10 އޮކްޓޯބަރ 2020
ޕެރިސް (އޮކްޓޫބަރު 10) - ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައި މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ރަފައެލް ނަޑާލާއި ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް ނޮވަކް ޖޮކޮވިޗް ބައްދަލުކުރަން ޖެހިއްޖެ އެވެ.
ޕެރިސް (އޮކްޓޫބަރު 10) - ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައި މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ރަފައެލް ނަޑާލާއި ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް ނޮވަކް ޖޮކޮވިޗް ބައްދަލުކުރަން ޖެހިއްޖެ އެވެ.
ނަޑާލް ފައިނަލުގެ ފުރުސަތު ހޯދީ ސެމީގައި އާޖެންޓީނާގެ ޑިއޭގޯ ޝްވާޓްޒްމަން ބަލިކުރުމަށް ފަހު އެވެ. ޖޮކޮވިޗް ވަނީ ސެމީގައި ފޯރިގަދަ ކުޅުމަކަށް ފަހު ގްރީސްގެ ސްޓެފާނޯ ސިޓްސިޕާސް ބަލިކޮށްފަ އެވެ.
އުމުރުން 34 އަހަރުގެ ނަޑާލް ސެމީގައި ޝްވާޓްޒްމަންގެ މައްޗަށް ކުރިހޯދީ 6-3، 6-3 އަދި 7-6 އިން ސެޓުތައް ގެންގޮސްގެންނެވެ. މިއީ ނަޑާލް އަތުން ސެޓެއް ނުގެއްލި ފްރެންޗް އޯޕަންގެ ފައިނަލުން އޭނާ ފުރުސަތު ހޯދި ހަ ވަނަ ފަހަރެވެ. ނަޑާލް ބުނީ މި މެޗުގެ ނަތީޖާ އިން ސެޓުތަކުގައި އޭނާ މޮޅުވި ކަމަށް ފެންނަން އޮތަސް ހަގީގަތުގައި މިއީ ވަރަށް އުނދަގޫ މެޗެއް ކަމަށެވެ.
"ޑިއޭގޯ (ޝްވާޒްޓްމަން)އާ ދެކޮޅަށް އެއްވެސް މެޗެއް އެންމެ ފަހު ވަގުތާ ހަމައަށް ވެސް ފަސޭހައެއް ނުވާނެ. ފައިނަލުގެ ކުރިން ސެމީގައި ޗެލެންޖިން މެޗެއް ކުޅެލެވުމަކީ ހިތްހަމަ ޖެހުމެއް،" ނަޑާލް ބުންޏެވެ.
ޖޮކޮވިޗް ވަނީ ފުރަތަމަ ދެ ސެޓުގައި ސިޓްސިޕާސްގެ މައްޗަށް މާ ބޮޑު އުނދަގުލެއް ނެތި ކުރިހޯދައިފަ އެވެ. ޖޮކޮވިޗް ފުރަަތަމަ ދެ ސެޓު ގެންދިޔައީ 6-3، 6-2 އިންނެވެ. އެކަމަކު ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓުގައި ޖޮކޮވިޗް ހައިރާންކޮށްލައި ސިޓްސިޕާސް ވަނީ މޮޅު ކުޅުމެއް ދައްކައި ދެ ސެޓު ގެންގޮސްފަ އެވެ. ސިޓްސިޕާސް މި ދެ ސެޓުން ކުރިހޯދީ 5-7 އާއި 4-6 އިންނެވެ. އެކަމަކު ނަތީޖާ ނެރުނު ސެޓުގައި ޖޮކޮވިޗް ނުކުތީ ތަފާތު ރޫހެއްގަ އެވެ. އޭނާ މި ސެޓު 6-1 އިން ގެންގޮސް މެޗުން މޮޅުވީ އެވެ.
"ފިޒިކަލީ ބަލާއިރު މި މެޗު ނިމުނުއިރު އެހާ ބޮޑު ވަރުބަލިކަމެއް ނެތް. އެކަމަކު އަހަރެން ސިކުނޑީގައި މި ޗެލެންޖްގައި ދިމާވި އުނދަގޫތައް އެބަހުރި. މިއީ ފައިނަލުގައި ނަޑާލާ ދެކޮޅަށް ކުޅުމުގެ ކުރިން އަހަންނަށް ރަނގަޅު ފިލާވަޅުތަކެއް ލިބިގެންދިޔަ މެޗެއް،" ޖޮކޮވިޗް ބުންޏެވެ.
ނަޑާލް މިހާތަނަށް ފްރެންޗް އޯޕަންގައި ބަލިވީ ދެ މެޗެއްގަ އެވެ. އޭގެ ތެރެއިން އެއް ފަހަރު ބަލިވީ ޖޮކޮވިޗް އަތުންނެވެ. ތޭރަ ފަހަރު ފައިނަލުގައި ކުޅެ މިހާތަނަށް މި މުބާރާތުގެ ފައިނަލުގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓަމުން އައި ނަޑާލް ވަނީ މި މުބާރާތުގެ ފައިނަލުގައި ދެ ފަހަރެއްގެ މަތިން ޖޮކޮވިޗް ބަލިކޮށްފަ އެވެ. އެއީ 2012 އަދި 2014 ވަނަ އަހަރު އެވެ.
މި މުބާރާތުގެ ތަށި ނަޑާލަށް މުހިއްމު ވަނީ ޓެނިސް ލެޖެންޑް ރޮޖާ ފެޑެރާގެ ރެކޯޑާ ހަމަކުރާށެވެ. ނަޑާލް މިހާތަނަށް ގްރޭންޑް ސްލޭމް 19 ތަށި ހޯދާފައިވާއިރު، ފެޑެރާ ވަނީ 20 ތަށި ހަމަކޮށްފަ އެވެ. ފައިނަލުގައި ޖޮކޮވިޗް މޮޅުވެއްޖެނަމަ އޭނާ އަށް 18 ގްރޭންޑް ސްލޭމް ތަށި ހަމަވާނެ އެވެ. ފްރެންޗް އޯޕަން ފައިނަލް އޮންނާނީ މާދަމާ ރާއްޖެ ގަޑިން އިރުއޮއްސި ހައެއް ޖަހާއިރު އެވެ.
ދުނިޔޭގެ އެއްވަނަ ބަލިކޮށް ނަޑާލް ސެމީ ފައިނަލަށް
ޖޮކޮވިޗް ކަޓައި މަރޭ އާއި ނަޑާލް ސެމީ އަށް
ޖޮކޮވިޗް އޮލިމްޕިކްސްގައި ނަޑާލްގެ މައްޗަށް ކުރި ހޯދައިފި
ޖޮކޮވިޗް ވަކިވުމުން ސިނާއަށް ދުނިޔޭގެ އެއްވަނަ
ޖޮކޮވިޗް؛ އަނިޔާއާ އެކު ވެސް މެޗު ކާމިޔާބު، އެކަމަ
ނަޑާލް ކެޓީ ފުރަތަމަ ބުރުން، ދެން އަލުން ނުފެނިދާނެ
ޖޮކޮވިޗް ގްރޭންޑްސްލޭމް ރެކޯޑް 23 ތަށި ކާމިޔާބުކޮށްފި
ތަޖުރިބާކާރު ޖޮކޮވިޗް، ސެމީގައި އަލްކަރާޒްއާ ދެކޮޅަށް
ފްރެންޗްއޯޕަން 14 ވަނަ ފަހަރަށް ނަޑާލް ކާމިޔާބުކޮށްފި
މެޗު ތެރޭން ޒްވެރޭވަށް އަނިޔާވެ، ނަޑާލް ފައިނަލަށް