Roadha Mihaaru
ފޭވަރިޓެއް ކަނޑައަޅަން އަދި އަވަސް: ނަޑާލް

ފޭވަރިޓެއް ކަނޑައަޅަން އަދި އަވަސް: ނަޑާލް

03 އޮކްޓޯބަރ 2020

ޕެރިސް (އޮކްޓޫބަރު 2) - މި ފަހަރުގެ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަން އަކީ އޭނާ ކަމަށް މީޑިއާ އިން ބުނަމުންދިޔަ ނަމަވެސް އެ ގޮތަށް ނުވިސްނާ ކަމަށް ރަފައެލް ނަޑާލް ބުނެފި އެވެ.

ޕެރިސް (އޮކްޓޫބަރު 2) - މި ފަހަރުގެ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަން އަކީ އޭނާ ކަމަށް މީޑިއާ އިން ބުނަމުންދިޔަ ނަމަވެސް އެ ގޮތަށް ނުވިސްނާ ކަމަށް ރަފައެލް ނަޑާލް ބުނެފި އެވެ.

އުމުރުން 34 އަހަރު ނަޑާލް އަކީ ފްރެންޗް އޯޕަންގެ ރެކޯޑް ހޯލްޑަރެވެ. އޭނާ ވަނީ މި މުބާރާތުގެ ތަށި 12 ފަހަރު އުފުލާލައިފަ އެވެ. މިދިޔަ 15 އަހަރު ތެރޭ ނަޑާލް އަތުން މި މުބާރާތުގެ ތަށި ގެއްލުނީ ތިން ފަހަރެވެ. އެއީ 2009 ވަނަ އަހަރު ރޮޖާ ފެޑެރާ އާއި 2015 ވަނަ އަހަރު ސްޓޭން ވަވްރިންކާ އަދި 2016 ވަނަ އަހަރު ނޮވަކް ޖޮކޮވިޗް ހޯދި ފަހަރު އެވެ. ނަޑާލް ފިޓްކޮށް ހުރި ފަހަރެއްނަމަ މިހާތަނަށް އޭނާ ވަނީ މި މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ކޮވިޑް-19ގެ ހާލަތުގެ ސަބަބުން ދާދި ފަހުން ކުރިއަށްދިޔަ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގައި ނަޑާލް ނުކުޅެ އެވެ. ފްރެންޗް އޯޕަން އަށް ރަނގަޅަށް ތައްޔާރުވި ނަޑާލް މިހާތަނަށް ކުޅުނު މެޗުތަކުން މޮޅުވިއިރު އޭނާ އަތުން ސެޓެއް ވެސް ނުގެއްލެ އެވެ.

"އަހަރެންގެ ފިޓްނަސް ލެވަލްއާ މެދު ވަރަށް ހިތްހަމަ ޖެހޭ. މިއީ އަހަންނަށް ވަރަށް ރަނގަޅަށް ކުޅެވޭ މުބާރާތެއް. އަހަރެންގެ ފޯމު ވެސް ރަނގަޅު. މި ހުރިހާ ޕޮޒިޓިވްތަކާ އެކު ވެސް އަހަރެން ގަބޫލެއް ނުކުރަން މީޑިއާ އިން އެ ދައްކާ ވާހަކަ. އަދި އަހަންނަކީ ފޭވަރިޓޭ ބުނަން އަވަސް. އެއީ އުނދަގޫ ޗެލެންޖްތައް އަދި ކުރިއަށް ހުރީ،" ނަޑާލް ބުންޏެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދަން ނަޑާލް ހަތަރު ވަނަ ބުރުގައި ކުޅޭނީ ދުނިޔޭގެ 213 ވަނައިގައި އޮތް އެމެރިކާގެ އުމުރުން 19 އަހަރުގެ ސަބެސްޓިއަން ކޯޑާ އެވެ. ކޯޑާ އަކީ 1991 ވަނަ އަހަރަށް ފަހު ފްރެންޗް އޯޕަންގެ ހަތަރު ވަނަ ބުރަށް ދިޔަ އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. ކޯޑާ އަކީ 1998 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން ޗެމްޕިއަން ޕީޓަ ކޯޑާގެ ދަރިއެކެވެ. އުމުރުން 20 އަހަރުގެ ކޯޑާ އަކީ ކޮލިފައިން ބުރުގައި ވާދަކޮށް މިދިޔަ ނުވަ އަހަރުތެރޭ މުބާރާތުގެ ހަތަރު ވަނަ ބުރާ ހަމައަށް އައި ފުރަތަމަ ކުޅުންތެރިޔާ އެވެ.

މި ފަހަރުގެ ފްރެންޗް އޯޕަން ކާމިޔާބުކޮށްފިނަމަ ނަޑާލަށް ފެޑެރާގެ ގްރޭންޑްސްލޭމް ރެކޯޑާ ހަމަކުރެވޭނެ އެވެ. ފެޑެރާ ވަނީ މިހާތަނަށް 20 ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފަ އެވެ. ނަޑާލް ވަނީ 19 ގްރޭންޑް ސްލޭމް ތަށި އުފުލާލައިފަ އެވެ. ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ފަރުވާ ހޯދަމުން އަންނާތީ ފެޑެރާ މި ފަހަރުގެ ފްރެންޗް އޯޕަންގައި ވާދަނުކުރެ އެވެ.