16 ސެޕްޓެމްބަރ 2020
އިޒުރޭލާ އެކު ގުޅުން ގާއިމްކުރަން ޔޫއޭއީ އާއި ބަހުރެއިން އިން އެއްބަސްވުންތަކުގައި ސޮއިކުރުމަކީ "މެދު އިރުމައްޗަށް އާ ފަތިހެއް"ގެ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕް ސިފަކުރައްވައިފި އެވެ.
އިޒުރޭލާ އެކު ގުޅުން ގާއިމްކުރަން ޔޫއޭއީ އާއި ބަހުރެއިން އިން އެއްބަސްވުންތަކުގައި ސޮއިކުރުމަކީ "މެދު އިރުމައްޗަށް އާ ފަތިހެއް"ގެ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕް ސިފަކުރައްވައިފި އެވެ.
ވައިޓް ހައުސްގައި އިއްޔެ ބޭއްވި ހާއްސަ ހަފުލާއެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ މިއީ ތާރީހީ ފިޔަވަޅެއް ކަމަށެވެ. އަދި އެ ތިން ގައުމުން ވެސް އެކަން ސިފަކުރީ އެގޮތަށެވެ.
މިއީ 1948 ގައި އިޒުރޭލް އުފެދުނު ފަހުން، ގުޅުން ގާއިމްކުރަން އިޒުރޭލާ އެކު ސޮއިކުރި އަރަބި ތިނެއް އަދި ހަތަރު ވަނަ ގައުމެވެ. އޭގެ ކުރިން އިޒުރޭލާ އެކު ސުލްހައިގެ އެއްބަސްވުންތަކުގައި ސޮއިކުރީ މިސްރާއި ޖޯޑަން އެވެ.
ޓްރަމްޕް ވިދާޅުވީ އެހެން ގައުމުތަކުން ވެސް މި މަގުން ހިނގާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އެކަމަކު ފަލަސްތީނުގެ ލީޑަރުން ވިދާޅުވާ ގޮތުގައި، ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް އައުމުގެ ކުރިން ވަކިވަކި އަރަބި ގައުމުތަކުން އިޒުރޭލާ އެކު ގުޅުން ގާއިމްކުރުމަކީ "ބޭވަފާތެރިވުމެ"ވެ.
މެދު އިރުމަތީގެ ގައުމުތަކުން ކުރިންސުރެ ގެންގުޅެމުން އަންނަ ސިޔާސަތަކީ، ފަލަސްތީނުގެ މިނިވަން ގައުމެއް އުފެދުމުގެ ކުރިން އިޒުރޭލާ އެކު ގުޅުން ގާއިމްނުކުރުމެވެ.
އިޒުރޭލާ އެކު ޔޫއޭއީ އާއި ބަހުރެއިން އިން ސޮއިކުރި އެއްބަސްވުމުގައި ހުރި ކަންކަމުގެ ތަފުސީލެއް ހާމައެއްނުކުރެ އެވެ. އެކަމަކު އެމްބަސީތައް ހުޅުވުމާއި ވިޔަފާރި އާއި ދަތުރުފަތުރުގެ ގުޅުންތައް ގާއިމްކުރުން، މައިގަނޑު ކަންކަމުގެ ތެރޭގައި ހިމެނޭނެ އެވެ.
އިޒުރޭލާއި ޔޫއޭއީއާ ދެމެދު ފުރަތަމަ ފަހަރަށް މިހާރު ވަނީ ވައިގެ ދަތުރުތައް ފަށައިފަ އެވެ.
"އެތައް އަހަރަކަށް ދެމިގެން ދިޔަ ހަމަނުޖެހުންތަކާއި ބައިބައިވުންތަކަށް ފަހު، އަހަރެމެން މި ފާހަގަކުރަނީ މެދު އިރުމައްޗަށް އާ ފަތިހެއްގެ އަލިވިލުން،" ޓްރަމްޕް ވިދާޅުވި އެވެ.
