Roadha Mihaaru
ފައިލްތައް ކޯޓުން ބޭރަށް ގެންދާ އުސޫލް ބަދަލުކޮށްފި

ފައިލްތައް ކޯޓުން ބޭރަށް ގެންދާ އުސޫލަށް ސުޕްރީމް ކޯޓުން ބަދަލު ގެނެސްފި

07 އޮކްޓޯބަރ 2020

މައްސަލަތަކުގެ ފައިިލްތައް ކޯޓުތަކުން ބޭރަށް ގެންދިއުމުގެ އުސޫލަށް ސުޕްރީމް ކޯޓުން ބަދަލު ގެނެސްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މައްސަލަތަކުގެ ފައިިލްތައް ކޯޓުތަކުން ބޭރަށް ގެންދިއުމުގެ އުސޫލަށް ސުޕްރީމް ކޯޓުން ބަދަލު ގެނެސްފި އެވެ.

ސުޕްރީމް ކޯޓުން ކުރިން ހަމަޖައްސާފައި އޮތް ގޮތުން ޚާއްސަ ހާލަތްތަކުގައި ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން މައްސަލަތަކުގެ ފައިލްތައް ކޯޓުތަކުން ބޭރަށް ގެންދެވޭނެ އެވެ.

އެކަމަކު މިދިޔަ އާދިއްތަ ދުވަހު ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައި ވަނީ އޯޑިއޯ އާއި ވީޑިއޯ މެދުވެރިކޮށް ޝަރީއަތްތައް ކުރިއަށް ގެންދާތީ އާއި ޚާއްސަ ހާލަތްތަކުގައި ގޭގައި މަސައްކަތް ކުރުމުގެ ހުއްދަ ފަނޑިޔާރުންނަށް ދީފައިވާތީ ފައިލްތައް ކޯޓުތަކުން ބޭރަށް ގެންދިއުމުގެ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން، އެއްވެސް ހާލަތެއްގައި އަސްލު ފައިލްތައް ކޯޓުން ބޭރަށް ގެންގޮސްގެން ނުވާނެ ކަމަށާއި ޚާއްސަ ހާލަތްތަކުގައި ބޭރަށް ގެންދެވޭނީ ފައިލްތަކުގެ ސޮފްޓް ކޮޕީ ނުވަތަ ހާޑް ކޮޕީތައް ކަމަށެވެ. އަދި އެފަދަ ކޮޕީތަކުގެ ރެކޯޑް ކޯޓުތަކުން ބަލަހައްޓަން ޖެހޭނެ ކަމަށް ވެސް އެ ޑައިރެކްޝަންގައިވެ އެވެ.

މީގެ އިތުރުން ފައިލްތަކުގައި ހިމެނޭ ލިޔުންތަކުގެ ސިއްރުވެރިކަން ހިފެހެއްޓުމާ އެކު ކޯޓުން ބޭރުގެ އެއްވެސް މީހަކަށް އެ ލިޔުންތައް ހިއްސާ ކޮށްގެން ނުވާނެ ކަމަށް ވެސް އެ ޑައިރެކްޝަންގައިވެ އެވެ.