26 ޖުލައި 2020
ފަތްޖެހޭ ފޯނު އުފެއްދުމުގެ ރޭހުގެ ވާދަވެރިކަން މިހާރު އަންނަނީ ބޮޑަވަމުންނެވެ. މަޝްހޫރު ކުންފުނި މައިކްރޮސޮފްޓުން ވެސް މީގެ ތެރެއަށް ވަދެ، އެ މީހުންގެ އުފެއްދުމަކަށް ނެރޭނީ މައިކްރޮފްސޮޓް "ސާފަސް ޑުއޯ އެވެ.
ފަތްޖެހޭ ފޯނު އުފެއްދުމުގެ ރޭހުގެ ވާދަވެރިކަން މިހާރު އަންނަނީ ބޮޑަވަމުންނެވެ. މަޝްހޫރު ކުންފުނި މައިކްރޮސޮފްޓުން ވެސް މީގެ ތެރެއަށް ވަދެ، އެ މީހުންގެ އުފެއްދުމަކަށް ނެރޭނީ މައިކްރޮފްސޮޓް "ސާފަސް ޑުއޯ އެވެ.
އެކަމަކު އެ ކުންފުނީގެ މި ފަތްޖެހޭ ޑިވައިސް އަކީ ފޯނެއްތޯ ޓެބްލެޓެއްތޯ ބުނަން ދައްޗެވެ. ފޯނަކާ ގުޅުވަނީ ފަތްޖެހޭ ފޯނުގެ ރޭހުގެ ދުވެލި ބާރުވަމުން އަންނާތީ އެވެ.
މައިކްރޮފްސޮޓް "ސާފަސް ޑުއޯ" ގެ ވާހަކަ ދެކެވޭތާ މިހާރު ދުވަސްކޮޅެއް އެވެ. މި އަހަރުގެ ކުރީކޮޅުން ފެށިގެން އިވެމުން ދިޔައީ އެ ނެރެން ދެން މާ ގިނަ ދުވަހެއް ނުނަގާނެ ކަމަށެވެ. ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާގޮތުގައި މި މަސް ނިމުމުގެ ކުރިން މައިކްރޮފްސޮޓް "ސާފަސް ޑުއޯ" ލޯންޗްކުރާނެ އެވެ. މި މަސް ނިމެން ދެން އޮތީ ހަފުތާއެއް ދުވަހެވެ.
I'm pretty pumped too, John. pic.twitter.com/j0TmKtj6DG
— Panos Panay (@panos_panay) July 1, 2020
އަޑުތައް ހުރި ގޮތަށް ބަލާ އިރު މި މަހުގެ ތެރޭގައި އެ ނެރުމުގެ ފުރުސަތު ވަރަށް ވެސް ބޮޑެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި މަހު މައިކްރޮފްސޮޓް "ސާފަސް ޑުއޯ" ލޯންޗްކުރި ނަމަވެސް މި އުފެއްދުން ޝިޕްކުރަން ފަށާނީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މި އުފެއްދުމުގެ ވާހަކަ މައިކްރޮސޮފްޓުން ހިއްސާކުރުމާ އެކު، އިންތިޒާރުގައި ތިބި މީހުން މަދެއް ނޫނެވެ. މައިކްރޮފްސޮޓް "ސާފަސް ޑުއޯ" އަށް ބަލާ އިރު މިއީ އެއްކޮށް ދަމައިލުމުން ޓެބްލެޓެއް ސިފަވާ އުފެއްދުމެކެވެ. މި އެންޑްރޮއިޑް ޑިވައިސްގެ ފީޗާތަކުގެ ތެރޭގައި ހަ ޖީބީގެ ރޭމަކާއި 256 ޖީބީގެ ސްޓޯރޭޖާއި ދެ ބަޔަށް 5.6 އިންޗީގެ ޑިސްޕްލޭއެއްގެ އިތުރުން ކްއަލްކޮމް ސްނެޕްޑްރަގަން 855 ގެ ޕްރޮސެސާއެއް ހިމެނެ އެވެ.
ދެން ސުވާލަކީ އަގު ކިހާ ވަރެއް ހެއްޔެވެ؟ އެކަމަކު އެ ވާހަކަ އިހަށް ބާއްވާނީ އެވެ.
ޗައިނާގެ އާ ސްމާޓް ފޯނުގެ ހަގީގަތް އެމެރިކާ ހޯދަނީ
ގޫގުލް އިން އެއާޓެލް އަށް ބިލިއަން އިންވެސްޓްމަންޓެއް
ފޯން ވިޔަފާރީގެ ރަސްކަން އަލުން އެޕަލް އަށް
މައިކްރޮސޮފްޓުން ގޭމިންގެ ތާރީހީ ބޮޑު މުއާމަލާތަކަށް
ފުރަތަމަ އައިފޯނު ހަނދާން އެބަހުރިތަ؟
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
ސެމްސަންގްގެ ބިޔަ މަޝްރޫއެއް ޓެކްސެސްއަށް
ޓެކް ކުންފުނިތަކުގެ އިވެންޓްތަކެއް އަންނަ ހަފުތާގައި
އައިފޯން 13 ލިބުން ދަތިވެދާނެ
ޓިކްޓޮކާ އުޅެވުމަކީ ބޮޑު ގޯހެއް: މައިކްރޮސޮފްޓް