"އަހަރެމެން އެންމެން މިއަދު މި ތިބީ ތާރީހު ބަދަލުކުރުމުގެ މަސައްކަތުގައި."
އިޒުރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ "މިއީ ސުލްހައަށް ވެސް އާ ފަތިހެއް" ކަމަށެވެ.
އެކަމަކު ފަލަސްތީނުގެ ލީޑަރު މަހަމޫދު އައްބާސް ވިދާޅުވި ގޮތުގައި މެދު އިރުމައްޗަށް ހަމަޖެހުން ގެނެވޭނެ ހަމައެކަނި ގޮތަކީ ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން އިޒުރޭލް ފޭބުމެވެ.
"އިޒުރޭލްގެ ވެރިވެގަތުން ނުނިމޭހާ ހިނދަކު ސުލްހަ އާއި ހަމަޖެހުމާއި ރައްކާތެރިކަމެއް ނުލިބޭނެ އެވެ،" ތިން ގައުމުން އެއްބަސްވުންތަކުގައި ސޮއިކުރި ފަހުން ނެރުއްވި ބަޔާނެއްގައި އައްބާސް ވިދާޅުވި އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށް ދަނިކޮށް ގާޒާ އިން އިޒުރޭލަށް ދެ ރޮކެޓް ފޮނުވާލި ކަމަށް، އިޒުރޭލްގެ ސިފައިން ބުނެ އެވެ.
ޔޫއޭއީ އާއި ބަހުރެއިންގެ ނިންމުންތަކާ އެކު ގިނަ ބައެއްގެ ލޯ މިހާރު އަމާޒުވެފައި ވަނީ މެދު އިރުމަތީގެ އެންމެ ވަރުގަދަ ގައުމު، ސައުދީ އަަރަބިއްޔާ އަށެވެ. މިހާތަނަށް ސައުދީން ބުނަމުން އަންނަނީ އެފަދަ ނިންމުމަކަށް ދާން އަދި ތައްޔާރު ނޫން ކަމަށެވެ.
އިޒުރޭލާ އެކު ސަލާމަތީ އެއްބަސްވުންތަކެއް ފެނުމުގެ ފުރުސަތު މިހާރު ބޮޑެވެ. އީރާނާ ދެކޮޅަށް އިޒުރޭލުން ގެންގުޅޭ ސިޔާސަތަށް މެދު އިރުމަތީގެ އަރަބި ގައުމުތަކުގެ ތާއީދު އޮވެ އެވެ. އެހެންކަމުން އިޒުރޭލާ އެކު ސަލާމަތީ ގޮތުން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކެއް، ކުރިއަށް އޮތް ތަނުގައި ފެނުމުގެ ފުރުސަތު ބޮޑެވެ.
އިޒްރޭލުގެ ސަބަބުން ސަރަހައްދަށް ކުރިމަތިވަނީ ނުރައްކާ
"ވެސްޓް ސައިޑް ސްޓޯރީ" މެދުއިރުމަތީގައި މަނާ
ބަހުރެއިން ވެސް އިޒްރޭލާ އެކު ސުލްހަވެއްޖެ: ޓްރަމްޕް
ޓްރަމްޕާއި ނަތަންޔާހޫގެ ކޯލެއް، އީރާންގެ ވާހަކަ ދެއްކި
ހިޒްބުﷲގެ ވެރިޔާ އަވަހާރަކޮށްލައިފި
އެމެރިކާއަށް ވަގަށް ރަޝިޔާއަށް މުދާފޮނުވީ ރާއްޖެ މަގުން
ހަމަލާތައް މެދުކަނޑައިލުމުގެ ގަރާރަކަށް ވޯޓު ނަގަނީ
އެމިރޭޓްސްގެ ގަރާރު ވެސް އެމެރިކާ އިން ވީޓޯކޮށްފި
ހަމާސް ނައްތައިލަށް އިޒްރޭލަށް 10 އަހަރު ބޭނުންވާނެ
އެމެރިކާ-އަރަބި ޑްރާމާ އިން ލަދުވެތިކަން