11 އޯގަސްޓް 2020
އައްޑޫން އިތުރު މީހަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވެއްޖެ އެވެ.
އައްޑޫން އިތުރު މީހަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ ކޮވިޑަށް ޕޮޒިޓިވްވީ މާލެ އިން ހިތަދު އަށް ގޮސް 14 ދުވަހުގެ ހޯމް ކަރަންޓީނަށް ފަހު ޓެސްޓު ކުރި އުމުރުން 21 އަހަރުގެ އަންހެނަކު ކަމަށެވެ.
އައްޑޫން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ ހަތަރަކަށް އަރައިފަ އެވެ. އައްޑޫން އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެއީ މާލެ އިން ރެންޑަމް ސާމްޕްލިންގައި ޓެސްޓު ހެދުމަށް ފަހު ނަތީޖާ ނުލިބެނީސް އައްޑޫ ފޭދު އަށް ދިޔަ އުމުރުން 38 އަހަރުުގެ ދިވެހި ފިރިހެނެކެވެ.
އޭގެ ފަހުން 24 ގަޑިއިރު ތެރޭގައި އިތުރު ދެ މީހަކު ޕޮޒިޓިވްވި އިރު އެއީ ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލްގައި ހަދަމުންދާ އިމާރާތެއްގެ މަސައްކަތް ކުރާ ބިދޭސީ އަކާއި އުމުރުން 58 އަހަރުގެ ދިވެހި އަންހެނެކެވެ. އެ ދެ މީހުން ވެސް ކޮވިޑަށް ޕޮޒިޓިވްވީ ހޯމް ކަރަންޓީނަށް ފަހު ހެދި ޓެސްޓުންނެވެ. އެއީ ވެސް ހިތަދޫގައި ހޯމް ކަރަންޓީންގައި ތިބި ދެ މީހެކެވެ.
މި ކޭސްތަކުގެ ސަބަބުން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ދެ ދުވަހަށް އައްޑޫ ހިތަދޫގެ ސްކޫލްތައް ވަނީ ބަންދުކޮށްފަ އެވެ. އެ ދުވަހު ހިތަދޫ އަށް އަރައި ފޭބުން ވެސް މަނާކޮށް މޮނިޓަރިން އަށް ލި އެވެ. ހިތަދޫގެ މޮނިޓަރިން ހާލަތު އުވާލާފައި ވަނީ އިއްޔެ އެވެ.
އައްޑޫން ކޮވިޑް ކޮންޓްރޯލެއް ނުވި، އަދަދު 800 އަށް
ކޮވިޑް-19: އައްޑޫގައި އެންމެ ހާލަތު ގޯހީ ހިތަދޫ
އަނެއްކާ ވެސް ކޮވިޑް ފެނި މުޅި އައްޑޫ ބަންދުކޮށްފި
ހިތަދޫގެ މޮނިޓަރިންގެ ހާލަތު އުވާލައިފި
ކޮވިޑް-19: ހިތަދޫގެ ސްކޫލްތައް ބަންދުކޮށްފި
ހިތަދު އަށް އަރައިފޭބުން މަނާކޮށްފި
ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު މަރުވެއްޖެ
އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓްކުރަން ފަށައިފި
އައްޑޫގައި ޑެންގީ އިތުރުވަނީ، އެންމެ ގިނައީ ހިތަދޫގައި
އައްޑޫން އިއްޔެ އެކަނިވެސް 123މީހަކަށް ކޮވިޑް ޖެހުނު