09 ޑިސެމްބަރ 2019
ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް އަހުމަދު މުއުތަސިމް އަދުނާން އިއްޔެ އައްޔަންކުރެއްވުމާ އެކު އެމަނިކުފާނުގެ އާއިލާ އަށް މިވަނީ ތާރީހީ ގޮތުން ހާއްސަ ޝަރަފެއް ލިބިފަ އެވެ. މުއުތަސިމަކީ މ. ބަގީޗާގޭ އާއިލާ އަށް ސީދާ ގޮތުން ނިސްބަތްވެވަޑައިގަންނަވާ ތިން ވަނަ އުއްތަމަ ފަނޑިޔާރެވެ. މީގެ ކުރިން އެމަނިކުފާނުގެ ކާފާފުޅު ހުސެއިން ސަލާހުއްދީނާއި ބޮޑުބޭބޭފުޅު މުހައްމަދު ސައީދު ދީދީ ވަނީ އެ މަގާމް ފުރުއްވައިފަ އެވެ. އަދި ރާއްޖޭގެ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ތަފާތު އިސް މަގާމްތައް މުއުތަސިމްގެ އާއިލީ އެހެން ބައެއް ބޭފުޅުން ވެސް ފުރުއްވި އެވެ.
ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް އަހުމަދު މުއުތަސިމް އަދުނާން އިއްޔެ އައްޔަންކުރެއްވުމާ އެކު އެމަނިކުފާނުގެ އާއިލާ އަށް މިވަނީ ތާރީހީ ގޮތުން ހާއްސަ ޝަރަފެއް ލިބިފަ އެވެ. މުއުތަސިމަކީ މ. ބަގީޗާގޭ އާއިލާ އަށް ސީދާ ގޮތުން ނިސްބަތްވެވަޑައިގަންނަވާ ތިން ވަނަ އުއްތަމަ ފަނޑިޔާރެވެ. މީގެ ކުރިން އެމަނިކުފާނުގެ ކާފާފުޅު ހުސެއިން ސަލާހުއްދީނާއި ބޮޑުބޭބޭފުޅު މުހައްމަދު ސައީދު ދީދީ ވަނީ އެ މަގާމް ފުރުއްވައިފަ އެވެ. އަދި ރާއްޖޭގެ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ތަފާތު އިސް މަގާމްތައް މުއުތަސިމްގެ އާއިލީ އެހެން ބައެއް ބޭފުޅުން ވެސް ފުރުއްވި އެވެ.
ހުސެއިން ސަލާހުއްދީން އުއްތަމަ ފަނޑިޔާރުކަން ކުރެއްވީ މިދިޔަ ގަރުނުގެ ކުރީކޮޅެވެ. ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ 1932 ގައި ލިޔެވި ގާނޫނީ ވެރިކަމަކަށް ރާއްޖެ ފުރޮޅި، އުފެދުނު ފުރަތަމަ ކެބިނެޓުގައި އެމަނިކުފާނަކީ ވަޒީރުލްހައްގަނިއްޔާ އެވެ. ރާއްޖޭގެ ފުރަތަމަ ޖަސްޓިސް މިނިސްޓަރެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން (ވ) އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުގެ ފަތްކޮޅު އަރުވަނީ. --ފޮޓޯ: ރައީސް އޮފީސް
ސަލާހުއްދީނުގެ ދަރިކަލުން އަދި މުއުތަސިމްގެ ބޮޑުބޭބޭފުޅު މުހައްމަދު ސައީދު ދީދީ އުއްތަމަ ފަނޑިޔާރުކަން ކުރެއްވީ އޭގެ ފަހުންނެވެ. މައިފުށުން، ރައީސް މައުމޫން އަބްދުލްގައްޔޫމާ ތިމާގެ ބޭފުޅެއް ކަމަށްވާ ސައީދު ދީދީ ކުރު މުއްދަތެއްގައި އެ މަގާމް ފުރުއްވުމަށް ފަހު ވަކިވެވަޑައިގަތީ އެވެ. އުމުރުފުޅުން 39 އަހަރުގައި އަވަހާރަވި ސައީދު ދީދީ އަކީ މައްކާއިންނާއި އިރާގުގެ ބަޣުދާދުންނާއި އަދި މިސްރުގެ އަޒްހަރުން ކިޔަވާވިދާޅުވި ވަރަށް ބޮޑު އިލްމުވެރިއެކެވެ.
