20 ސެޕްޓެމްބަރ 2020
އެފްއޭއެމުން ޓުވާޑްސް ފިއުޗާ ފައިނޭންޝިއަލް އެސިސްޓަންސްގެ ނަމުގައި ފުރަތަމަ ޑިވިޝަން ޓީމުތަކާ އެކު ހެދި އެގްރީމެންޓްގެ ތެރެއިން ފުރަތަމަ ޑިވިޝަންގެ ކްލަބްތައް އަތޮޅު ތެރޭ އެކި ހިސާބުތަކުގައި ޕްރީ ސީޒަން ޓްރެއިނިން ކޭމްޕް ކުރިއަށްގެންދިއުމަށް ފުރުސަތު ދީފި އެވެ.
އެފްއޭއެމުން ޓުވާޑްސް ފިއުޗާ ފައިނޭންޝިއަލް އެސިސްޓަންސްގެ ނަމުގައި ފުރަތަމަ ޑިވިޝަން ޓީމުތަކާ އެކު ހެދި އެގްރީމެންޓްގެ ތެރެއިން ފުރަތަމަ ޑިވިޝަންގެ ކްލަބްތައް އަތޮޅު ތެރޭ އެކި ހިސާބުތަކުގައި ޕްރީ ސީޒަން ޓްރެއިނިން ކޭމްޕް ކުރިއަށްގެންދިއުމަށް ފުރުސަތު ދީފި އެވެ.
އެފްއޭއެމުން މި ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ އަށް ޓީމާ އެކު ފައިނޭންޝިއަލް އެސިސްޓަންސް ޕްރޮގްރާމްގައި ސޮއިކުރީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ޖުމްލަ ކޮންމެ ޓީމަކަށް ތިން މިލިއަނެއްހާ ރުފިޔާ ދޭން ނިންމާފައިވާއިރު، އެކަން ކުރާނީ ބަހާލައިގެން ވަކި ކަންތައްތަކެއް ފުރިހަމަވުމުންނެވެ. އެގޮތުން ފައިސާ ދޭން ނިންމާފައިވަނީ ލީގުގެ ކޮންމެ ބުރަކަށާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕްގެ އިތުރުން އެގްރީމެންޓްގައި ހިމެނޭ ވަކި ކަންތައްތަކެއް ފުރިހަމަވަމުންދާ މިންވަރަށް ބެލުމަށް ފަހު އެވެ.
ކޮންޓްރެކްޓް ބިނާވަނީ މައިގަނޑު ހަތް ކަމެއްގެ މައްޗަށެވެ. އެއީ ކްލަބް ލައިސަންސިން، އެކެޑަމީ އެންޑް ޔޫތު ޑިވެލޮޕްމަންޓް، ކްލަބް މެނޭޖްމަންޓް، ކްލަބް ފައިނޭންޝިއަލް ރިޕޯޓް، ސީނިއާ ވިމެންސް އެކްޓިވިޓްސް، ސީއެސްއާރް އެކްޓިވިޓީސް އަދި ޕްރޮމޯޝަނަލް އެކްޓިވިޓީސް އެވެ. މީގެ ތެރޭގައި ދެން ހިމެނިފައިވާ ކަންތައްތަކުގެ ތެރޭގައި ޕްރީ ސީޒަން އަށް އަތޮޅު ތެރެއަށް ދިއުމުގެ ފުރުސަތު ހިމެނޭ ކަމަށް އެފްއޭއެމުން މައުލޫމާތުދެ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ ހަގީގަތުގައި މި ކަމަކީ ކްލަބްތަކުގެ ސީއެސްއާރް އާއި ޕްރޮމޯޝަނަލް އެކްޓިވީޓްސްގެ އިތުރުން ޓީމުގެ ޕްރީ ސީޒަނަށް އެހީތެރިވުމުގެ ގޮތުން ފަށައިގަނެވޭ ކަމެއް ކަމަށެވެ.
"އެގްރިމެންޓްގައި ހިމެނޭނެ ޕްރީ ސީޒަނަށް އަތޮޅު ތެރެއަށް ދެވޭ ގޮތަށް. ވަކި ފައިސާގެ އެހީއެއް އެލޮކޭޓް ކުރެވިފައިވޭ މިކަމަށް. ހަގީގަތުގައި އޭގެ ބޭނުމަކީ ރަނގަޅު ޕްރީ ސީޒަނެއް ވެސް ލިބއޭގެ ތެރެއިން ފުޓްބޯޅައިގެ މާކެޓިން އަށް ވެސް ކްލަބްތަކަށް ފުރުސަތު ހޯދައިދިނުން،" ޖަވާ ވިދާޅުވި އެވެ.
