Roadha Mihaaru
ސީޒަން އަވަހަށް ފެށޭތޯ އެފްއޭއެމުން މަސައްކަތްކުރަނީ

ފުޓްބޯޅަ ސީޒަން އަވަހަށް ފެށޭތޯ އެފްއޭއެމުން މަސައްކަތްކުރަނީ

17 ސެޕްޓެމްބަރ 2020

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފުރުސަތު ލިބުނުހާ އަވަހަކަށް ފަށަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފުރުސަތު ލިބުނުހާ އަވަހަކަށް ފަށަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

އެފްއޭއެމުން އެންމެ ފުރަތަމަ ލޯކަލް ސީޒަން ފަށަން ތާވަލުކޮށްފައިވަނީ ޖޫން މަހަށެވެ. އެކަމަކު އޭރު ކޮވިޑް-19 ފެތުރޭތީ އާއި ލޮކްޑައުންއެއްގައި މާލެ ސަރަހައްދު އޮތުމުން ސީޒަން ފަށާ ތާރީހު ފަސްކުރީ އެވެ. އޭއެފްސީ ކަޕާއި ވޯލްޑް ކަޕް ކޮލިފައިން މެޗުތައް އޮކްޓޫބަރާއި ނޮވެމްބަރަށް ތާވަލުކުރުމުން އެފްއޭއެމުން ނިންމީ ބްރޭކެއް ނެތި ފުޓްބޯޅަ ސީޒަން ކުރިއަށް ގެންދެވޭނެ ގޮތަކަށް ޑިސެމްބަރުގައި ސީޒަން ފަށާށެވެ. އެކަމަކު މިހާރު އޭއެފްސީ ކަޕް ކެންސަލްކޮށް ވޯލްޑް ކަޕް ކޮލިފައިން މެޗުތައް އަންނަ އަހަރަށް ފަސްކުރުމާ އެކު އެފްއޭއެމުން އަވަސްވެގަނެފައިވަނީ ލޯކަލް ސީޒަން އަވަހަށް ފެށުމަށެވެ.

Footboalha fesheyne dhuvaheh neygi kulhuntherin goiy husvefai!

Footboalha fesheyne dhuvaheh neygi kulhuntherin goiy husvefai!

The most trusted news source in the Maldives

Mihaaru

ފުޓްބޯޅަ ސީޒަން ފެށޭނެ ދުވަހެއް ނޭނގޭތީ ގިނަ ކުޅުންތެރިން ތިބީ ގޮތް ހުސްވެފައި.

މީގެ ކުރިން އެފްއޭއެމާއި ސްޕޯޓްސް މިނިސްޓްރީ އަދި އެޗްޕީއޭ އިން ވަނީ އަންނަ މަހު އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ރާއްޖޭގައި ހޯސްޓް ކުރުމުގައި އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުމަށް ބައްދަލުކޮށްފަ އެވެ. އެކަމަކު އެ މުބާރާތް މިހާރު އޭއެފްސީން ވަނީ ކެންސަލްކޮށްފަ އެވެ. އެފްއޭއެމުން މިހާރު މަސައްކަތްކުރަމުން އަންނަނީ ފުރުސަތު ލިބުނުހާ އަވަހަކަށް ސީޒަން ފެށުމުގެ މަސައްކަތްތައް ކުރުމަށެވެ.

"މިހާރު މި މަޑުކޮށްގެން ތިބީ އެޗްޕީއޭގެ އިޝާރާތަކަށް. އެފްއޭއެމުން އޮތީ އެޗްޕީއޭ މަޝްވަރާކޮށްގެން އެ ކޮޅުން (އެޗްޕީއޭ) އިން ރުހޭ ގައިޑްލައިންތަކެއް ހަދައިގެން ސީޒަން އަވަހަށް ފެށޭނެ ގޮތެއް ހަދަން. އެޗްޕީއޭއާ އެކު މިހާރު ވެސް މަޝްވަރާތަކެއް އެބަދޭ. މި ކަމަށް ހައްލެއް ހޯދަން ވަރަށް އަވަހަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާއާ ވެސް ބައްދަލުކުރަން ވަނީ ނިންމާފައި،" އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވި އެވެ.

އެފްއޭއެމްގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ޖަވާ ވާހަކަދައްކަވަނީ. -- ފޮޓޯ: މިހާރު ފައިލް ފޮޓޯ

އެފްއޭއެމްގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ޖަވާ ވާހަކަދައްކަވަނީ. -- ފޮޓޯ: މިހާރު ފައިލް ފޮޓޯ

ރާއްޖޭގެ ފުޓްބޯޅަ ކްލަބްތަކުން އާމްދަނީ އަށް ބަރޯސާވެފައި ތިބި ފަރާތްކަށް މި ވަގުތު މާލީ ގޮތުން އެކި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު، އެންމެ ބޮޑު އުނދަގޫތަކެއް އޮތީ ކުޅުންތެރިންނަށެވެ. އާމްދަނީ ލިބޭނެ ގޮތެއް ނެތިފައި ގިނަ ކުޅުންތެރިންތަކެއް ތިބިއިރު، އޭގެ ތެރެއިން ބައެއް ކުޅުންތެރިން ވަނީ ރަށަށް ވެސް ބަދަލުވެފަ އެވެ. ގިނަ ކުޅުންތެރިން ތިބީ ގޮތް ހުސްވެފަ އެވެ.

ކޮވިޑް-19 ފެތުރިފައިވާ މި ދަނޑިވަޅުގައި ފުޓްބޯޅަ ސީޒަން ފަށަން ސިއްހީ ގޮތުން ވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ. ފީފާ އާއި އޭއެފްސީގެ މެޑިކަލް ފަރާތްތަކާ މަޝްވަރާކޮށް ގައިޑްލައިންތަކެއް ހަދައި އެޗްޕީއޭއާ މަޝްވަރާކުރި ކަމަށް އެފްއޭއެމްގެ މެޑިކަލް ޑިޕާޓްމަންޓްގެ ހެޑް އަހުމަދު ޝަކީބް (ޑޮކް) މިދިޔަ ޖުލައި މަހު ވިދާޅުވި އެވެ. އޭރު ޝަކީބް ވިދާޅުވީ އެ ގައިޑްލައިންތަކަކީ ދުނިޔޭގެ އެކި ގައުމުތަކުން ކަންތައް ކުރަމުން އަންނަ އުސޫލުތައް ވަރަށް ރަނގަޅަށް ބަލައިގެން އެކުލަވާލާފައިވާ ގައިޑްލައިނެއް ކަމަށެވެ. ފުޓްބޯޅަ ކްލަބްތަކުން ވެސް ތިބީ ގައިޑްލައިންތަކެއްގެ ތެރެއިން ފުޓްބޯޅަ ސީޒަން ފެށުމަށް ތައްޔާރަށެވެ.

އެނގިފައިވާ ގޮތުގައި ޝެޑިއުލް ރޭވިފައި އޮތްގޮތުން ޑިސެމްބަރު މަހު އަށް ވަނަ ދުވަހަށް ތާވަލްކޮށްފައިވަނީ ސީޒަން ހުޅުވާ މެޗެވެ. އެ މެޗުގައި ބައްދަލުކުރަނީ މިިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަނާއި ލީގުގެ ދެ ވަނައިގައި ނިންމާލި ކްލަބް އީގަލްސް އެވެ. މިދިޔަ ސީޒަނުގެ އޭއެފްސީ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކޮށްލީ ކޮވިޑް-19 ފެތުރޭތީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުންނެވެ.

ފުރަތަމަ ޑިވިޝަނުގެ ކްލަބްތައް އޮތީ ޑިސެމްބަރު މަހު ސީޒަން ފަށަން ހުއްދަ ލިބިއްޖެނަމަ އަންނަ މަހުގެ ކުރީކޮޅުގައި ޕްރީ ސީޒަން ފަށާ ގޮތަށެވެ. އެއީ މިހާ ދިގު ބްރޭކަކަށް ފަހު އަލުން ކުޅެން ފަށާއިރު ދެ މަހެއްހާ ދުވަހުގެ ޕްރީ ސީޒަނެއް ބޭނުންވާނެތީ އެވެ.