ޕެރިސް (ޖޫން 3) - ނޯވަކް ޖޮކޮވިޗް، އޭނާގެ ރެކޯޑް 19 ވަނަ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކުރި އިރު، ދުނިޔޭގެ އެއް ވަނަ ޔަނިކް ސިނާ ވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ.
ޕެރިސް (ޖޫން 3) - ނޯވަކް ޖޮކޮވިޗް، އޭނާގެ ރެކޯޑް 19 ވަނަ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކުރި އިރު، ދުނިޔޭގެ އެއް ވަނަ ޔަނިކް ސިނާ ވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ.
އުމުރުން 38 އަހަރުގެ ޖޮކޮވިޗް ވަނީ އިންގްލެންޑުގެ ނެމެރަން ނޮރީއާ ވާދަކޮށް 6-2، 6-3 އަދި 6-2 އިން މޮޅުވެފަ އެވެ. އަދި ސިނާ މޮޅުވީ ރަޝިއާގެ އެންޑީ ރުބްލޭވް އާ ވާދަކޮށް 6-1، 6-3 އަދި 6-4 އިން ކާމިޔާބު ކޮށްގެންނެވެ.
މިއަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންގެ ފައިނަލްގައި ޖަރުމަންގެ އެލެކްސެންޑަ ޒްވެރޭވް ބަލިކޮށްގެން ތަށި އުފުލާލީ ސިނާ އެވެ. މިދިޔަ އަހަރުގެ ފަހު ގްރޭންޑް ސްލޭމް ކަމަށްވާ ޔޫއެސް އޯޕަން ވެސް ކާމިޔާބު ކުރީ އޭނާ އެވެ.
ތިން ފަހަރު ފްރެންޗް އޯޕަން ކާމިޔާބު ކޮށްފައިވާ ޖޮކޮވިޗްގެ އަމާޒަކީ 25 ވަނަ ގްރޭންޑް ސްލޭމް ތަށި ހޯދައިގެން އާ ރެކޯޑެއް ގާއިމު ކުރުމެވެ. އުމުރުން 23 އަހަރުގެ ސިނާގެ އަމާޒަކީ ޖެހިޖެހިގެން ތިން ވަނަ ގްރޭންޑް ސްލޭމް ތަށި ކާމިޔާބުކުރުމެވެ.
ތިން މަހުގެ ޑޯޕިން ބޭން އަކަށް ފަހު މިދިޔަ މަހު އަލުން ކުޅެން ފެށި ސިނާ، ކުއާޓާގައި ނުކުންނާނީ ކަޒަކިސްތާނުގެ އަލެކްސެންޑާ ބަބްލިކާ ދެކޮޅަށެވެ. އަދި ޖޮކޮވިޗް ނުކުންނާނީ ރޭންކިންގެ ތިން ވަނައިގައި އޮތް ޒްވެރޭވްއާ ދެކޮޅަށެވެ.
އިޓަލީގެ ލޮރެންޒޯ މުސޭޓީ އާއި އެމެރިކާގެ ފްރާންސިސް ޓައިފޯ ބައްދަލުކޮށް މޮޅުވާ ކުޅުންތެރިއަކާ ދެކޮޅަށް ސެމީގައި ވާދަކުރުމުގެ ފުރުސަތު ލިބޭނީ ކުއާޓާގައި ސްޕެއިންގެ ކާލޯސް އަލްކަރާޒް އާއި އެމެރިކާގެ ޓޮމީ ޕޯލް ބައްދަލުކޮށް މޮޅުވާ ކުޅުންތެރިއަކަށެވެ.
ޖޮކޮވިޗް ވަކިވުމުން ސިނާއަށް ދުނިޔޭގެ އެއްވަނަ
ޖޮކޮވިޗް؛ އަނިޔާއާ އެކު ވެސް މެޗު ކާމިޔާބު، އެކަމަ
ޖޮކޮވިޗް ގްރޭންޑްސްލޭމް ރެކޯޑް 23 ތަށި ކާމިޔާބުކޮށްފި
ތަޖުރިބާކާރު ޖޮކޮވިޗް، ސެމީގައި އަލްކަރާޒްއާ ދެކޮޅަށް
ދުނިޔޭގެ އެއްވަނަ ބަލިކޮށް ނަޑާލް ސެމީ ފައިނަލަށް
ފައިނަލުގައި ނަޑާލާއި ޖޮކޮވިޗްގެ ކުރިމަތިލުމެއް
ޖޮކޮވިޗް އަތުން އަނެއްކާވެސް ލައިން ޖަޖެއްގައި ޖެހިއްޖެ
ޖޮކޮވިޗް ކަޓައި މަރޭ އާއި ނަޑާލް ސެމީ އަށް
ޖޮކޮވިޗް ފްރެންޗް އޯޕަން ކާމިޔާބުކޮށްފި
ތާރީހީ ފައިނަލެއް، އަލްކަރާޒް ފްރެންޗް އޯޕަން ހޯދައިފި