30 ޖޫން 2016
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ރިޔާޒް ރަޝީދުގެ މެރީޑިއަމް ކުންފުނީގެ ފަރާތުން ފަހުން ފައިސާ ދޭ ގޮތަށް އެސްޓީއޯއިން ނަގާފައިވާ ތެލަށް ފައިސާ ނުލިބޭ ކަމަށް ބުނެ 19.3 މިލިއަން ރުފިޔާ މެރީޑިއަމް ކުންފުނިން ހޯދަން އެސްޓީއޯއިން ކުރި ދައުވާ ސާބިތުނުވާ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ރިޔާޒް ރަޝީދުގެ މެރީޑިއަމް ކުންފުނީގެ ފަރާތުން ފަހުން ފައިސާ ދޭ ގޮތަށް އެސްޓީއޯއިން ނަގާފައިވާ ތެލަށް ފައިސާ ނުލިބޭ ކަމަށް ބުނެ 19.3 މިލިއަން ރުފިޔާ މެރީޑިއަމް ކުންފުނިން ހޯދަން އެސްޓީއޯއިން ކުރި ދައުވާ ސާބިތުނުވާ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މާޗް، 2010 އިން ފެށިގެން އެ އަހަރުގެ ނިޔަލަށް އެކިފަހަރު މަތިން މެރީޑިއަމަށް ދޫކުރި ތެލަށް ލިބެންޖެހޭ ފައިސާ އާއި އެ ފައިސާ ނުދެއްކުމުން ޖޫރިމަނާ އަށް 19.3 މިލިއަން ރުފިޔާ އަރާފައިވާ ކަމަށް ބުނެ އެސްޓީއޯއިން ދައުވާ ކުރިޔަސް ސިވިލް ކޯޓުން މިއަދު ނިންމީ، ދައުވާގައި ބުނާ ތެލަކީ މެރީޑިއަމަށް ދޫކުރި އެއްޗެއް ކަން ސާބިތުނުވާ ކަމަށެވެ. އެހެންވެ ދައުވާގައި އެދުނު 19.3 މިލިއަން ރުފިޔާ ދޭން މެރީޑިއަމަށް އަންގާނެ ތަނެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
މެރީޑިއަމަށް ތެޔޮ ދޫކުރި ޕާޗޭސް އޯޑަރުތަކުގެ ކޮޕީތަކެއް އެސްޓީއޯ އިން ހުށަހަޅާފައި ވިޔަސް އެ ލިޔުންތަކުގެ ސައްހަކަމާ މެދު މެރީޑިއަމުން ސުވާލު އުފައްދާފައިވާ ކަމަށާއި އެހެންވެ އެ ލިޔުންތަކުގެ އަސްލު ގެންނަން ކޯޓުން އެންގުމުން، އެ ލިޔުންތައް އެސްޓީއޯ ތެރެއިން ގެއްލިފައިވާ ކަމަށް އެސްޓީއޯއިން ބުނެފައިވާ ކަމަށް ކޯޓުގެ ހުކުމުގައިވެ އެވެ.
އެކަމަކު ލިޔުމެއްގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ހިނދު އެ ލިޔުމެއްގެ އަސްލު ހުށަހަޅަންޖެހޭނެ ކަމަށާއި އެ ލިޔުން ގެއްލިފައިވާ ކަމަށް އެސްޓީއޯއިން ބުންޏަސް އެ ކުންފުނިން ވައްކަމެއް ކޮށްފައިވާ ކަމުގެ ހެއްކެއް ނެތް ކަމަށް ނިންމައި، އެ މައްސަލައިގެ ތަހުގީގު ފުލުހުން ބަންދުކޮށްފައިވާ ކަމަށް ވެސް ހުކުމުގައިވެ އެވެ. އެހެންވެ އެސްޓީއޯއިން ބުނާ ލިޔުންތަކަކީ ހަގީގަތުގައި ވެސް ވުޖޫދުގައި އޮތް އެއްޗެއް ކަމަށް ބެލެވެން ނެތް ކަމަށް ހުކުމުގައިވެ އެވެ.
