ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅާ މެމްބަރުގެ މަގާމަށް އެ ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ބަދަލުގައި އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ހަމަޖައްސަވައިފި އެވެ.
13 ފެބުރުއަރީ 2024
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅާ މެމްބަރުގެ މަގާމަށް އެ ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ބަދަލުގައި އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ހަމަޖައްސަވައިފި އެވެ.
ޖޭއެސްސީ އެކުލެވިފައި އޮންނަ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު ޖޭއެސްސީގައި އިންނަވަން ޖެހެ އެވެ. އެ މަގާމަށް ފަނޑިޔާރު ޝުޖޫން އައްޔަން ކުރެއްވީ ޑިސެމްބަރު، 2019 ގަ އެވެ. އޭނާގެ ދައުރު ހަމަވާނީ މިއަހަރުގެ ފަހުކޮޅަށެވެ.
ސުޕްރީމް ކޯޓުން ބުނިގޮތުގައި ޖޭއެސްސީއަށް ފަނޑިޔާރު ޝުޖޫންގެ ބަދަލުގައި ފަނޑިޔާރު ސުއޫދު އައްޔަން ކުރެއްވުމަށް އެ ކޯޓުން މިއަދު ވަނީ ނިންމައިފަ އެވެ. ނަމަވެސް އެގޮތަށް ނިންމެވީ ފަނޑިޔާރު ޝުޖޫން ވަކިކުރެއްވުމަށްފަހު ކަމެއް ނުވަތަ އޭނާ ޖޭއެސްސީން އިސްތިއުފާ ދެއްވުމުން ކަމެއް ސާފެއް ނުވެ އެވެ.
ޖޭއެސްސީގައި އިންނަވާ މެމްބަރު ކަނޑައަޅަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.
ފަނޑިޔާރުންގެ ޖަމްއިއްޔާގެ ރައީސްކަން ވެސް ކުރައްވާ ފަނޑިޔާރު ސުއޫދަކީ ކުރިން ބަންޑާރަ ނައިބުގެ ހައިސިއްޔަތުން ވެސް ޖޭއެސްސީގެ މެމްބަރުކަން 2010 ވަނަ އަހަރު ކުރެއްވި ބޭފުޅެކެވެ.
ފަނޑިޔާރުން ގޭންގުތަކާ ގުޅިފައިވާ ކަމުގެ ހެކި ދީފި
އުއްތަމަފަނޑިޔާރަށް ދޭ ރިޓަޔާމަންޓް އިނާޔަތް ބޮޑުކުރަނީ
ސުޕްރީމް ކޯޓަށް 12 ބޭފުޅަކު ކުރިމަތިލައްވައިފި
ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
އުސޫލުން ބޭރުން ފިޔަވަޅު ނާޅަން ސީއެލްއޭއިން ގޮވާލައިފި
ނެޗުރަލް ޖަސްޓިސް: ކޮންމެ މީހަކާ މެދު އަދުލުވެރިވުން!
މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތަކަށް މަހާޒު އެދިއްޖެ
ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭން އެދިއްޖެ
ކޮމިޓީއަށް ހާޒިރުކުރަން ނިންމާނީ ދިރާސާކޮށްފައި
ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި މާދަމާ