Roadha Mihaaru
ގެލެކްސީ ޒީ ފޯލްޑް 2 މި މަހުގެ 18 ގައި

ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް 2 މި މަހުގެ 18 ގައި

03 ސެޕްޓެމްބަރ 2020

ކުރިއަށް އޮތީ ސެމްސަންގުގެ ފަތްޖެހި ފޯނުގެ ތިން ވަނަ ވާޝަނެވެ. އެއީ ގެލެކްސީ ޒީ ފޯލްޑް 2 އެވެ. މި މަހުގެ 18 ގައި މި ފޯނު އެމެރިކާގައި ލޯންޗްކުރަން ނިންމާފައިވާ އިރު، މިހާރު ވަނީ ޕްރި-އޯޑަރަށް ވެސް ހުޅުވާލައިފަ އެވެ. އަގަކީ 1،999.99 ޑޮލަރު އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރިއަށް އޮތީ ސެމްސަންގުގެ ފަތްޖެހި ފޯނުގެ ތިން ވަނަ ވާޝަނެވެ. އެއީ ގެލެކްސީ ޒީ ފޯލްޑް 2 އެވެ. މި މަހުގެ 18 ގައި މި ފޯނު އެމެރިކާގައި ލޯންޗްކުރަން ނިންމާފައިވާ އިރު، މިހާރު ވަނީ ޕްރި-އޯޑަރަށް ވެސް ހުޅުވާލައިފަ އެވެ. އަގަކީ 1،999.99 ޑޮލަރު އެވެ.

ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް 2 ނެރުމުގެ ތައްޔާރީތައް ވަމުން އަންނަ ސެމްސަންގުން ދޭ ޔަގީން ކަމަކީ އެންމެ ފުރަތަމަ ނެރުނު ފަތްޖެހި ފޯނަށް ދިމާވި މައްސަލަތައް މި ފަހަރު ދިމާނުވާނެކެވެ. އެގޮތުން ފުރަތަމަ މޮޑެލްގެ ސްކްރީނަށް ދިމާވި މައްސަލަތައް ހައްލުކޮށް، އިތުރަށް ވަރުގަދަކުރަން މި ފަހަރު ގިނަ މަސައްކަތްތަކެއް ވެސް ކޮށްފައިވެ އެވެ.

އެހެންވެ އާ މޮޑެލްގެ ޑިސްޕްލޭ އިންނާނީ ސެމްސަންގްގެ އަލްޓްރާ ތިން ގްލާސް (ޔޫޓީޖީ) އިންނެވެ. އަދި ކުރީގެ ވާޝަންގެ ސްކްރީން ޕްރޮޓެކްޓާ އަށް ވުރެ މި ފަހަރު އެ ބައި ވެސް ބޮޑުތަނުން ރަނގަޅުވާނެ އެވެ. ތިން ކެމެރާ އިންނަ ފޯނުގެ ސްޓޯރޭޖަކީ 256 ޖީބީ އެވެ. ރޭމް އަކީ 12 ޖީބީ އެވެ.

5ޖީއާ ވެސް އެކު ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް 2 ނެރޭ އިރު މީގެ މައިގަނޑު ދެ ކުލަ އަކީ މިސްޓިކް ބްރޯންޒާއި މިސްޓިކް ބްލެކެވެ. އަދި ކަސްޓަމައިޒް ހިންޖާ އެކު އިތުރު ހަތަރު ކުލައެއްގައި ލިބޭނެ އެވެ. އެއީ މެޓަލިކް ސިލްވަ، މެޓަލިކް ގޯލްޑް، މެޓަލިކް ރެޑް އަދި މެޓަލިކް ބްލޫ އެވެ.