28 އޯގަސްޓް 2020
ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ޕްލޭސްޓޭޝަން 5ގެ ކޮންސޯލް މިދިޔަ ޖޫން މަހުގެ ތެރޭގައި ދައްކާލާފައި ވަނިކޮށް އޭގެ ޕްރި-އޯޑަރު ރެޖިސްޓްރޭޝަނަށް ސޮނީން ހުޅުވާލައިފި އެވެ.
ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ޕްލޭސްޓޭޝަން 5ގެ ކޮންސޯލް މިދިޔަ ޖޫން މަހުގެ ތެރޭގައި ދައްކާލާފައި ވަނިކޮށް އޭގެ ޕްރި-އޯޑަރު ރެޖިސްޓްރޭޝަނަށް ސޮނީން ހުޅުވާލައިފި އެވެ.
މިކަމާ ބެހޭ ގޮތުން ޕްލޭސްޓޭޝަންގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ބަޔާނުގައި ބުނީ ލިމިޓެޑް އެޑިޝަނެއްގެ ގޮތުގައި ނެރޭ ޕީއެސް 5 ޕްރި-އޯޑަރަށް ރަޖިސްޓްރީވުމުގެ ފުރުސަތު ބޮޑަށް އޮންނާނީ ކުރިން ވެސް ޕްލޭސްޓޭޝަންގެ އެކިއެކި ކަންކަމަށް ޝައުގުވެރިކަން ދޭ ކަސްޓަމަރުންނަށް އިސްކަންދޭ ގޮތަށް ކަމަށެވެ.
އެންމެ ފުރަތަމަ ގޭމު ގަތުމުގެ ފުރުސަތު ލިބޭނީ އެންމެ ފުރަތަމަ ރަޖިސްޓްރީކުރާ މީހުންނަށް އިސްކަން ދީގެންނެވެ. އަދި ރަޖިސްޓްރީވިކަން އީމެއިލަކުން އަންގާނެ ކަމަށް ވެސް ޕްލޭސްޓޭޝަނުން ބުންޏެވެ. ރަޖިސްޓްރީނުވާ ނަމަ އީމެއިލެއް ނުލިބޭނެ އެވެ.
Sony opens registration for invite-only PlayStation 5 preorders https://t.co/3Ns5IxbblE pic.twitter.com/KUV8H3TL4U
— The Verge (@verge) August 26, 2020
އާ ކޮންސޯލް ނެރެން ތައްޔާރުވަމުން ދިޔަ ނަމަވެސް އަދިވެސް ވަކި ތާރީހެއް ކަށަވަރެއް ނުވެ އެވެ. އެކަމަކު އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ނެރޭނެ ކަމަށް ބެލެވެ އެވެ. ޕީއެސް 5 އަކީ ގޭމް އިންޑަސްޓްރީ އަށް އަނެއްކާ ވެސް ބޮޑު ބަދަލުތަކެއް ގެނުވާނެ އުފެއްދުމެއް ކަމަށް ވީޑިއޯ ގޭމްގެ ތެރޭގައި އުޅޭ މީހުން އުންމީދުކުރެ އެވެ.
ޕްލޭސްޓޭޝަން ގޭމްތަކުގައި އިޝްތިހާރުކުރެވޭ ގޮތް ހަދަނީ
މައިކްރޮސޮފްޓުން ގޭމިންގެ ތާރީހީ ބޮޑު މުއާމަލާތަކަށް
ޕީއެސް5 ގެ 10 މިލިއަން ކޮންސޯލް ވިކިއްޖެ
ޕީއެސް 5 އަށް އާ ވީއާރް ހެޑްސެޓެއް ނެރެނީ
ޕްލޭސްޓޭޝަން 5 އަންނަ މަހު އިންޑިއާ އަށް
ޕްލޭސްޓޭޝަން 5 އަދި ވިއްކާނީ އޮންލައިންކޮށް އެކަނި
ޕްލޭސްޓޭޝަން 5 ގެ ޑިމާންޑް ވަރަށް ބޮޑު
ޕްލޭސްޓޭޝަން 5 "ކުޑަކޮށްލެވޭނެ"
ޕްލޭސްޓޭޝަން 5 ގެ އަގުތައް އިއުލާންކޮށްފި
ޕީއެސް 5ގެ އިވެންޓެއް ބުދަ ދުވަހު