16 އޯގަސްޓް 2020
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަލަށް ކުރި ދެ ދައުވާގެ ޝަރީއަތް، އެ މަނިކުފާނަށް ވަކީލުންނާ ބައްދަލު ނުކުރެއްވޭތީ މިއަދު ފަސްކޮށްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަލަށް ކުރި ދެ ދައުވާގެ ޝަރީއަތް، އެ މަނިކުފާނަށް ވަކީލުންނާ ބައްދަލު ނުކުރެއްވޭތީ މިއަދު ފަސްކޮށްފި އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެއް އުފުލުމުން އެ މައްސަލަތަކުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ވަނީ ފަށައިފަ އެވެ.
ދައުވާ އިއްވަން ފުރުސަތު ދިނުމުން ދައުލަތުން އެދުނީ މައްސަލައާ ގުޅޭ ލިޔުންތައް ޔާމީނަށް ލިބިވަޑައިގެންފައިވާ ކަން ކޯޓުން ކަށަވަރުކޮށް ދިނުމަށެވެ. ފަހުން އިތުރު ލިޔުންތަކެއް ވެސް ޔާމީނާ ހަވާލު ކުރަން ފޮނުވާފައިވާނެ ކަމަށް ދައުލަތުން ބުންޏެވެ.
ޔާމީން ވިދާޅުވީ، އެ މަނިކުފާނަށް އެއްވެސް ލިޔުމެއް ލިބިވަޑައިގެންފައިނުވާ ކަމަށާއި ހުރިހާ ލިޔުންތަކެއް ހުރީ ވަކީލުންގެ އަތުގައި ކަމަށެވެ. އެކަމަކު، ވަކީލުންނާ އެއްވެސް ގޮތަކަށް ޖަލުގައި މިހާރު ބައްދަލު ނުކުރެއްވޭ ކަމަށާއި އެކަމާ މެދު މަޝްވަރާ ނުކުރައްވައި، މައްސަލައާ ގުޅިގެން ވާހަކަފުޅު ދައްކަވަން ދަތި ކަމަށް ވިދާޅުވި އެވެ.
"އެއްވެސް ލިޔެކިޔުމެއް އަޅުގަނޑު އަތަށް ލިބިފައި ނުވާ ވާހަކަ މި ދަންނަވަނީ" މާފުށީ ޖަލުގައި ހުންނަވައިގެން ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތުގައި ބައިވެރިވެވަޑައިގަތް ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، އިތުރު ލިޔުންތަކެއް ހުށަހަޅާފައިވާ ކަމަށް ދައުލަތުން ބުނާތީ އެ ލިޔުންތައް ލިބިގެން ނޫނީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ވަކީލުންނަށް ޔާމީނާ ޖަލުގައި ބައްދަލު ނުކުރެވެނީސް، އަޑުއެހުން ކުރިއަށް ގެންދަން ދެކޮޅު ހައްދަވާ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
ގައިދީން ބަލަހައްޓާ ކަރެކްޝަނަލް ސާވިސް އިން ދީފައިވާ މައުލޫމާތުތަކަށް ބިނާކޮށް، ދައުލަތުން ބުނިގޮތުގައި، މި ދެ ދައުވާ ކޯޓަށް ފޮނުވި ފަހުން ޔާމީންގެ ވަކީލުން އެ މަނިކުފާނާ ބައްދަލުކުރަން ފޯމު ހުށަހެޅީ އެންމެ ފަހަރަކު އެވެ. މާފުށްޓަށް ވަކީލުން ވަޑައިގަތުމުން އެ ބައްދަލުވުން ހަމަޖެހޭނެ ކަމަށް ކަރެކްޝަންސް އިން ވަކީލުންނަށް އަންގާފައިވާ ކަމަށް ދައުލަތުން ބުންޏެވެ.
އެކަމާ ގުޅިގެން ޖަމީލް އިތުރަށް ވާހަކަފުޅު ދައްކަވަން އުޅުއްވުމުން އެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވަނީ އެ ވާހަކަފުޅުތައް ހުއްޓުވައިފަ އެވެ. ޔާމީނަށް ވަކީލުންނާ ބައްދަލު ނުކުރެއްވޭ ކަމަށް ދައުލަތާއި ދިފާއީ ވަކީލުން ވެސް ބުނެފައިވާތީ އެ ފުރުސަތު ދޭން އަމުރެއް ނެރުއްވާނެ ކަމަށް ގާޒީ ޝަކީލް ވިދާޅުވި އެވެ.
"ވަކީލުންނަށް މުވައްކިލާ ސީދާ ބައްދަލު ކުރެވޭނެ އިންތިޒާމު ހަމަޖައްސަން ކަރެކްޝަނަލް ސާވިސްގެ މައްޗަށް އަމުރެއް ނެރޭނަން،" ގާޒީ ވިދާޅުވި އެވެ.
ގާޒީ ޝަކީލް ވިދާޅުވި ގޮތުގައި އެ ފުރުސަތު ދެއްވުމަށް ފަހު 10 ދުވަސް ނުވަތަ 15 ދުވަސް ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް ވެސް މިހާރު ހައި ކޯޓުގައި ދަނީ ކުރިއަށެވެ. އެ މައްސަލާގެ އަޑުއެހުންތައް ވެސް މަޑުޖެހުނީ ވަކީލުންނާ ޖަލުގައި ބައްދަލު ނުކުރެވޭ ކަމަށް ޔާމީން ވިދާޅުވުމުން އެ ފުރުސަތު ދިނުމަށްޓަކަ އެވެ.
އިސްތިއުނާފުން ޔާމީނަކީ މައުސޫމު މީހެއްކަން ސާބިތުވާނެ
އިންތިހާބަށް ވަގުތު އޮއްވާ ޔާމީން މިނިވަންވާނެ:ވަކީލުން
މާޗު މަހު ޔާމީން މިނިވަންވާނެ ކަމަށް ބެލެވޭ: ޖަމީލް
"ފައިސާ ލިބުނީ ޑޮލަރު ގަތުމުން،އެއީ ރިޝްވަތެއް ނޫން"
އެންމެ ފަހުން ވަކީލުންނަށް ޔާމީންއާ ބައްދަލުވެއްޖެ
"ޚިޔާނާތުގެ މައްސަލާގައި ޕީޖީ އިންސާފުވެރިއެއް ނޫން"
ފައިސާ ނަގަން އެދުމަކީ އިސްތިއުނާފަށް ހުރަސްއެޅުން
ޔާމީން ފުލުހަށް ހާޒިރުކުރީ ވަކި ބަޔަކު ރުއްސަން:ޖަމީލް
ޔާމީނަށް ކުރާ ދައުވާތަކުގެ ޝަރީއަތް މަޑުޖައްސާލައިފި
ޔާމީނަށް ކުރާ ދައުވާގެ މާދަމާގެ އަޑުއެހުން ކެންސަލް