04 އޯގަސްޓް 2020
ޖައްވީ ސްޓޭޝަން (އައިއެސްއެސް) ގައި ޝޫޓްކުރަން ހަމަޖެހިފައިވާ ޓޮމް ކްރޫޒްގެ ފިލްމުގެ އަންދާޒާ ބަޖެޓަކަށް ޔުނިވާސަލް ޕިކްޗާޒްއާ އެކު 200 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދައިފި އެވެ.
ޖައްވީ ސްޓޭޝަން (އައިއެސްއެސް) ގައި ޝޫޓްކުރަން ހަމަޖެހިފައިވާ ޓޮމް ކްރޫޒްގެ ފިލްމުގެ އަންދާޒާ ބަޖެޓަކަށް ޔުނިވާސަލް ޕިކްޗާޒްއާ އެކު 200 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދައިފި އެވެ.
މިކަމަށް އެއްބަސްވެފައި ވަނީ ފިލްމުގެ ޓީމުން ވާޗުއަލްކޮށް، ފިލްމުގައި ހިއްސާވާ އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ސްޕޭސް އެކްސްގެ ވެރިޔާ މަހުޖަނު އީލޮން މަސްކާއި ޔުނިވާސަލް ޕިކްޗާޒް ބޭއްވި ބައްދަލުވުމެއްގައި ކަމަށް މީޑިއާތަކުން ބުންޏެވެ.
ޑެޑްލައިނުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ވަގުތަށް 200 މިލިއަން ޑޮލަރުގެ ބަޖެޓަކަށް ޔުނިވާސަލް އިން އެއްބަސްވީ، ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް އަދި ކުރިއަށް ގެންދާތީ އެވެ. އެހެންވެ އެ އެއްކޮށް ފައްކާވެގެން އަންނަ އިރު، ފިލްމުގެ ވާހަކަ ބައްޓަންކުރެވިފައިވާ ގޮތުން ބަޖެޓް އިތުރުކުރަން ވެސް ޖެހިދާނެ އެވެ. ނަމެއް އަދި ހަމަނުޖައްސާ ފިލްމުގެ ޑައިރެކްޓަރަކީ 2014 ގެ "އެޖް އޮފް ޓުމޯރޯ" އާއި 2017 ގެ "އެމެރިކަން މޭޑް" އަދި 2005 ގެ "މިސްޓަ އެންޑް މިސިޒް ސުމިތު" ފަދަ ފިލްމުތައް ގެނެސްދިން ޑަގް ލިމަން އެވެ.
އޭނާ އާއި ކްރޫޒްގެ އާ ފިލްމު ވެގެންދާނީ މިހާތަނަށް އައިއެސްއެސްގައި މަންޒަރުތައް ނަގަން ލިބުނު ފުރަތަމަ ފިލްމަށެވެ. މި ޕްރޮޖެކްޓް އިއުލާންކޮށްފައި ވަނީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.
ޑެޑްލައިނުން ބުނިގޮތުގައި މި ފިލްމުގެ ސްކްރީންޕްލޭ ފައްކާކުރުމުގައި ކްރޫޒްގެ "މިޝަން އިމްޕޮސިބަލް" ސީރީޒްގެ އެންމެ ފަހުގެ ދެ ފިލްމު ކަމަށްވާ 2018 ގެ "ފޯލްއައުޓް" އާއި 2015 ގެ "ރޯގް ނޭޝަން" ލިޔެ، ޑައިރެކްޓްކުރި ކްރިސްޓޯފާ މެކްއަރީ ހިއްސާވެ އެވެ. އޭނާ އަކީ "މިޝަން އިމްޕޮސިބަލް ސީރީޒް" ގެ ކުރިއަށް ދެ ފިލްމުގެ ވެސް ޑައިރެކްޓަރެވެ.
ކްރިސްޓޯފާއާ އެކު ޖައްވީ ސްޓޭޝަނުގެ ފިލްމުގެ ސްޓޯރީ ބޯޑްގައި ލިމަން އާއި ކްރޫޒްގެ އިތުރުން ޕީޖޭ ވެން ސެންޑްވިކް ވެސް ހިއްސާވެ އެވެ.
ޖައްވީ ސްޓޭޝަންގައި ފިލްމު ޝޫޓްކޮށް އެނބުރި ދުނިޔެއަށް
ސްޕޭސްއެކްސްގެ އުޅަނދެއްގައި އޮސްޓްރޮނޯޓުން ޖައްވަށް
އައިއެސްއެސްގައި ޝޫޓްކުރާ ފިލްމުގެ ޑައިރެކްޓަރަކަށް ޑަގް
އައިއެސްއެސްގައި ފިލްމެއް ކުޅުމުގެ ޝަރަފު ކްރޫޒަށް
ކްރޫޒަށް ލިބެން އޮތް ޝަރަފެއް ރަޝިއާ އިން އަތުލައިފި
އެންމެ ބޮޑު މަހުޖަނު ނާސާ އަށް ދައުވާކޮށްފި
ހަނދަށް ދާ އުޅަނދަށް ބްލޫ އޮރިޖިނުން އާ ހުށަހެޅުމެއް
މަހުޖަނު ހަނދަށް ދިއުމުގެ ކުރިން އައިއެސްއެސް އަށް
ހަނދަށް ދާ އުޅަނދުގެ އެއްބަސްވުން ބާތިލުކޮށްފި
ޕްރައިވެޓް ކްރޫއެއް މުޅިން އަލަށް ޖައްވީ ސްޓޭޝަނަށް