މި އަހަރު ކޮވިޑް-19ގެ ސަބަބުން ކްލަބްތަކަށް އަތޮޅު ތެރޭގައި ޓްރެއިނިން ކޭމްޕް ކުރިއަށް ގެންދެވޭނެ ފުރުސަތެއް ނެތެވެ. އެކަމަކު އަންނަ އަހަރު ގިނަ ކްލަބްތަކުގެ ޕްރީ ސީޒަން އަތޮޅު ތެރެއަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ޖަވާ ފާހަގަކުރެއްވި އެވެ.
އެގްރީމެންޓްގައި ހިމަނާފައިވާ ގޮތުން ޕްރީ ސީޒަނަށް ކަނޑައަޅާފައިވަނީ އެއް ލައްކަ ރުފިޔާގެ ބަޖެޓެކެވެ. އެ ފައިސާ ދޭނީ ކްލަބްތަކުން ޕްރީ ސީޒަން ނިންމާލުމަށް ފަހު ޓްރެއިނިން ކޭމްޕްގެ ފައިނޭންޝިއަލް ސްޓޭޓްމަންޓާއި އެހެނިހެން ހުރިހާ ބިލެއް ހުށަހެޅުމުންނެވެ.
ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުން ވަނީ މީގެ ކުރިން ވެސް އެކި ރަށްތަކަށް ޓްރެއިނިން ކޭމްޕްތަކަށް ގޮސްފަ އެވެ. އެ ގޮތުން މާޒިޔާ އިން މިދިޔަ އަހަރު އދ. މަހިބަދޫ އަށް ދިޔައިރު، ކްލަބް އީގަލްސް ވަނީ ބ.އޭދަފުށްޓަށް ގޮސްފަ އެވެ. އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ހިމެނޭ ޓީމެއް ވަނީ އޭދަފުށީ ޓާފް ދަނޑު ހުޅުވި މެޗުގައި ކުޅެފަ އެވެ.
އަތޮޅުތަކަށް ޓްރެއިނިން ކޭމްޕްގައި ފުރަތަމަ ޑިވިޝަން ޓީމުތަކުން ދިއުމަކީ ދުރު ރާސްތާ ޕްލޭނުގައި އޮތް 2023 ވަނަ އަހަރު މުޅި ރާއްޖެ އަށް ފުޅާކޮށްލައިގެން ލީގު ކުޅެން އޮތް ވިސްނުމަށް ވެސް އެޅޭ ބިންގަލެކެވެ. ސަރުކާރާއި އެފްއޭއެމުން އަންނަނީ އަތޮޅު ތެރޭގައި ޓާފް ދަނޑުތަކެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ސަރުކާރުގެ ވިސްނުމަކީ ފަސް އަހަރު ތެރޭ 100 ޓާފް ދަނޑު އެޅުން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ވިދާޅުވެފަ އެވެ. އަދި ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ސްކައިވިންޑް ގްލޯބަލްއާ އެކު މިދިޔަ އަހަރު އެފްއޭއެމުން ފެށި ޕްރޮޖެކްޓެއްގެ ތެރެއިން ރާއްޖޭގެ އެކި ސަރަހައްދުތައް ހިމެނޭ ގޮތަށް 20 ދަނޑު އަޅަން ވަނީ ހަމަޖެހިފަ އެވެ.
ފުރަތަމަ ޑިވިޝަން ޓީމުތަކުން ޓްރެއިނިން ކޭމްޕް ދާނެ ރަށްތައް ނިންމުމުގެ އިހުތިޔާރު އެ ކްލަބެއްގެ އަތްމައްޗަށް ދޫކޮށްލާފައިވާއިރު، ޓާފް ދަނޑު އަޅާފައިވާ ރަށްތަށް އިހުތިޔާރު ކުރުމުން ޓްރެއިނިން އަށް ފަސޭހަތަކެއް ވެގެންދާނެ އެވެ.
ދިވެހި ލީގު ފަށަން ހުއްދަ އެބައޮތް: އެފްއޭއެމް
ސީޒަން އަވަހަށް ފެށޭތޯ އެފްއޭއެމުން މަސައްކަތްކުރަނީ
ދިވެހި ލީގުން އަތޮޅުތަކަށް ދޭ ޖާގަ މަޑުޖައްސާލައިފި
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން ޑިސެމްބަރަށް؟
ކުޅުންތެރިންގެ ކަންބޮޑުވުންތައް ބަލައިގަންނަން: ބައްސާމް
ފުޓްބޯޅަ މުބާރާތްތަކާއި ޓްރެއިނިންތައް މެދުކަނޑާލައިފި
ސުޕަ ކަޕަށް ޖިއްދާއަށް: މައްސަލައެއް ނޫން! އެކަމަކު؟
ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަން ފަށައިފި
އެފްއޭއެމުން ނޫސްވެރިންގެ ބައްދަލުވުންތައް ކެންސަލްކޮށްފި
އެފްއޭއެމުން ފައިސާ ނުދޭތީ ވީޓީވީން ލައިވް ހުއްޓާލައިފި