25 އޮކްޓޯބަރ 2016
މެރީޑިއަމް ކުންފުނި ފިޔަވައި އެހެން ބައެއްގެ އަތުން ތެޔޮ ނުގަންނަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މައްޗަށް ސިވިލް ކޯޓުން ނެރުނު އަމުރަށް މިވަގުތު ބަދަލު ގެނެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.
މެރީޑިއަމް ކުންފުނި ފިޔަވައި އެހެން ބައެއްގެ އަތުން ތެޔޮ ނުގަންނަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މައްޗަށް ސިވިލް ކޯޓުން ނެރުނު އަމުރަށް މިވަގުތު ބަދަލު ގެނެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.
ޕީޕީއެމް ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދުގެ މަސްލަހަތު އޮންނަ ކުންފުންޏެއް ކަމަށްވާ މެރީޑިއަމް ފިޔަވައި އެހެން ބައެއްގެ އަތުން ތެޔޮ ނުހޯދަން އެމްޕީއެލްގެ މައްޗަށް ކޯޓުން ވަގުތީ އަމުރެއް ނެރުނީ އެމްޕީއެލަށް ތެޔޮ ހޯދަން މެރީޑިއަމާ އެކު އެއްބަސްވުމެއް ހެދުމަށް ފަހު، އެއަށް އަމަލު ނުކޮށް އެހެން ބައެއްގެ އަތުން ތެޔޮ ހޯދަމުންދާތީ އެކަން ހުއްޓުވަން މެރީޑިއަމުން ހުށަހެޅި މައްސަލައެއްގަ އެވެ.
ކޯޓުން މިމަހުގެ 10 ވަނަ ދުވަހު ނެރުނު އަމުރުގައި އަންގާފައިވަނީ އެ މައްސަލަ ނިމެންދެން މެރީޑިއަމް ފިޔަވައި އެހެން ބައެއްގެ އަތުން ތެޔޮ ނުހޯދުމަށެވެ.
އެ އަމުރު ރިވިއުކޮށްދޭން އެމްޕީއެލް އިން ސިވިލް ކޯޓުގައި އެދުމުން އެ ކޯޓުން އިއްޔެ ނިންމާފައިވަނީ އެ އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް މިވަގުތު ފެންނަން ނެތް ކަމަށާއި އެހެންވެ އަމުރު އަދިވެސް ދެމިގެންވާ ކަމަށް ނިންމާ ކަމަށެވެ.
ކުރީގެ އަމުރަށް ބަދަލު ގެނެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމިއިރު އެމްޕީއެލް އިން ކުރިން ވަނީ އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކުރަން ހުށަހަޅައިފަ އެވެ. އެމްޕީއެލް އިން ބުނެފައިވަނީ މެރީޑިއަމް އަތުން ތެޔޮ ގަތުމުން އެ ކުންފުންޏަށް ގެއްލުންވާ ކަމަށާއި އެހެން ބައެއްގެ އަތުން ތެޔޮ ހޯދަނީ އެހެންވެގެން ކަމަށެވެ.
އެމްޕީއެލްގެ މައްޗަށް ކުރި އަމުރު އިސްތިއުނާފަށް
އެމްޕީއެލްއަށް ތެޔޮ ހޯދޭނީ މެރީޑިއަމުން އެކަނި
"މެރީޑިއަމްގެ އެއްބަސްވުން ބޯޑުން ފާހެއް ނުކުރޭ"
19 މިލިއަންގެ ބޮޑު ދައުވާ މެރީޑިއަމަށް ސާބިތެއް ނުވި
މެރީޑިއަމްގެ އެއްބަސްވުން އުވާލަން އެމްޕީއެލްއިން ކޯޓަށް
އެމްޕީއެލް އާއި މެރީޑިއަމްގެ މައްސަލަ އޭސީސީން ބަލަނީ
މެރީޑިއަމާ އެކު އޮތީ ބާތިލް އެއްބަސްވުމެއް: އެމްޕީއެލް
މެރީޑިއަމްގެ އެއްބަސްވުން ދަމަހައްޓަން ހުކުމްކޮށްފި
އެސްޓީއޯގެ މީހުން ޚިޔާނާތްވީ ކަމަށް ބެލެވޭ: މެރީޑިއަމް
މެރީޑިއަމްގެ މައްސަލާގައި އެސްޓީއޯގެ ބަޔަކު ހާޒިރުކޮށްފި