Roadha Mihaaru
މަރޭ ކަޓައިފި، ފައިނަލުގައި ވަވްރިންކާ އާއި ނަޑާލް

މަރޭ ކަޓައިފި، ފައިނަލުގައި ވަވްރިންކާ އާއި ނަޑާލް

10 ޖޫން 2017

ޕެރިސް (ޖޫން 10) - ފްރެންޗް އޯޕަން އިން ދުނިޔޭގެ އެއް ވަނަ ކުޅުންތެރިއާ އެންޑީ މަރޭ ކެޓިއިރު، ފައިނަލުގައި ސްޕެއިނުގެ ރަފައެލް ނަޑާލާއި ސްވިޒަލެންޑްގެ ސްޓެން ވަވްރިންކާ ވާދަކުރަން ޖެހިއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް (ޖޫން 10) - ފްރެންޗް އޯޕަން އިން ދުނިޔޭގެ އެއް ވަނަ ކުޅުންތެރިއާ އެންޑީ މަރޭ ކެޓިއިރު، ފައިނަލުގައި ސްޕެއިނުގެ ރަފައެލް ނަޑާލާއި ސްވިޒަލެންޑްގެ ސްޓެން ވަވްރިންކާ ވާދަކުރަން ޖެހިއްޖެ އެވެ.

ސެމީ ފައިނަލުގައި މަރޭ ކަޓުވާލުމަށް ފަހު ވަވްރިންކާ މުބާރާތުގެ ފައިނަލުން ޖާގަ ހޯދިއިރު އޭނާ ވެފައިވަނީ 1973 ވަނަ އަހަރަށް ފަހު ފްރެންޗް އޯޕަން ފައިނަލުގައި ކުޅޭ އެންމެ ދުވަސްވީ ކުޅުންތެރިއާ އަށެވެ. ވަވްރިންކާ ފައިނަލުގެ ޖާގަހޯދިއިރު އުމުރަކީ 32 އަހަރެވެ.

ހަތަރު ގަޑިއިރާއި 34 މިނިޓަށް ދިގު ދެމިގެންދިޔަ މެޗުން މަރޭގެ މައްޗަށް ވަވްރިންކާ ކުރި ހޯދީ 6-7 (6-8) 6-3 5-7 7-6 (7-3) 6-1 އިން ސެޓުތައް ގެންގޮސްގެންނެވެ. މިއީ ފާއިތުވެ ދިޔަ ފަސް ވަރަކަށް މަސް ތެރޭގައި މަރޭގެ މެޗެއް ހަތަރު ގަޑިއިރަށް ވުރެ ގިނައިރުވި ފުރަތަމަ ފަހަރެވެ. މަރޭ މިދިޔަ އަހަރު ފްރެންޗް އޯޕަން އިން ބަލިވީ ފައިނަލުގައި ނޮވަކް ޖޮކޮވިޗް އަތުންނެވެ.

"މިއީ ވަރަށް ވާދަވެރިކޮށް ދިޔަ މެޗެއް. މާބޮޑު ތަފާތެއް ވެސް ނުފެނުނު. އެކަމު އަހަންނަށް މެޗުތައް ގެއްލުނީ މުހިއްމު ވަގުތުތަކުގައި ހެދުނު ކުދި ގޯސްތަކެއްގެ ސަބަބުން،" މަރޭ ބުންޏެވެ.

ވަވްރިންކާ މިދިޔަ އަހަރުގެ ޔޫއެސް އޯޕަން ތަށި އުފުލާލަނީ: މިއީ މިހާތަނަށް ވަވްރިންކާ ކާމިޔާބުކުރި ހަމައެކަނި ގްރޭންޑް ސްލޭމް މުބާރާތް.-- ފޮޓޯ: އޭއެފްޕީ

ވަވްރިންކާ މިދިޔަ އަހަރުގެ ޔޫއެސް އޯޕަން ތަށި އުފުލާލަނީ: މިއީ މިހާތަނަށް ވަވްރިންކާ ކާމިޔާބުކުރި ހަމައެކަނި ގްރޭންޑް ސްލޭމް މުބާރާތް.-- ފޮޓޯ: އޭއެފްޕީ

މާދަމާ ކުޅޭ ފައިނަލުގައި ވަވްރިންކާ ނުކުންނާނީ މި މުބާރާތުގައި މިހާތަނަށް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ނަޑާލާ ދެކޮޅަށެވެ. ސެމީ ފައިނަލުގައި އޮސްޓްރިއާގެ ޑޮމިނިކް ތިއެމްގެ މައްޗަށް ކުރި ހޯދި ނަޑާލް އަތުން މިހާތަނަށް މި މުބާރާތުގައި އެންމެ ސެޓެއް ވެސް ނުގެއްލެ އެވެ.

ތިއެމްގެ މައްޗަށް ނަޑާލް ކުރިހޯދީ 6-3 6-4 6-0 އިންނެވެ. އުމުރުން 31 ނަޑާލް އެންމެ ފަހުން ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރީ 2014 ވަނަ އަހަރު އެވެ. އެ ފަހަރު ވެސް އޭނާ ހޯދީ ފްރެންޗް އޯޕަން އެވެ. މި ފަހަރުގެ ތަށި އޭނާ އުފުލާލައިފިނަމަ ވެގެންދާނީ ޓެނިހުގެ އޯޕަން އިރާ ތާރީހުގައި އެއް ގްރޭންޑް ސްލޭމް މުބާރާތް 10 ފަހަރު ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިއާ އަށެވެ.

ނަޑާލް ބުނީ ފައިނަލަށް ނުކުންނައިރު އަމާޒަކީ މޮޅެއް ކަމަށާއި ތާރީހީ ކާމިޔާބެއްގެ ވިސްނުމުގައި ފައިނަލަށް ތައްޔާރުނުވާނެ ކަމަށެވެ.