އޭގެ ފަހުން އަލްގާޒީ ހުސެއިން އަފީފުއްދީން (ބޮޑުފެންވަޅުގޭ ސީދީ) އާއި އަބްދުﷲ ޖަލާލުއްދީން އުއްތަމަ ފަނޑިޔާރުކަން ކުރެއްވުމަށް ފަހު މުއުތަސިމްގެ ކާފާފުޅު ސަލާހުއްދީން އަނެއްކާވެސް ފަނޑިޔާރުކަން ކުރެއްވި އެވެ.
މުއުތަސިމްގެ އާއިލީ ބޭފުޅުންގެ ތެރެއިން އުއްތަމަ ފަނޑިޔާރުކަން ދެން ކުރެއްވީ ބައްޕާފުޅު އަދުނާން ހުސެއިންގެ ދެބެންގެދެދަރި ބޭފުޅެއް ކަމަށްވާ މުހައްމަދު ޖަމީލް ދީދީ އެވެ. ޖަމީލުގެ ބައްޕާފުޅު އަބްދުﷲ ކަމާލުއްދީނަކީ ވެސް މުއުތަސިމްގެ އާއިލީ ބޭފުޅުންގެ ތެރެއިން ރާއްޖޭގެ ޝަރުއީ އަދި ގާނޫނީ ދާއިރާ އަށް ހިދުމަތްކުރެއްވި ބޭފުޅެކެވެ. މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ކާފާފުޅު ވަނީ 1930ގެ އަހަރުތަކުގައި ބަންޑާރަ ނައިބުކަން ވެސް ކުރައްވައިފަ އެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ ބައްޕާފުޅުގެ ބޮޑުބޭބޭފުޅު އަބްދުﷲ ކަމާލުއްދީން (ކ) އަދި އޭނާގެ ދަރިކަލުން މުހައްމަދު ޖަމީލް ދީދީ.
މުއުތަސިމްގެ ބައްޕާފުޅު އަދުނާން ހުސެއިނަކީ ވެސް ގާނޫނީ ދާއިރާގެ ހިދުމަތްތެރި ބޭފުޅެކެވެ. ރާއްޖޭގެ އެންމެ ފުރަތަމަ ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނިވަވަޑައިގެންނެވި އަދުނާން ހުސެއިން، ބަންޑާރު ނައިބުކަން ތިން ފަހަރެއްގެ މަތިން ކުރެއްވި އެވެ. އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުގައި ވެސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ހުންނެވި އެވެ. އެންމެ ފަހުގެ ރަދުން މުހައްމަދު ފަރީދު ދީދީގެ ޕްރައިވެޓް ސެކްރެޓަރީ އަކީ ވެސް އަދުނާނެވެ. ގާނޫނީ ދާއިރާ އިން ފޮތްތައް ވެސް ލިޔުއްވި އެވެ.
މުއުތަސިމްގެ ބޮޑުބޭބޭފުޅު އިބްރާހިމް ޝިހާބް ވެސް ބަންޑާރު ނައިބުކަން ކުރެއްވި އެވެ.
