިޔަ ހޯމަ ދުވަހު