06 ފެބުރުއަރީ 2022
ރާއްޖެއަށް ހަތަރު ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެ ކުރަނިކޮށް އަތުލައިގަތް ބްރެޒިލްގެ ދެ މީހުން އެ މީހުންގެ އަތުން އެ ތަކެއްޗާ ހަވާލުވާން އަންނަ މީހުން ހޯދަން ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަން ހިންގަން އެހީނުވާން ނިންމައި ވަކީލެއްގެ ފުރުސަތަށް އެދެފި އެވެ.
ރާއްޖެއަށް ހަތަރު ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެ ކުރަނިކޮށް އަތުލައިގަތް ބްރެޒިލްގެ ދެ މީހުން އެ މީހުންގެ އަތުން އެ ތަކެއްޗާ ހަވާލުވާން އަންނަ މީހުން ހޯދަން ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަން ހިންގަން އެހީނުވާން ނިންމައި ވަކީލެއްގެ ފުރުސަތަށް އެދެފި އެވެ.
ވައިގެމަގުން 4.2 ކިލޯގެ ކޮކެއިން ރާއްޖެ އެތެރެކުރަނިކޮށް މިދިޔަ ހުކުރު ދުވަހު އަތުލައިގަތީ ބްރެޒިލްގެ 21 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެކެވެ. އެ ދެ މީހުންގެ ލަގެޖުން ފެނުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 21 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ބުނެފައިވެ އެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެެއް ނިންމަން ކްރިމިނަލް ކޯޓަށް އިއްޔެ ގެންދިއުމުން ނިންމީ ވަކީލަކު އައްޔަންކުރަން ބޭނުންވާ ކަމަށް ބުނުމުން އެ ފުރުސަތު ދީ ފަސް ދުވަހަށް ބަންދުގައި ބޭތިއްބުމަށެވެ. އެއީ އެ ދެ މީހުން ވެސް އެދުނީ ދައުލަތުގެ ޚަރަދުގައި ވަކީލަކު ހަމަޖައްސާށެވެ.
ކޯޓުގެ ނިންމުމުގައިވަނީ މަސްތުވާތަކެތި ފެނުނު ކަމަށް އެ ދެ މީހުން އިންކާރުކޮށްފައި ނުވިޔަސް، އެ މަސްތުވާތަކެއްޗާ ހަވާލުވާން އަންނަ މީހުން ހޯދުމަށްޓަކައި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނަށް އެއްބާރުލުން ދޭން އެދުމުން އެ ދެ މީހުން އެކަމަށް ދެކޮޅުހަދާފައިވާ ކަމަށެވެ.
މަމިދިޔަ އަހަރު ވެސް 18 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަނިކޮށް ބްރެޒިލްގެ މީހަކު ހައްޔަރުކުރި އެވެ. އޭނާގެ ޝަރީއަތް މިހާރު ދަނީ ކުރިއަށެވެ.
ފަސް މިލިއަންގެ ޑްރަގް އަތުލައިގަނެ، ބަޔަކު ހައްޔަރު
80 ބްލެޓް ދިރުވާލި މީހަކު 12 އަހަރަށް ޖަލަށް
ކެނެބިސް ޓްރެފިކްގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
އުނދުނެއްގައި ޑްރަގް ގެންގުޅުމުން 11 އަހަރަށް ޖަލަށް
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
އިހްސާނާއި ފުލުހުން ކޯޓު ހުރުމަތް ކެނޑި މައްސަލައެއް
އިރުފާން އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދަށް
ޑްރަގް މައްސަލައެއްގައި ހައްޔަރުކުރި އަޒޭ ދޫކޮށްލައިފި
ރާއްޖެ އެތެރެކުރި 8 ކިލޯގެ ޑްރަގްސް އަތުލައިގެންފި
ވަގަށް އެތެރެކުރި ރަން ދައުލަތަށް، ދެ މީހަކު ޖޫރިމަނާ