18 ފެބުރުއަރީ 2020
ސުޕްރީމް ކޯޓުގެ ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިން އެ ކޯޓުން އާންމު ކުރަން ފަށައިފި އެވެ.
ސުޕްރީމް ކޯޓުގެ ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިން އެ ކޯޓުން އާންމު ކުރަން ފަށައިފި އެވެ.
ސުޕްރީމް ކޯޓުގެ ޝަރީއަތްތަކުގެ ރެކޯޑިން ފުރަތަމަ ފަހަރަށް އާންމު ކުރަން ފެށިކަން އިއުލާން ކުރެއްވީ ޖުޑީޝަލް އަހަރު ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. މިއީ ރާއްޖޭގައި ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިން އާންމުކުރަން ފެށި ފުރަތަމަ ފަހަރެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިން އަޑުއެހޭނެ އިންތިޒާމް މިހާރު ހަމަޖެހިިފައިވާނެ ކަމަށާއި ޝަރީއަތްތަކުގެ ވީޑިއޯ ލައިވްކޮށް ބެލޭނެ އިންތިޒާމް ވެސް ބަޖެޓް ލިބުނުހާ އަވަހަކަށް ހަމަޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ޝަރީއަތްތަކުގެ ވަދެ ނިކުތުމުގެ އުސޫލުތައް ވެސް ފަސޭހަވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
Supreme Court of the Maldives
Supreme Court of the Maldives
ސުޕްރީމް ކޯޓު ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިންތައް
ސުޕްރީމް ކޯޓުގެ ވެބްސައިޓް މެދުވެރިކޮށް ޝަރީއަތުގެ ކޮންމެ އަޑުއެހުމެއްގައި ދެކެވިފައިވާ ވާހަކަތަކުގެ އޯޑިއޯ ވަކިން އަޑުއެހޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. މިއަހަރުގެ މިހާތަނަށް ބޭއްވި ހުރިހާ އަޑުއެހުންތަކެއްގެ ރެކޯޑިން އޭގެ ތެރޭގައި ހިމެނެ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޝަރީއަތެއް ޓީވީން ލައިވް ބްރޯޑްކާސްޓްކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތުގަ އެވެ. އެކަމަކު އޭގެފަހުން އެއްވެސް ޝަރީއަތެއް ޓީވީން ލައިވް ކޮށްފައެއް ނުވެ އެވެ.
ޑިސްޕިއުޓް އުވާލުމުން ނިންމި މައްސަލަތައް މަދުވެއްޖެ
ހުކުމް ތަންފީޒު މައްސަލަ: ހައި ކޯޓުގެ ނިންމުން ބާތިލް
ފައިލްތައް ކޯޓުން ބޭރަށް ގެންދާ އުސޫލް ބަދަލުކޮށްފި
ސުޕްރީމް ކޯޓުގެ ނިންމުން އެ ކޯޓަށް ރިވިއު ކުރެވޭނެތަ؟
ތަނާޒުލް ވުމާ ގުޅޭގޮތުން ގޮތް ނިންމާނީ އިސް ފަނޑިޔާރު
ސުޕްރީމްކޯޓުގެ ބެންޗު ބަދަލުކުރުމުގެ ނިޔަތެއް ނެތް:އޭޖީ
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހުޅުވާލައިފި
ދަށު ކޯޓުތަކުގެ ފަނޑިޔާރުން ގައުން ލާ ގޮތަށް ހަދައިފި
ކޯޓާއި މަޖިލިސް ވަކިވާ ހަނި ރޮނގުގެ ފުޅާ ބަހުސް!
އަހަރު ނިމުނުއިރު 4،700 މައްސަލަ ކޯޓުގައި ނުނިމި