29 މެއި 2020
އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ސްޕޭސް އެކްސްގެ ވެރިޔާ އީލަން މާސްކްގެ އެހީތެރިކަމާ އެކު އެކްޓަރު ޓޮމް ކްރޫޒް، އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި ކުޅޭ ފިލްމުގެ ޑައިރެކްޓްކުރާނީ ޑަގް ލިމަން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ސްޕޭސް އެކްސްގެ ވެރިޔާ އީލަން މާސްކްގެ އެހީތެރިކަމާ އެކު އެކްޓަރު ޓޮމް ކްރޫޒް، އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި ކުޅޭ ފިލްމުގެ ޑައިރެކްޓްކުރާނީ ޑަގް ލިމަން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ވަގުތު އަދި އެއްވެސް ސްޓޫޑިއޯއެއް މި ޕްރޮޖެކްޓަށް ގެނެސްފައި ނުވިޔަސް ތައްޔާރީތައް އަންނަނީ ވަމުންނެވެ. އައިއެސްއެސްގައި ފިލްމެއް ޝޫޓްކުރުމުގެ ފުރުސަތު ލިބުނު ފުރަތަމަ އެކްޓަރުގެ މަގާމު ކްރޫޒަށް ލިބުނުކަން އިއުލާންކޮށްފައި ވަނީ މި މަހުގެ ކުރީކޮޅު އެވެ. ނަމަވެސް އަދި މިހާތަނަށް މި ޕްރޮޖެކްޓާ ބެހޭ އިތުރު ތަފުސީލުތަކެއް ހާމައެއްނުކުރެ އެވެ.
ފިލްމުގެ ޑައިރެކްޓަރަކަށް ޑަގް ގެންނަން ނިންމާފައިވާ އިރު، އޭނާ ވަނީ ކުރިން ވެސް ކްރޫޒާ އެކު މަސައްކަތްކޮށްފަ އެވެ. އެއީ 2014 ގެ "އެޖް އޮފް ޓުމޯރޯ" އާއި 2017 ގެ "އެމެރިކަން މޭޑް" ގަ އެވެ.
ޑަގް ޑައިރެކްޓްކޮށްފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި 2002 ގެ "ދަ ބޯން އައިޑެންޓިޓީ" އަދި 2005 ގެ "މިސްޓަ އެންޑް މިސިޒް ސުމިތު" ހިމެނެ އެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ކެއޯސް ވޯކިން" އާއި "ލިވް، ޑައި، ރިޕީޓް އެންޑް ރިޕީޓް" ހިމެނެ އެވެ.
ހޮލީވުޑް ރިޕޯޓާ އިން ބުނިގޮތުގައި އައިއެސްއެސްގައި ޝޫޓްކުރާ ފިލްމު ޕްރޮޑިއުސްކުރުމުގައި ވެސް ޑަގް އާއި ކްރޫޒް ހިއްސާވާނެ އެވެ.
ޖައްވީ ސްޓޭޝަންގައި ފިލްމު ޝޫޓްކޮށް އެނބުރި ދުނިޔެއަށް
އައިއެސްއެސްގައި ފިލްމެއް ކުޅުމުގެ ޝަރަފު ކްރޫޒަށް
ކްރޫޒަށް ލިބެން އޮތް ޝަރަފެއް ރަޝިއާ އިން އަތުލައިފި
ކްރޫޒްގެ ޖައްވީ ފިލްމަށް 200 މިލިއަން ޑޮލަރު
ވޯނާ ބްރަދާސްއާ އެކު ޓޮމް ކްރޫޒް އާ ޑީލެއް ހަދައިފި
ލިއޮނާޑޯގެ "އިންސެޕްޝަން" ގެ ރޯލެއް އަނިލް އަށް ލިބުނު
"ޓޮޕް ގަން: މެވެރިކް" އަންނަ އަހަރަށް ފަސްކޮށްފި
ޓޮމް ކްރޫޒްގެ "މިޝަން އިމްޕޮސިބަލް" ގެ ޓީމް ޔޫއޭއީގައި
ކްރޫޒްގެ "ޓޮޕް ގަން: މެވެރިކް" 2021 އަށް ފަސްކޮށްފި
"ޖެކް ރީޗާ" އަކީ ކުޅެން ބޭނުންވި ފިލްމެއް: ރޮކް