23 ޖުލައި 2020
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައިވާ ކަންތައްތައް ތަންފީޒުކުރާ މިންވަރު ކަނޑައަޅަން މިނިވަން މުސްތަގިއްލު މަގާމެއް ގޮތަށް އުފެއްދި އޮމްބަޑްސްޕާސަންގެ މަގާމަށް ނިއުމާތު ޝަފީގު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައިވާ ކަންތައްތައް ތަންފީޒުކުރާ މިންވަރު ކަނޑައަޅަން މިނިވަން މުސްތަގިއްލު މަގާމެއް ގޮތަށް އުފެއްދި އޮމްބަޑްސްޕާސަންގެ މަގާމަށް ނިއުމާތު ޝަފީގު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސްގެ ތަރުޖަމާނު، އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް މ. މާފުށީގެ، ނިއުމާތު ޝަފީގު އައްޔަން ކުރައްވާފައިވާ ކަމަށެވެ. އޭނާއަކީ އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގުގެ ދައްތަ އެވެ.
އޮމްބަޑްސްޕާސަންގެ މަގާމަށް ނިއުމާތު އައްޔަން ކުރުމަށްޓަކައި ރައީސް ހުށަހެޅުއްވުމުން އޭނާގެ ނަން މިިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ އިއްތިފާގުންނެވެ.
ރާއްޖޭގައި ޕްރީ ސްކޫލުތައް ގާއިމްކުރުމަށް ޔުނިސެފްގެ އެހީއާއެކު ގިނަ މަސައްކަތްތަކެއް ކުރެއްވުމުގެ އިތުރުުން ނިއުމާތަކީ ކުޑަކުދިންނަށް ކިޔަވައިދިނުމުގައި ވެސް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޮސްޓްރޭލިއާ އިން އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން އިން ޑިގްރީ އަދި ހަމަ އެ ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވާފައިވާ ނިއުމާތު މިހާރު ހުންނެވީ މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރަކަށެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ފާސްކޮށްފައި ވަނީ މިދިޔަ އަހަރެވެ. އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަނުކުރާ ބޭފުޅަކަށް 35،000 ރުފިޔާގެ މުސާރައެއް ދޭން ރައްޔިތުންގެ މަޖިލިހުން ވަނީ މިދިޔަ މޭ މަހު ފާސްކޮށްފަ އެވެ.
ސިޔާސަތު ހަދާއިރު ކުދިންގެ މަޝްވަރާ ހޯދަންޖެހޭ: ރައީސް
އިސްލާމީ ތަރުބިއްޔަތަށް އިސްކަން ދޭންޖެހޭ: ރައީސް
ހިޔާގެ އިސްވެރިން ޖަވާބުދާރީކުރުވަން ޖިނާއީ ތަހުގީގަކަށް
ކުޑަކުދިންގެ އޮމްބަޑްސްޕާސަން އޮފީހުގެ ގަވައިދު ހަދައިފި
ދައުލަތުގެ ބެލުމުގެ ދަށުގައި ގިނަ ކުދިން ތިބެގެންނުވާނެ
ފިޔަވަތީގެ މައްސަލަތައް އެބަ ބަލަން: އޮމްބަޑްސްޕާސަން
ހިޔާއަކީ ކުދިން ބައިތިއްބަން ރައްކާތެރި މާހައުލެއް ނޫން
ޖިންސީ ގޯނާގެ މައްސަލަތަކުގެ ކަންބޮޑުވުންތައް ރައީސަށް
އޮމްބަޑްސްޕާސަން އަށް ނިއުމާތު ޝަފީގުގެ ނަން
އަމާޒަކީ ކުޑަކުދިންނަށް އުފާވެރިކަން ހޯދުން: ރައީސް