މުއުތަސިމްގެ އެއްބަނޑުއެއްބަފާ ބޭބޭފުޅު މުއިއްޒު އަދުނާނަކީ އެންމެ ފަހުން ރާއްޖޭގައި ހުންނެވި ޖަސްޓިސް މިނިސްޓަރެވެ. ރައީސް މައުމޫން އަބްދުލްގަައްޔޫމްގެ ވެރިކަމުގައި 2008 ގައި އާ ގާނޫނުއަސާސީ އުފެދުމާ އެކު ޖަސްޓިސް މިނިސްޓަރުގެ މަގާމު އުވުނު އިރު އެ މަސްއޫލިއްޔަތު އަދާކުރެއްވީ އޭނާ އެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ ބައްޕާފުޅު އަދުނާން ހުސެއިން (ކ) އަދި ބޮޑުބޭބޭފުޅު އިބްރާހިމް ޝިހާބް.
މުއުތަސިމް ނިސްބަތްވެވަޑައިގަންނަވަނީ ރާއްޖޭގެ ތާރީހުގައި މަޝްހޫރު ފަނޑިޔާރެއް ކަމަށްވާ އަލް ގާޒީ މުހައްމަދު ޝަމްސުއްދީން (އައްޑޫ ބޮޑު ފަނޑިޔާރު) ގެ ދަރިކޮޅަށެވެ. މިދިޔަ 300 އަހަރަށް ބެލި ނަމަވެސް ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމާއި ފަނޑިޔާރުކަން ކުރައްވާފައިވާ ގިނަ ބޭފުޅުން ނިސްބަތްވެވަޑައިގަންނަވަނީ އެ ދަރިކޮޅަށެވެ. މި ގަރުނަށް ބެލި ނަމަވެސް އަހުމަދު ފާއިޒް ހުސެއިން ފިޔަވައި އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ހުރިހާ ބޭފުޅުންގެ މަތިކޮޅު އެ ދަރިކޮޅާ ގުޅެ އެވެ.
ސަލާހުއްދީން، ސައީދު ދީދީ، އަބްދުﷲ ޖަލާލުއްދީން، ހުސެއިން އަފީފުއްދީން، މުހައްމަދު ޖަމީލް ދީދީ، މޫސާ ފަތުހީ، މުހައްމަދު ރަޝީދު އިބްރާހީމްގެ އިތުރުން ފަހަށް ތިއްބެވި އުއްތަމަ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ ސައީދާއި އަހުމަދު އަބްދުﷲ ދީދީ ވެސް ގުޅެނީ އެ ދަރިކޮޅާ އެވެ. އުއްތަމަ ފަނޑިޔާރު މުއުތަސިމާ އެކު ސުޕްރީމް ކޯޓުގެ މިހާރުގެ ބެންޗުގައި ތިއްބަވާ އަޒްމިރަލްދާ ޒާހިރާއި ހުސްނުއްސުއޫދު ނިސްބަތްވަނީ ވެސް އައްޑޫ ބޮޑު ފަނޑިޔާރުގެ ދަރިކޮޅަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އާ ގައުނެއް
ޝުޖޫންގެ ބަދަލުގައި ޖޭއެސްސީއަށް ފަނޑިޔާރު ސުއޫދު
"މަސައްކަތް މި ކުރަނީ ވަރަށް އިހްލާސްތެރިކަމާ އެކު"
"މަސައްކަތް ކުރަންވީ އާންމު މަސްލަހަތު ހިމާޔަތްކުރަން"
ނުފޫޒެއްގައި ނުޖެހި، ހައްގުތައް ނަގަހައްޓާނެ:މުއުތަސިމް
"ފަނޑިޔާރުގެއަށް ގެނައި ބަދަލުގެ ހެޔޮ އަސަރު ފެނޭ"
ހުކުމް ލިޔުއްވާ ފަނޑިޔާރު އެނގޭ ގޮތަށް ހަދަނީ
ސުޕްރީމް ކޯޓަށް: މާޒީ ހުތުރު، ދެން ރަނގަޅުކުރޭ!
މުއުތަސިމާއި ސުއޫދު ސުޕްރީމް ކޯޓަށް އައްޔަންކޮށްފި
ސުއޫދު ޑީޖޭއޭ އަށް ހާޒިރުކޮށް ބަޔާން ނަގައިފި