01 ޖޫން 2022
ޕެރިސް (ޖޫން 1) - ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސާބިޔާގެ ނޯވަކް ޖޮކޮވިޗް ބަލިކޮށް، 13 ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ސްޕެއިންގެ ރަފައެލް ނަޑާލް ފްރެންޗް އޯޕަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ޕެރިސް (ޖޫން 1) - ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސާބިޔާގެ ނޯވަކް ޖޮކޮވިޗް ބަލިކޮށް، 13 ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ސްޕެއިންގެ ރަފައެލް ނަޑާލް ފްރެންޗް އޯޕަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ޖޮކޮވިޗާ ދެކޮޅަށް ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗު، ކްލޭ ކޯޓުގެ ރަސްގެފާނުގެ ނަމުން މަޝްހޫރުވެފައިވާ ނަޑާލް ކާމިޔާބުކުރީ 6-2، 4-6، 6-2 އަދި 7-6 (7-4) އިން ސެޓްތައް ގެންގޮސްގެންނެވެ.
"ނޯވަކް (ޖޮކޮވިޗް) އަތުން މޮޅުވާން އޮތީ އެންމެ ގޮތެއް. އެއީ ފުރަތަމަ ޕޮއިންޓުން ފެށިގެން އެންމެ ފަހު ޕޮއިންޓާ ހަމައަށް ވެސް އެންމެ ރަނގަޅަށް ކުޅުން،" ޕެރިހުގައި އޭނާއަށް ތަރުހީބު ދިން ސަޕޯޓަރުންނަށް ޝުކުރު އަދާކުރަމުން، ނަޑާލް، 35، ބުންޏެވެ.
ޖޮކޮވިޗް، ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ
މިދިޔަ އަހަރުގެ ފްރެންޗް އޯޕަން ކާމިޔާބުކުރި ޖޮކޮވިޗް ވަނީ އެ މުބާރާތުގެ ސެމީ ފައިނަލުގައި ނަޑާލް ބަލި ކޮށްފަ އެވެ. ނަމަވެސް ފަސް ވަނައަށް ސީޑްކޮށްފައިވާ ނަޑާލް ރޭ ޖޮކޮވިޗްގެ މައްޗަށް ހޯދި ކާމިޔާބީއާ އެކު އޭނާ ވަނީ ރޮލަންޑް ގަރޯސް ކްލޭ ސްޓޭޑިއަމްގައި ކުޅުނު 113 މެޗުން 110 ވަނަ މޮޅު ހޯދައިފަ އެވެ.
"ނަޑާލް ދައްކައިދިނީ އޭނާއަކީ ހަގީގީ ޗެމްޕިއަނެއްކަން. އޭނާ ނަފްސާނީ ގޮތުން ވެސް ވަރުގަދަ. މިއީ އޭނާ އަށް ހައްގު މޮޅެއް،" މެޗަށް ފަހު ނަޑާލް އަށް ތައުރީފް ކުރަމުން ޖޮކޮވިޗް ބުންޏެވެ.
"މުހިއްމު ވަގުތު ތަކުގައި އޭނާ މޮޅަށް ކުޅުނު. އޭނާ ފެށީ ވެސް ވަރަށް ރަނގަޅަށް އެކަމަކު އަހަރެންގެ ފެށުން ދަށް ކޮށް ދިޔައީ. އަހަރެންނަށް ގޭމުގެ ތެރެއަށް ވަދެވުނީ ދެވަނަ ސެޓުގައި. ނަމަވެސް ނަޑާލް މި ގޭމް ގެންދިޔައީ މުޅިން އެހެން ލެވެލް އަކަށް."
