28 ޑިސެމްބަރ 2019
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ވަގުތުން ދެއްކުމަށް އެފްއޭއެމް އިން ވީޓީވީއާ އެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް އެފްއޭއެމުން ފައިސާ ދައްކާފައިނުވާ ކަމަށް ބުނެ ވީޓީވީން މެޗުތައް ދެއްކުން ހުއްޓާލައިފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ވަގުތުން ދެއްކުމަށް އެފްއޭއެމް އިން ވީޓީވީއާ އެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް އެފްއޭއެމުން ފައިސާ ދައްކާފައިނުވާ ކަމަށް ބުނެ ވީޓީވީން މެޗުތައް ދެއްކުން ހުއްޓާލައިފި އެވެ.
މިއީ މިހާރު ވެސް ފޯރިކެނޑިފައިވާ ދިވެހި ފުޓްބޯޅަ އަށް ލިބޭނެ އިތުރު ގެއްލުމަކަށް ވާނެ އެވެ. ދަނޑަށް ބަޔަކު ނުވަންނާތީ ކްލަބްތަކަށް ސްޕޮންސަރުން ހޯދަން އުނދަގޫވެފައިވާ ދަނޑިވަޅެއްގައި، މެޗުތައް ޓީވީން ނުދައްކާ ނަމަ އިތުރު ހުރަސްތަކެއް އަންނާނެ އެވެ.
ވީޓީވީގެ ސީއީއޯ މުހައްމަދު އާސިފް (މޮންދު) މިއަދު "މިހާރު" އަށް ވިދާޅުވީ އެފްއޭއެމްއާ އެކު އެ ސްޓޭޝަނުން އެއްބަސްވުން ހެދީ މަހުން މަހަށް ފައިސާ ދައްކާ ގޮތަށް ކަމަށާއި އެކަމަކު މިއަދާ ހަމަޔަށް އެއްވެސް ޕޭމަންޓެއް ނުލިބޭ ކަމަށެވެ.
އޭނާ ވިދާޅުވީ ފުޓްބޯޅަ ދައްކަމުން އައީ ވެސް ވަރަށް ކުޑަކުޑަ އަގަކަށް ކަމަށާއި މިހާތަނަށް ވެސް މެދުކަނޑާލާނުލާ ކުރިއަށްގެންދިޔައީ ހުއްޓާލައިފި ނަމަ ފުޓްބޯޅަ އަށް ދެރައެއް ލިބިދާނެތީ ކަމަށާއި އެކަމަކު ދެން އިތުރު ގޮތެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެންނަށް ދެން އަލުން ފެށޭނީ ފައިސާ ލިބިގެން،" މޮންދު ވިދާޅުވި އެވެ. "ބައްސާމް ވިދާޅުވީ މިނިސްޓްރީން ލިބެން ޖެހޭ ޕޭމަންޓެއް ނުލިބިގެން ކަމަށް ލަސްވަނީ. ފަހުން ދިން މުއްދަތު ވެސް ފަހަނައަޅައި ގޮސްފި. އެންމެ ބޮޑު މައްސަލައަކީ މުއާމަލާތް ނުކުރެވުން."
އެފްއޭއެމް އާއި ވީޓީވީ އެއްބަސްވީ ހަވީރު ކުޅޭ މެޗުތައް ވަގުތުން ދެއްކުމަށާއި ރޭގަނޑު ކުޅޭ މެޗުތައް ރެކޯޑިން ހަދައި ދެއްކުމަށެވެ. ރޭގަނޑު ލައިވް ކުރެވެން ނޯންނަނީ ޕްރައިމް ގަޑިއާ ދިމާވާތީ އެވެ. އެކަމަކު މޮންދު ވިދާޅުވީ ލައިވް ކުރިޔަސް ރެކޯޑިން ހެދިޔަސް އެއީ ހަތަރު މެމްބަރުންގެ ކްރޫއެއް ފޮނުވައިގެން މަސައްކަތް ބޮޑު، ހަރަދު ހިނގާ ކަމެއް ކަމަށާއި އެހެންވެ ފައިސާ ނުލިބި ކުރެވޭނެ ގޮތެއް ކަމަށެވެ.
އަމުދުން އެ ސްޓޭޝަނަށް ދާދި ފަހުން ގެނައި ބަދަލުތަކާ އެކު އެކަން އެގޮތަށް ކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ ފައިސާ ނުލިބޭ ކަންކަމަށް ދޭ ސަމާލުކަން ކުޑަކޮށް ފައިސާ ވަންނާނެ ދިމަދިމާލަށް އިސްކަންދޭން ވަނީ މިހާރު ނިންމައިފަ އެވެ.
"ލައިވް ނުކުރިޔަސް އަޅުގަނޑުމެން ނިއުސް ކަވަރޭޖް ދޭނަން،" މޮންދު ވިދާޅުވި އެވެ.
ޒަމާނުއްސުރެ ފުޓްބޯޅަ ދައްކަމުން އައީ ގައުމީ ޓީވީ، ޕީއެސްއެމް އިންނެވެ. އެތަނުގެ އޮފިޝަލަކު "މިހާރު" އަށް ބުނީ މި ފަހަރު ވެސް އެތަނުން މެޗުތައް ދައްކަން ޝައުގުވެރިކަން ފާޅުކުރި ކަމަށާއި އެފްއޭއެމުން ފުރަތަމަ އެދުނީ އަގެއް ނުނަގައި ކޮށްދޭން ކަމަށެވެ. އެކަމަށް ވެސް ފަހުން އެއްބަސްވި ކަމަށާއި އެކަމަކު އެފްއޭއެމުން ނިންމީ ވީޓީވީ އަށް ދޭން ކަމަށެވެ.
މިކަމުގައި އެފްއޭއެމްގެ ބަހެއް މިއަދު ލިބޭ ގޮތެއް ނުވި އެވެ.
ދިވެހި ލީގު ފަށަން ހުއްދަ އެބައޮތް: އެފްއޭއެމް
ޕްރީ ސީޒަނަށް އަތޮޅު ތެރެއަށް ދިއުމުގެ ފުރުސަތު
ސީޒަން އަވަހަށް ފެށޭތޯ އެފްއޭއެމުން މަސައްކަތްކުރަނީ
ދިވެހި ލީގުން އަތޮޅުތަކަށް ދޭ ޖާގަ މަޑުޖައްސާލައިފި
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން ޑިސެމްބަރަށް؟
ކުޅުންތެރިންގެ ކަންބޮޑުވުންތައް ބަލައިގަންނަން: ބައްސާމް
ފުޓްބޯޅަ މުބާރާތްތަކާއި ޓްރެއިނިންތައް މެދުކަނޑާލައިފި
ސުޕަ ކަޕަށް ޖިއްދާއަށް: މައްސަލައެއް ނޫން! އެކަމަކު؟
ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަން ފަށައިފި
އެފްއޭއެމުން ނޫސްވެރިންގެ ބައްދަލުވުންތައް ކެންސަލްކޮށްފި