އެއާކާގޯ ޝިޕްމަންޓެއްގައި ރާއްޖެ އެތެރެ ކުރަން އުޅުނު ފަސް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެ، އެ މައްސަލާގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
އެއާކާގޯ ޝިޕްމަންޓެއްގައި ރާއްޖެ އެތެރެ ކުރަން އުޅުނު ފަސް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެ، އެ މައްސަލާގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ކަސްޓަމްސް އިން ބުނިގޮތުގައި އެ މަސްތުވާތަކެތި އަތުލައިގެންފައިވަނީ މިމަހުގެ 18 ވަނަ ދުވަހު ދުބާއީ އިން ރާއްޖެ ގެނައި އެއާކާގޯ ޝިޕްމަންޓަކުންނެވެ. އެ ޝިޕްމަންޓް ފާސް ކުރިއިރު އޭގެ ތެރޭގައި ހުރި ދެ ޕެކޭޖުގެ ތެރެއިން ހަތަރު ކިލޯގެ ހެރޮއިން ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސްއިން ބުނިގޮތުގައި މި ތަކެތީގެ މަގުމަތީ އަގު ފަސް މިލިއަން ރުފިޔާ އަށް އަރަ އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ދެ ދިވެއްސަކާއި ބަންގްލަދޭޝްގެ ދެ ބިދޭސީއަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ އެ ފޮށިގަނޑުތަކާ ހަވާލުވާން ދިޔަ މީހުންނެވެ.
އެ މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ކުރިން އިތުރުކޮށް ދިނެވެ. އަދި ދެ ބިދޭސީންގެ ބަންދުގެ މުއްދަތަށް އިތުރު 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން މިއަދު ވަނީ އިތުރުކޮށްފަ އެވެ.
80 ބްލެޓް ދިރުވާލި މީހަކު 12 އަހަރަށް ޖަލަށް
ޑްރަގާ ހަވާލުވާ މީހުން ހޯދަން އެހީނުވެ ހޯދީ ވަކީލެއް
ޑްރަގް އެތެރެކުރި ބަންގުލަދޭޝްގެ ދެ މީހަކު ބަންދުކޮށްފި
ވައިގެ މަގުން ޑްރަގް ގެނައި މީހަކު ހައްޔަރުކޮށްފި
ޑްރަގާއެކު ހައްޔަރުކުރުމުން ބުނީ ބައްޕަގެ އެއްޗެއްކަމަށް
ރަހީނުކޮށްގެން ގެންގުޅުނު ފްލެޓްގައި އަނެއްކާ ރެއިޑެއް!
ދެ ކިލޯ ޑްރަގް ގެނައި އިންޑިއާގެ ދެމަފިރިއަކު ހައްޔަރު
ރާއްޖެ އެތެރެކުރި 3.5 ކިލޯގެ ޑްރަގްސް އަތުލައިގެންފި
މަނީ ލޯންޑަރިންގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި
ރާއްޖެ އެތެރެކުރި 11 ކިލޯގެ ޑްރަގް އަތުލައިގެންފި