މިއީ 20 ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކޮށްފައިވާ ޖޮކޮވިޗް މި އަހަރު ވާދަކުރާ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތެވެ. މި އަހަރުގެ އޮސްޓްރޭލިއަން އޯޕަން މުބާރާތުގައި ޖޮކޮވިޗަށް ބައިވެރިއެއް ނުވެވުނެވެ. ނަޑާލް ވަނީ އެ މުބާރާތް ރެކޯޑް އަދަދެއް ކަމަށްވާ 21 ވަނަ ފަހަރަށް ކާމިޔާބުކޮށްފަ އެވެ.
ސެމީ ފައިނަލުގައި ނަޑާލް ވާދަކުރަން ޖެހޭނީ ތިންވަނައަށް ސީޑްކުރެވިފައިވާ ޖަރުމަނުގެ އަލެކްޒެންޑަ ޒްވެރޭވްއާ ދެކޮޅަށެވެ.
ކުއާޓާ ފައިނަލުގައި ޒްވެރޭވް (ކ) އަދި އަލްކަރާޒް (ވ) ކުޅުނު މެޗަށް ފަހު ދެ ކުޅުންތެރިން.-- ފޮޓޯ: އޭއެފްޕީ
ޒްވެރޭވް ވަނީ ކުއާޓާ ފައިނަލުގައި ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ކާލޯސް އަލްކަރާޒްއާ ވާދަކޮށް 6-4، 6-4، 4-6 އަދި 7-6 (9-7) އިން ސެޓްތައް ގެންގޮސްގެން މެޗު ކާމިޔާބު ކޮށްފަ އެވެ.
މިދިޔަ އަހަރު ވެސް ސެމީ ފައިނަލުގައި ވާދަކުރި ޒްވެރޭވް، 25، އަލްކަރާޒްއާ ދެކޮޅަށް މޮޅު ކުޅުމެއް ކުޅުނު ނަމަވެސް، ހަވަނައަށް ސީޑް ކުރެވުނު އަލްކަރާޒް، 19، އަށް މެޗު ގެއްލުނީ ގިނަ ގޯސްތަކެއް ހެދިގެންނެވެ. އޭނާ މި މުބާރާތަށް ކުރިމަތިލީ ކްލޭގައި ކުޅުނު މެޑްރިޑް މާސްޓާސް މުބާރާތުގެ ފައިނަލުގައި ޒްވެރޭވް ބަލި ކޮށްފަ އެވެ.
"އަހަރެންނަށް އެނގޭ މެޗު ކާމިޔާބު ކުރަން ބޭނުން ނަމަ އެންމެ ރަނގަޅު ކުޅުން ކުޅެން ޖެހޭނެކަން،" މެޗަށް ފަހު ޒްވެރޭވް ބުންޏެވެ.
ފައިނަލުގައި ނަޑާލާއި ޖޮކޮވިޗްގެ ކުރިމަތިލުމެއް
ޖޮކޮވިޗް ކަޓައި މަރޭ އާއި ނަޑާލް ސެމީ އަށް
ޖޮކޮވިޗް އޮލިމްޕިކްސްގައި ނަޑާލްގެ މައްޗަށް ކުރި ހޯދައިފި
ޖޮކޮވިޗް ވަކިވުމުން ސިނާއަށް ދުނިޔޭގެ އެއްވަނަ
ޖޮކޮވިޗް؛ އަނިޔާއާ އެކު ވެސް މެޗު ކާމިޔާބު، އެކަމަ
ނަޑާލް ކެޓީ ފުރަތަމަ ބުރުން، ދެން އަލުން ނުފެނިދާނެ
ޖޮކޮވިޗް ގްރޭންޑްސްލޭމް ރެކޯޑް 23 ތަށި ކާމިޔާބުކޮށްފި
ތަޖުރިބާކާރު ޖޮކޮވިޗް، ސެމީގައި އަލްކަރާޒްއާ ދެކޮޅަށް
ފްރެންޗްއޯޕަން 14 ވަނަ ފަހަރަށް ނަޑާލް ކާމިޔާބުކޮށްފި
މެޗު ތެރޭން ޒްވެރޭވަށް އަނިޔާވެ، ނަޑާލް ފައިނަލަށް