Roadha Mihaaru
ހިންނަވަރާއި ތިމަރަފުށިން ތިން މީހަކު ޕޮޒިޓިވް

ހިންނަވަރާއި ތިމަރަފުށިން ތިން މީހަކު ޕޮޒިޓިވް ވެއްޖެ

20 އޯގަސްޓް 2020

ޅ. ހިންނަވަރާއި ތ. ތިމަރަފުށީ ހޯމް ކަރަންޓީނުގައި ތިބި ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ޅ. ހިންނަވަރާއި ތ. ތިމަރަފުށީ ހޯމް ކަރަންޓީނުގައި ތިބި ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ހިންނަވަރުން ހޯމް ކަރަންޓީނަށް ފަހު ޓެސްޓްކުރި އިރު ޕޮޒިޓިވްވީ އުމުރުން 78 އަހަރުގެ އަންހެނަކާއި 10 އަހަރުގެ ކުޑަ ކުއްޖެއް ކަމަށެވެ. އަދި ތިމަރަފުށިން ޕޮޒިޓިވްވީ 38 އަހަރުގެ ބަންގްލަދޭޝް މީހެއް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މި ތިން މީހުން ވެސް ޕޮޒިޓިވްވެފައި ވަނީ ހޯމް ކަރަންޓީންގެ މުއްދަތު ހަމަވުމުން ނެގި ރިލީޒް ސާމްޕަލުންނެވެ.

މާލެއިން ރަށްރަށަށް ދިއުމުގައި މިހާރު އޮތް އުސޫލުން ކޮންމެ މީހަކު ވެސް ރަށަށް ގޮސް ކައުންސިލްގެ ބެލުމުގެ ދަށުން އެ މީހަކު ދިރިއުޅޭ ގޭގައި ނުވަތަ ކަރަންޓީން އުސޫލާ އެއްގޮތަށް ހުރެވޭނެ އެހެން ތަނެއްގައި 14 ދުވަހު ކަރަންޓީން ވާންޖެހެ އެވެ.

ކަރަންޓީނުން ދޫކުރަނީ 14 ދުވަހަށް ފަހު ނަގާ ސާމްޕަލް ނެގެޓިވްވުމުންނެވެ. އެޗްޕީއޭ އިން ބުނި ގޮތުގައި ކަރަންޓީނުގައި ތިބެ ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދައި ރަށް މޮނިޓަރިން އަށް ލަނީ އެ މީހަކު ކަރަންޓީން އުސޫލާ ހިލާފުވިކަން އެނގިއްޖެ ހާލަތެއްގަ އެވެ.