އެތެރެހަށީގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަނިކޮށް އަތުލައިގަތް ހަތަރު ބިދޭސީން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
05 އޮކްޓޯބަރ 2020
އެތެރެހަށީގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަނިކޮށް އަތުލައިގަތް ހަތަރު ބިދޭސީން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޕާކިސްތާނު ހަތަރު މީހެކެވެ. އެއީ އަހްސަން އުލް ހަސަން، 30، މުހައްމަދު އަލީ ބާއިގް، 41، މުހައްމަދު ސާދު ވަރްސީ، 22 އަދި އަބްދުﷲ އަލީ ހަސަން، 34، އެވެ. މި އެންމެންނަކީ ވެސް މިދިޔަ މަހުގެ 11 ވަނަ ދުވަހު ހެނދުނު ރާއްޖެ އައި ބައެކެވެ.
އެއާޕޯޓުން އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް މި ހަތަރު މީހުން ގެންގޮސް ހޮސްޕިޓަލުގައި ތިބި އިރު އެ މީހުން ބޮޑުކަމު ދިޔަ ތަކެތިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 81 ބުލެޓު ފެނިފައިވާ ކަމަށާއި އެތަކެތީގެ ބަރުދަނުގައި 791 ގްރާމް ހުރި ކަމަށް ފުލުހުން ބުންޏެވެ.
މި މީހުން އަތުލައިގަތީ އެއާޕޯޓުން ކަސްޓަމްސް އޮފިސަރުންނަށް ޝައްކުވެ އިތުރަށް ސުވާލުކޮށް ބެލި ބެލުމުން އެ މީހުން މަސްތުވާތަކެތި ގެންގުޅޭ ކަމަށް ބެލެވިގެން ހިންގި ތަހުގީގުންނެވެ.
އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފިhttps://t.co/E9lT8cEAIv pic.twitter.com/D3znrtdjbh
— Maldives Police (@PoliceMv) October 5, 2020
މި ހަތަރު މީހުންގެ އިތުރަށް މިދިޔަ މަހު 29 ގައި ރާއްޖެ އައި ކެންޔާ އަންހެނެއްގެ އެތެރެހަށިން ވެސް 52 ބުލެޓު މަސްތުވާތަކެތި ފެނިފައި ވެއެވެ. އުމުރުން 27 އަހަރުގެ މި މީހާގެ ބަންދަށް ކޯޓުން ދީފައިވަނީ 15 ދުވަހެވެ.
ޑްރަގު އެތެރެކޮށްފައި ބުނީ ފޮށީގައި ހުރިކަން ނޭނގެއޭ
10 ކިލޯގެ ޑްރަގް ގެނައި މީހާގެ ބަންދަށް އެއް ދުވަސް
ބޭރު މީހެއްގެ އަތުން ދެ ކިލޯގެ ޑްރަގު އަތުލައިގެންފި
ފަސް މިލިއަންގެ ޑްރަގް އަތުލައިގަނެ، ބަޔަކު ހައްޔަރު
7 މިލިއަންގެ ޑްރަގް ބަލައި ދިޔަ އެކަކު ދޫކޮށްލައިފި
80 ބްލެޓް ދިރުވާލި މީހަކު 12 އަހަރަށް ޖަލަށް
ދެ މީހެއްގެ ބަނޑުގައި 240 ބުލެޓް ޑްރަގް
ފޮށީގައި އެއް ކިލޯ ޑްރަގްސް ހުއްޓަސް ކުށް ސާބިތެއްނުވި
ހަތަރު ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
ޑްރަގާ ހަވާލުވާ މީހުން ހޯދަން އެހީނުވެ ހޯދީ ވަކީލެއް