އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އެ މަގާމުން ރިޓަޔާވެވަޑައިގަތުމަށް ހުށަހަޅުއްވައިފި އެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އެ މަގާމުން ރިޓަޔާވެވަޑައިގަތުމަށް ހުށަހަޅުއްވައިފި އެވެ.
އުއްތަމަ ފަނޑިޔާރު ރިޓަޔާވެ ވަޑައިގަތުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވި ނަމަވެސް އެމަނިކުފާނު ރަސްމީކޮށް ރިޓަޔާވެ ވަޑައިގަންނަވާނީ ރިޓަޔާމެންޓްގެ ފުރުސަތު ދެއްވަން ޖޭއެސްސީން ނިންމުމުންނެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރައްވަން ހުށަހެޅުއްވިއިރު، އެމަނިކުފާނު ވަނީ ފަނޑިޔާރުކަމުން ވަކިވެ ވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ވެސް ދާދިފަހުން ދެއްވައިފަ އެވެ. އެގޮތުން ބާ ކައުންސިލްގެ ރަސްމިއްޔާތެއްގައި އެމަނިކުފާނު ދާދިފަހުން ވިދާޅުވެފައިވަނީ އެމަނިކުފާނު ދެން އެ ހައިސިއްޔަތުން ރަސްމިއްޔާތަކުން ނުފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް އައްޔަން ކުރެއްވީ ޑިސެމްބަރު، 2019 ގަ އެވެ. އޭގެކުރިން އެމަނިކުފާނު ވަނީ 2010 އިން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފަ އެވެ.
އެމަނިކުފާނަކީ ފެހި ގާނޫނުއަސާސީގެ ދަށުން އުއްތަމަ ފަނޑިޔާރުކަން އެންމެ ގިނަ ދުވަހު ކުރެއްވި ބޭފުޅާ އެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރެއްވިއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ.
އެ ދެ ބޭފުޅުންގެ އިތުރުން އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ހުސްނުއްސުއޫދު މަގާމުން ސަސްޕެންޑް ކޮށްފައި ވަނިކޮށް އޭނާ މިދިޔަ މަހު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭނާގެ ބަދަލުގައި ފަނޑިޔާރު ހުސައިން ޝަހީދު ވަނީ އެ މަގާމަށް އައްޔަން ކޮށްފަ އެވެ.
ފަނޑިޔާރު ސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު މަހާޒް ސަސްޕެންޑްކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލަ ސުޕްރީމް ކޯޓުގައި އޮއްވަ އެވެ.
އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވާ ކަމުގެ އިޝާރާތެއް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އާ ގައުނެއް
"މަސައްކަތް ކުރަންވީ އާންމު މަސްލަހަތު ހިމާޔަތްކުރަން"
ނުފޫޒެއްގައި ނުޖެހި، ހައްގުތައް ނަގަހައްޓާނެ:މުއުތަސިމް
މުއުތަސިމް: ޝަރުއީ ދާއިރާގެ ބޮޑު މާޒީއަކާ ގުޅިފައި
ރިޓަޔާކުރާ ފަނޑިޔާރުން ތަކްރީމް ކުރާ އުސޫލު ހަދައިފި
އުސޫލުން ބޭރުން ފިޔަވަޅު ނާޅަން ސީއެލްއޭއިން ގޮވާލައިފި
ނެޗުރަލް ޖަސްޓިސް: ކޮންމެ މީހަކާ މެދު އަދުލުވެރިވުން!
މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތަކަށް މަހާޒު އެދިއްޖެ
ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭން އެދިއްޖެ