އެ ލިޔުންތަކަކީ ކުރިން ވުޖޫދުގައި އޮތް އެއްޗެއް ކަން ސާބިތު ކުރަން، އެ ތަކެތި ގެއްލުމުގެ ކުރިން އޭގެ ފޮޓޯ ކޮޕީ ނެގި އެސްޓީއޯގެ މުވައްޒަފެއްގެ ހެކިބަސް ނަގާފައި ވިޔަސް އޭނާގެ ހެކިބަހުން ވެސް އެ ލިޔުންތައް ވުޖޫދުގައި އޮތް ކަމަށް ބެލެވެން ނެތް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ. ސަބަބަކީ އެ ލިޔުންތަކުގެ ފޮޓޯ ކޮޕީ ނެގި ކަމަށް އެ މުވައްޒަފު ބުނާ ދުވަސްވަރަކީ އެ ލިޔުންތައް ގެއްލިގެން އެ މައްސަލަ ފުލުހަށް ހުށަހެޅި ތާރީޚަށް ވުރެ ފަހުގެ ތާރީޚެއް ކަމަށްވާތީ ކަމަށް އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން ދައުވާގައި ބުނާ މުއްދަތުގައި މެރީޑިއަމަށް ތެޔޮ ދޫކުރިކަމަށް ބުނެ އެސްޓީއޯގެ މުވައްޒަފުން ހެކިބަސް ދީފައި ވިޔަސް މެރީޑިއަމަށް އެ މުއްދަތުގައި ތެޔޮ ދޫކުރިކަން ޔަގީންކަމާ އެކު އެ މުވައްޒަފުން ބުނެފައިނުވާ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެ މީހުންނަކީ އެސްޓީއޯގެ މުވައްޒަފުން ކަމަށްވާތީ އެއީ އެ މީހުންގެ ވަޒީފާއާ ގުޅުންހުރި ކަމަކަށްވާތީ އެ މީހުންގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
މީގެކުރިން ވެސް އެ މައްސަލަ ކޯޓަށް ހުށަހެޅި އެވެ. އޭރު އެ މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދަނިކޮށް އެސްޓީއޯއިން ވަނީ އެ ދައުވާ އަނބުރާ ގެންގޮސްފަ އެވެ. އެކަމަކު އޭރު އެ ދައުވާ އަނބުރާ ގެންދިޔައީ އޮޅަމަކުން ކަމަށް ބުނެ އެ މައްސަަލަ އަލުން ހުށަހެޅީ އެވެ.
ކުރިން އެ މައްސަލަ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދަނިކޮށް އެ މައްސަލައިގެ މުހިންމު ލިޔުންތަކެއް އެސްޓީއޯއިން ގެއްލުނެވެ. އެ މައްސަލަ ކުރިން ފުލުހުން ވެސް ބަލާފައިވެ އެވެ.
އެ މައްސަލަ ދިމާވުމާ ގުޅިގެން، މެރީޑިއަމަށް ކްރެޑިޓަށް ތެޔޮ ދޫކުރުމުގައި އޮންނަ ލިމިޓް ކުޑަކޮށް، ފައިސާ ދައްކަން ދިން މުއްދަތު ވެސް އެސްޓީއޯއިން ކުރިން ކުޑަކުރި އެވެ. އެ މައްސަލަ މެރީޑިއަމުން ކޯޓަށް ހުށަހެޅުމުން ދަށު ކޯޓާއި ހައި ކޯޓުން ވެސް އެސްޓީއޯއިން ހުކުމްކޮށްފައި ވަނިކޮށް ސުުޕްރީމް ކޯޓުން މިއަހަރުގެ ތެރޭގައި ނިންމީ ކްރެޑިޓް ލިމިޓް ކުޑަކޮށް، ފައިސާ ދެއްކުމުގެ މުއްދަތު ކުޑަކުރީ ރަނގަޅަށް ނޫން ކަމަށެވެ.
އެމްޕީއެލްއަށް ތެޔޮ ހޯދޭނީ މެރީޑިއަމުން އެކަނި
"މެރީޑިއަމްގެ އެއްބަސްވުން ބޯޑުން ފާހެއް ނުކުރޭ"
އެމްޕީއެލްގެ މައްޗަށް ނެރުނު އަމުރަށް ބަދަލެއް ނުގެނައި
އެމްޕީއެލްގެ މައްޗަށް ކުރި އަމުރު އިސްތިއުނާފަށް
މެރީޑިއަމްގެ މައްސަލާގައި އެސްޓީއޯގެ ބަޔަކު ހާޒިރުކޮށްފި
މެރީޑިއަމްގެ އެއްބަސްވުން އުވާލަން އެމްޕީއެލްއިން ކޯޓަށް
މެރީޑިއަމްގެ އެއްބަސްވުން ދަމަހައްޓަން ހުކުމްކޮށްފި
އެސްޓީއޯގެ މީހުން ޚިޔާނާތްވީ ކަމަށް ބެލެވޭ: މެރީޑިއަމް
އެސްޓީއޯގެ 19 މިލިއަން ރުފިޔާ މައްސަލަ އިސްތިއުނާފަށް
މެރީޑިއަމުން ފައިސާ ހޯދަން ރިޔާޒަށް ދައުވާ ނުކުރެވޭނެ