Roadha Mihaaru
ހުވަދު އަތޮޅުގެ ތިން ރަށަކަށް ތެލުގެ ޝޯޓޭޖެއް

ހުވަދު އަތޮޅުގެ ތިން ރަށަކަށް ތެލުގެ ޝޯޓޭޖެއް

15 ސެޕްޓެމްބަރ 2020

އެފްއެސްއެމްގެ ތެޔޮ ބާޖަށް ދިމާވި މައްސަލައަކާ ގުޅިގެން، ހުވަދު އަތޮޅުގެ ތިން ރަށަކަށް ތެޔޮ ފޯރުކޮށްދިނުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެފްއެސްއެމްގެ ތެޔޮ ބާޖަށް ދިމާވި މައްސަލައަކާ ގުޅިގެން، ހުވަދު އަތޮޅުގެ ތިން ރަށަކަށް ތެޔޮ ފޯރުކޮށްދިނުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

އެ ކުންފުނިން ބުނީ، ގދ. ވާދު އާއި ނަޑެއްލާ އަދި ފިޔޯރީ އަށް ބޭނުންވާ ތެޔޮ މި ދުވަސްވަރު ފޯރުކޮށް ނުދެވެނީ، ބާޖުގެ ޕެޓްރޯލް މީޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. މި މައްސަލަ ހައްލު ކުރުމަށް މިހާރު މާލެ އިން ބޯޓެއް ފުރާފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ތެޔޮ ސަޕްލައި ކުރުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް އުޅުނަސް މިހާތަނަށް އެއްވެސް ރަށަކުން ތެޔޮ ހުސްވެގެން އުޅޭ ކަމުގެ ޝަކުވާތައް ނުލިބޭ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެކަމަކު، ސޯޝަލް މީޑިއާގައި ބައެއް މީޙުން ބުނެފައިވާ ގޮތުގައި ހުވަދު އަތޮޅުގެ ގިނަ ރަށްތަކަށް ތެޔޮ ނުލިބޭތާ ދެ ހަފުތާ ވެއްޖެ އެވެ. ބައެއް ރަށްރަށުން ތެޔޮ އެއްކޮށް ހުސްވެފައިވާ ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ.

ހުވަދު އަތޮޅުގެ ގިނަ ރަށްރަށުން ތެޔޮ ހުސްވެފައިވާ ކަމަށް ބުނެ މީހަކު ކުރި ޓްވީޓެއް--

ވާދޫގައި ތެޔޮ ޝެޑެއް ހިންގާ ކުންފުންޏެއް ކަމަށްވާ ޖިއޯ ވޭވް ޕްރައިވެޓް ލިމިޓެޑުން ވެސް ވަނީ އެ ރަށުން ޕެޓްރޯލް ހުސްވެފައިވާ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނީީ، އެ ކުންފުނީގެ ޝެޑުން ޕެޓްރޯލް ހުސްވީ އެފްއެސްއެމްގެ ބޯޓަށް ދިމާވި މައްސަލައަކާ ގުޅިގެން، ޕެޓްރޯލް ފޯރުކޮށްނުދެވި ގިނަ ދުވަސްތައް ވުމުން ކަމަށެވެ.

އެ ކުންފުނީގެ ބޯޓެއް މިހާރު ޕެޓްރޯލް ހިފައިގެން އެ ރަށަށް ދަތުރު ކުރަމުން އަންނަ ކަމަށް ވެސް ޖިއޯ ވޭވްގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ޖިއޯ ވޭވް ކުންފުނިން ނެރުނު ބަޔާން--