Roadha Mihaaru

މައުސޫމަށް ރުހުން ދޭން ކޮމެޓީން ނިންމައިފި

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި އެވެ.

މައުސޫމަށް ރުހުން ދޭން ކޮމެޓީން ނިންމައިފި
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

23 އޯގަސްޓް 2020

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓަރު ކަމަށް މައުސޫމް މިދިޔަ މަހު އައްޔަން ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ވަހީދު މަގާމުން ވަކި ކުރެއްވުމުންނެވެ. މައުސޫމް ކުރިން ހުންނެވީ ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައިވާ ސަފީރު ކަމުގެ މަގާމުގަ އެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ޓޫރިޒަމް މިނިސްޓަރު ކަން އޭނާ ކުރެއްވި އެވެ.

މައުސޫމަށް ރުހުން ދޭން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން މިދިޔަ ބުދަ ދުވަހު ނިންމީ އެ ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުންނެވެ. އެކަމަކު ކޮމެޓީގެ އެ ނިންމުން މަޖިލީހުގެ ތަޅުމުން ފާސްކުރަން ޖެހެ އެވެ.

މައުސޫމް ޓޫރިޒަމް މިިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ ކުރީގެ މިނިސްޓަރު އަލީ ވަހީދު ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއްގައި މަގާމުން ވަކި ކުރެއްވުމުންނެވެ. އެ މައްސަލަތައް ފުލުހުން ދަނީ ބަލަމުންނެވެ.