01 އޯގަސްޓް 2020
މުޅި ދުނިޔެ އަށް މިހާރު މުސީބާތަކަށް ވެފައިވާ ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް ނައްތާލާނެ ކަމަށް ބުނާ ޑިވައިސްއެއް އިންޑިއާ އިން އުފައްދައިފި އެވެ.
މުޅި ދުނިޔެ އަށް މިހާރު މުސީބާތަކަށް ވެފައިވާ ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް ނައްތާލާނެ ކަމަށް ބުނާ ޑިވައިސްއެއް އިންޑިއާ އިން އުފައްދައިފި އެވެ.
ޝައިކޯކޭން (ސްކެލީން ހައިޕަޗާޖް ކޮރޯނާ ކެނަން) ގެ ނަން ދީފައިވާ މި ޑިވައިސް އަށް އެމެރިކާ އާއި އީޔޫގެ ކަމާބެހޭ ފަރާތްތަކުން ވެސް ޓެސްޓްކުރުމަށް ފަހު ހުއްދަ ދީފައިވާ އިރު އެ ގައުމުތަކުގައި ވިޔަފާރީގެ އުސޫލުން އުފެއްދުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.
ވައިގެ ތެރޭގައި ހުންނަ ކޮރޯނާ ވައިރަސް ނައްތައިލާ ޝައިކޯކޭން އަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އާއި އީޔޫން އެޕްރޫވަލް ދިނީ 26 ޓެސްޓަކަށް ފަހު އެވެ.
މި ޑިވައިސް އުފެއްދުމުގެ މޭސްތިރިޔާ އަދި އެންޓި-ކެންސަ ސައިޓޮޓްރޯން ކިޓް އުފައްދައިގެން ސަމާލުކަން ވެސް ހޯދި ޑރ. ރާޖާ ވިޖޭ ކުމާރު ވިދާޅުވި ގޮތުގައި ކުޑަވަރެއްގެ ޑްރަމެއްގެ ބައްޓަމަށް އުފައްދާފައިވާ ތިމާވެއްޓާ ރައްޓެހި ޝައިކޯކޭން އަކީ ވައިގެ ތެރޭގައި ހުންނަ ކޮރޯނާވައިރަސް ރައްކާތެރިކަމާ އެކު 99.9 ޕަސެންޓަށް ނައްތައިލުމުގެ ގާބިލުކަން ލިބިފައިވާ އެއްޗެކެވެ. އަދި މިއީ އިންސާނުން އުޅޭ ކޮންމެ މާހައުލެއްގައި ވެސް ބޭނުންކުރެވިދާނެ އެއްޗެއް ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ގެ އާއި ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓްތަކާއި އޮފީސްތަކާއި ކްލާސްރޫމް ފަދަ ތަންތަން ހިމެނެ އެވެ.
ޝައިކޯކޭން އުފެއްދީ ކުމާރު ހިއްސާވާ ބެންގަލޫރުގެ ކުންފުންޏެއް ކަމަށްވާ އޯގަނައިޒޭޝަން ޑި ސްކެލީނުންނެވެ. އެ ކުންފުނިން ބުނީ މިއީ ކޮވިޑް-19 އަށް އިތުބާރު ހިފޭ ބޭހެއް ވެކްސިނެއް ލިބެންދެން ރައްކާތެރިކަން ހޯދިދާނެ އާލާތެއް ކަމަށެވެ.
ކުމާރު ވިދާޅުވި ގޮތުގައި ޝައިކޯކޭންގެ އެންމެ މުހިއްމު އެއްޗަކީ އޭގައި އެކުލެވޭ ހައިޕަޗާޑް އިލެކްޓްރޯންސް އެވެ.
"އެ މާއްދާ އަކީ ގުދުރަތީ ގޮތުން އަވިން ލިއްބައިދޭ މާއްދާއެއް. ޝައިކޯކޭން މަސައްކަތްކުރާ ގޮތަކީ އޭގައި ހުންނަ އެ މާއްދާގެ ޒަރީއާ އިން، ވައިގެ ތެރޭގައި ހުންނަ ވައިރަސްތައް ދަމައިގަނެ، ސްޕައިކް (އެސް) ޕްރޮޓީން އުފެއްދުން ހުއްޓުވައި ބަލި ފެތުރުން ކޮންޓްރޯލްކޮށް ދިނުން. މިސާލަކަށް ބަލި ޖެހިފައި ހުރި މީހެއްގެ ފަރާތުން ބަލި ނެތް މީހަކަށް ބަލި ޖެހުމުގެ ޗާންސް ވެސް ކުޑަކޮށްދޭނެ ޑިވައިސްއެއް މިއީ،" އޭނާ ވިދާޅުވި އެވެ. "މި މަސައްކަތްކުރާނީ ތިމާވެއްޓާ ވަރަށް ރައްޓެހިކޮށް. އެހެންވީމަ އެއްވެސް ކަހަލަ މައްސަލައެއް ޝައިކޯކޭންގެ ސަބަބުން ދިމައެއް ނުވާނެ."
ކުމާރު ވިދާޅުވި ގޮތުގައި ޝައިކޯކޭން އަކީ ކޮރޯނާވައިރަހާ ދެކޮޅަށް މަސައްކަތްކުރާ އެއްޗަކަށް ވިޔަސް މިއީ ފަރުވާއެއް ނޫނެވެ. އެހެންވެ އެ ބަލައިގަންނަންވާނީ މެޑިކަލް ޑިވައިސްއެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.
މީގެ އަގާ ބެހޭ ގޮތުން ކުމާރު ވިދާޅުވީ މިހެންނެވެ؛ ކޮވިޑް-19 ޖެހިގެން ހޯދާ ފަރުވާގެ އެއް ދުވަހަށް ދާ ހަރަދަކީ ޝައިކޯކޭންއަކަށް ހޭދަކުރަން ޖެހޭނެ ވަރެވެ. މާނަ އަކީ އެ ޑިވައިސް އަކީ އެހާ އަގުބޮޑު އެއްޗަކަށް ނުވުމެވެ. ޝައިކޯކޭން ބާޒާރަށް ނެރެން ނިންމާފައި ވަނީ މި މަހުގެ 15 ގަ އެވެ.
"އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް ނެރުން އަމާޒަކީ." ކުމާރު ވިދާޅުވި އެވެ.
އިންޑިއާ ސިފައިންގެ މީހަކު މާސްކް ނޭޅުމުން އަނިޔާކޮށްފި
ކޮވިޑް ވެކްސިން ނުޖަހާ ނަމަ މުސާރަ ނުދޭ ނިންމުމެއް
ފްލައިޓް ތެރޭގައި ކައިވެނިކުރުމުން ބޮޑު މައްސަލައަކަށް
ޔޫއޭއީގެ އެހީ އިންޑިއާ އަށް ތަފާތު ގޮތަކަށް
އިންޑިއާގައި ކޮވިޑް ޓެސްޓެއް ހަދަން ތިން ހަތަރު ދުވަސް
އައިނަކީ ކޮވިޑަށް މަގު ފަހިވާ އާދަތަކަށް އެޅޭ ހުރަހެއް
ކޮވިޑް-19 ގެ "ފަރުވާއަކަށް" އިންހޭލާއެއް
ރޭޒާ އިން ސްމާޓް މާސްކެއް ދައްކާލައިފި
އިންޑިއާގެ ސިނަމާތައް ހުޅުވަން ގޮވާލައިފި
ވައި ސާފުކޮށްދޭ މާސްކެއް އެލްޖީން އުފައްދައިފި