އާންމުން އެއްވެ އުޅޭ ތަންތަނާއި ސްކޫލްތައް ރައްކާތެރިކޮށް، އެ ތަންތަން އަލުން ހުޅުވުމަށްޓަކައި އެމެރިކާ އާއި ޔުނިސެފް ގުޅިގެން ދިވެހި ސަރުކާރަށް ބޮޑު އެހީއެއް މިއަދު ދީފި އެވެ.
05 އޯގަސްޓް 2020
އާންމުން އެއްވެ އުޅޭ ތަންތަނާއި ސްކޫލްތައް ރައްކާތެރިކޮށް، އެ ތަންތަން އަލުން ހުޅުވުމަށްޓަކައި އެމެރިކާ އާއި ޔުނިސެފް ގުޅިގެން ދިވެހި ސަރުކާރަށް ބޮޑު އެހީއެއް މިއަދު ދީފި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މާލެ ސަރަހައްދުގެ ސްކޫލުތައް އިއްޔެ އިން ފެށިގެން ދެ ހަފުތާ އަށް ވަނީ ބަންދުކޮށްފަ އެވެ. އާންމުން އެއްވެ އުޅޭ ތަންތަން މިވަގުތު ހުޅުވާފައި ވިޔަސް ކޮވިޑުން ރައްކާތެރިކަމުގެ ވަސީލަތްތައް ބައެއް ތަންތަނުގައި ގާއިމްކޮށްފައެއް ނުވެ އެވެ. ސްކޫލްތަކާއި އާންމުން އެއްވެ އުޅޭ ތަންތަނަށް ދާ މީހުން ކޮވިޑުން ރައްކާތެރި ކުރެވޭނެ ގޮތަކަށް ވަސީލަތްތައް ގާއިމް ކުރުމަށް އެމެރިކާ އާއި ޔުނިސެފް ގުޅިގެން ދިނީ 750،000 ޑޮލަރު (11.5 މިލިއަން ރުފިޔާ) ގެ އެހީއެކެވެ.
އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު އެލައިނާ ޓެޕްލީޒް ވިދާޅުވީ ކޮވިޑާ ގުޅިގެން ނޭދެވޭ އަސަރުކޮށްފައިވާ ގިނަ ގައުމުތަކަކަށް އެ ގައުމުން އަންނަނީ އެކި ގޮތްގޮތުން އެހީވަމުން ކަމަށެވެ.
"ދުނިޔެ އަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްގައި އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަކީ ދިވެހިންގެ ސިއްހަތާއި ރައްކާތެރިކަމަށް އެމެރިކާ އިން އަބަދު ވެސް އެހީވާނެ ކަމުގެ ހެއްކެއް،" އެލައިނާ ވިދާޅުވި އެވެ.
ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއެއިޑް) އިން ދިން ގްރާންޓު ބޭނުން ކުރަން ކަނޑައަޅާފައި ވަނީ އިޖުތިމާއީ ގުޅުމާއި ސްކޫލްތައް އަލުން ހުޅުވާ އިރު ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުންނަށް ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ. އޭގެ ތެރޭގައި ސާފު ފެނާއި ސާފުތާހިރުވާން ބޭނުންވާ ސާމާނު ފޯރުކޮށްދިނުން ހިމެނެ އެވެ. މި ކަންތައްތައް ކުރިއަށް ގެންދާނީ ޔުނިސެފާއި ދިވެހި ސަރުކާރުން ގުޅިގެންނެވެ.
މި ދަނޑިވަޅުގައި އެމެރިކާ އިން ރާއްޖެ އަށް ދިން އެހީ އަށް ރާއްޖޭގައި ހުންނަ ޔުނިސެފްގެ މަންދޫބު ޑރ، މުނީރު އޭ. ސަފީލްދިން ޝުކުރު އަދާކުރެއްވި އެވެ. މިއީ ލޮކްޑައުން ލުއިކޮށް، ސްކޫލްތަކާއި އެހެނިހެން ތަންތަން އަލުން ހުޅުވަން މަސައްކަތްކުރަމުން އަންނަ ދުވަސްވަރު ކަމަށް ވާތީ، މި އެހީ މި ލިބުނީ އެންމެ ރަނގަޅު ވަގުތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މާލެ ސަރަހައްދުގެ ސްކޫލްތައް މިދިޔަ މާޗު މަހު ބަންދު ކުރި އެވެ. ލުއިތަކަކާ އެކު ގްރޭޑް ނުވައަކުން މަތީގެ ދަރިވަރުންނަށް މިދިޔަ މަހު ހުޅުވުމަށް ފަހު، ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް އިތުރުވާން ފެށުމުން މާލެ ސަރަހައްދުގެ ސްކޫލްތައް އަނެއްކާ ވެސް ވަނީ ބަންދުކޮށްފަ އެވެ. ކޮވިޑް ނެތް ރަށްރަށުގައި ގައިދުރުކުރުމުގެ ފިޔަވަޅުތަކާއި އެކު ސްކޫލުތަކުގެ ކިޔެވުން ކުރިއަށް ގެންދެ އެވެ.
ކުރިމަގުގެ ޖީލު އޮތީ ނުރައްކަލެއްގައި: ޑަބްލިއުއެޗްއޯ
ޔޫއެސްއެއިޑް ބަންދުކުރުން ކޯޓުން ހުއްޓުވައިފި
ޔޫއެސްއެއިޑްގެ ޕްރޮގްރާމްތަކުން 83 ޕަސެންޓް ހުއްޓާލަނީ
ޓްރަމްޕުގެ ބޮޑު ނިންމުމެއް ސުޕްރީމް ކޯޓުން ހުއްޓުވައިފި
ޔޫއެސްއެއިޑްގެ މުވައްޒަފުންގެ އަދަދު 300 އަށް ހަދަނީ
ޔޫއެސްއެއިޑް ހުއްޓާލުމުން ރާއްޖެއަށް ބޮޑު ގެއްލުމެއް!
ޔޫއެސްއެއިޑްގެ އޮފީސް ބަންދުކޮށް މުވައްޒަފުން ގެޔަށް!
ޔޫއެސްއެއިޑް ބަންދުކުރަން ޓްރަމްޕް އެއްބަސް: މަސްކް
ޔޫއެސްއެއިޑް އަކީ ކުށްވެރިންނާއި މޮޔައިން ކަމަށް ބުނެފި
ވޭޕްކުރުމާ ދެކޮޅަށް ވަކާލާތުކޮށްދިނުމަށް ނާޒިމް އެދިވަޑައިގެންފި