25 އޮކްޓޯބަރ 2016
ޕީޕީއެމްގެ މެމްބަރުންނާއި ރައްޔިތުންގެ މަސްލަހަތަށްޓަކައި އެ ޕާޓީގެ މެމްބަރުންގެ އިންތިހާބީ ހައްގުތައް ރައްކާތެރިކޮށްދެއްވުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ހިއުމަން ރައިޓްސް ކޮމިޝަންގައި އިއްޔެ އެދިވަޑައިގެންފި އެވެ.
ޕީޕީއެމްގެ މެމްބަރުންނާއި ރައްޔިތުންގެ މަސްލަހަތަށްޓަކައި އެ ޕާޓީގެ މެމްބަރުންގެ އިންތިހާބީ ހައްގުތައް ރައްކާތެރިކޮށްދެއްވުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ހިއުމަން ރައިޓްސް ކޮމިޝަންގައި އިއްޔެ އެދިވަޑައިގެންފި އެވެ.
އެޗްއާރުސީއެމްގެ ރައީސާ އާމިނަތު އީނާޒަށް ފޮނުއްވި ސިޓީގައި މައުމޫން ވިދާޅުވީ ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރަން ސިވިލް ކޯޓުން ހުކުމް ކުރިއިރު އެއީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ދެއްވި ފަރުވާއެއް ކަމަށެވެ. އަދި ޕާޓީގެ މެމްބަރުން އިންތިހާބުކޮށްފައިވާ ރައީސް ވަނީ، މެމްބަރުންގެ ރުހުމަކާ ނުލައި ވަކިކުރައްވާފައިވާކަމަށް އެ ސިޓީފުޅުގައި މައުމޫން ވިދާޅުވި އެވެ.
"...ޕާޓީގެ ރައީސް މަގާމުން އަޒުލުކުރެވިފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ކަމުގައިވާތީވެ، އަދި ޕާޓީގެ މެމްބަރުންގެ ކަނޑައަޅާފައިވާ އެ މެމްބަރުންގެ އިންތިހާބީ ހައްގުތަކާ ހިލާފަށް ކަމުގައިވާތީވެ، މިކަމާ ގުޅޭގޮތުން، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ މެމްބަރުންނާއި ރައްޔިތުންގެ މަސްލަހަތަށްޓަކައި ތިޔަ ކޮމިޝަނަށް އަދާކުރެވިދާނެ ދައުރެއް އޮތްކަމަށް ގަބޫލުކުރެވޭތީވެ، ޕީޕީއެމްގެ މެމްބަރުންނާއި ރައްޔިތުންގެ މަސްލަހަތަށްޓަކައި ޕީޕީއެމްގެ މެމްބަރުންގެ އިންތިހާބީ ހައްގުތައް ރައްކާތެރިކޮށްދެއްވުމަށް ފިޔަވަޅު އަޅުއްވައި ދެއްވުން އެދި ދެންނެވީމެވެ،" މައުމޫން ފޮނުއްވި ސިޓީފުޅުގައި ވިދާޅުވި އެވެ.
އެ ސިޓީގައި މައުމޫން ވިދާޅުވީ ޕާޓީ ހިންގުމަކީ ރަމްޒީ މަގާމެއް ކަމަށް ވިޔަސް އެއީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު ކަމެއް ކަމަށެވެ. އަދި ރައީސަކު ނެތް ހާލަތެއްގައި، ޕާޓީގެ ކައުންސިލްގެ ރިޔާސަތު ބަލަހައްޓާނެ ފަރާތްތައް ވަރަށް ސާފުކޮށް ކައުންސިލް ހިންގާ ގަވާއިދު ކަނޑައަޅާފައިވާކަމަށް ވެސް ބުނެފައި ވެ އެވެ.
ޕީޕީއެމް ކައުންސިލް މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދެން މެދުވެރި މައިގަނޑު ސަބަބަކީ އެ ސިޓީގައި މައުމޫން ފާހަގަކުރެއްވި ގޮތުގައި ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ރިޔާސީ ޓިކެޓު ދިނުމުގެ މައްސަލަ އެވެ. ނަމަވެސް އެކަމަކީ ބައެއް މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުކަމެއް ކަމަށް މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމްގެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދި، ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ ފެކްޝަނަކާއި ރައީސް މައުމޫނަށް ތާއީދުކުރާ ފެކްޝަނެއް އުފެދި ކޮންމެ ފެކްޝަނަކުން ވެސް ދަނީ ޕާޓީގެ ކަންކަމުގައި އެކި ކަންކަން ނިންމަމުންނެވެ.
މައުމޫން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތް
މައުމޫންގެ މައްސަލަ އެޗްއާރުސީއެމުން ބަލައެއް ނުގަތް
"ޕީޕީއެމް ރައީސް ކޮބައިތޯ ސުޕްރީމް ކޯޓުގައި އަހާނަން"
ހައި ކޯޓުން ވެސް ޕީޕީއެމް ދިނީ ރައީސް ޔާމީނަށް
މައުމޫންގެ މެސެޖް: އިންސާފުން މައްސަލަ ނިންމައިދީ!
"މައުމޫނަށް ނޭނގި ހައި ކޯޓަށް ދިޔައީ ހައްގު ގެއްލުވާލަން"
"ޔާމީން ބާއްވާ ކައުންސިލް ބައްދަލުވުން ޣައިރު ގާނޫނީ"
ޕީޕީއެމް ވަރުގަދަކުރަން ނައިބު ރައީސަކަށް ޣައްސާން
ޕީޕީއެމް ސަލާމަތްވާން އޮތީ އިސްލާހީ އެޖެންޑާއަކުން!
މައުމޫނާ ޕީޕީއެމް ހަވާލުކުރަން ހުށަހެޅި މައްސަލަ ބާތިލް