Roadha Mihaaru
ސެމްސަންގް އެސް21 ސީރީޒްގެ އާ ފޯނެއް

ސެމްސަންގް އެސް21 ސީރީޒްގެ އާ ފޯނެއް ދައްކާލައިފި

06 ޖެނުއަރީ 2022

މިހާރު ކުރިއަށްދާ މި އަހަރުގެ ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯ (ސީއީއެސް) ގައި ދެކުނު ކޮރެއާގެ ސެމްސަންގުން އަގުހެޔޮ ފޯނެއް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރު ކުރިއަށްދާ މި އަހަރުގެ ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯ (ސީއީއެސް) ގައި ދެކުނު ކޮރެއާގެ ސެމްސަންގުން އަގުހެޔޮ ފޯނެއް ދައްކާލައިފި އެވެ.

މި މަހުގެ 11 ގައި ބާޒާރަށް ނެރެން ނިންމާފައިވާ މި ފޯނަކީ އެ ކުންފުނިން ކުރިން ނެރެފައިވާ އެސް21 ސީރީޒްގެ ދަށުން ނެރެފައިވާ "އެސް21 އެފްއީ (ފޭން އެޑިޝަން) 5ޖީ" އެވެ. މީގެ ފެށޭ އަގަކީ 699 ޑޮލަރު (10,799ރ.) އެވެ.

"އެސް21 އެފްއީ 5ޖީ" ގެ ފީޗާތަކަށް ބަލާ އިރު މިއީ 6.4 އިންޗީގެ ޑައިނަމިކް އެމޯލެޑް ޑިސްޕްލޭއަކާ އެކު އެލޫމިނަމް ފްރޭމެއް އިންނާނެ އެއްޗެކެވެ. މީގެ ޑިސްޕްލޭ ސައިޒަށް ބަލާ އިރު މިއީ ކުރީގެ އެސް21 އަށް ވުރެ ބޮޑު ފޯނެކެވެ.

ތިން ކެމެރާ ހިމެނޭ "އެސް21 އެފްއީ 5ޖީ" ހަތަރު ކުލައަކުން ލިބޭނެ އެވެ. އެއީ އޮލިވް، ލެވެންޑާ، ވައިޓް އަދި ސިލްވަ އެވެ.

މި ފޯނު ބާޒާރަށް ނެރެނީ މި މަހު 11 ގަ އެވެ.