Roadha Mihaaru
އޭދަފުށީގައި ކަރަންޓީނުގައި ތިބި 2މީހަކު ޕޮޒިޓިވްވެއްޖެ

އޭދަފުށީގައި ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

23 ޖުލައި 2020

ބ. އޭދަފުށީގައި ހޯމް ކަރަންޓީނުގައި ތިބި ދެ ބިދޭސީއަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބ. އޭދަފުށީގައި ހޯމް ކަރަންޓީނުގައި ތިބި ދެ ބިދޭސީއަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މި މަހުގެ 8 ގައި އޭދަފުއްޓަށް ދިޔަ ބަންގްލަދޭޝްގެ ދެ ފިރިހެނަކު ޕޮޒިޓިވްކަން އެނގުނީ، ކަރަންޓީނުގެ 14 ދުވަސް ހަމަވުމުން ހެދި ޓެސްޓުން ކަމަށެވެ.

އެ މީހުން އެ ރަށަށް ދިޔައީ ރެސްޓޯރެންޓެއްގައި މަސައްކަތް ކުރުމަށެވެ.

ނަޒްލާ ވިދާޅުވި ގޮތުގައި، އެ ދެ މީހުންގެ ހާލު ވެސް ރަނގަޅެވެ.

ހޯމް ކަރަންޓީނުގައި ތިބި ބަޔަކު މީގެ ކުރިން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވެ އެވެ. އޭގެ ތެރޭގައި ހދ. ނޮޅިވަރަމާއި އއ. ތޮއްޑު އާއި ކ. ހިންމަފުއްޓާއި ރ. ދުވާފަރު އަދި ގއ. މާމެންދޫގައި ކަރަންޓީނުގައި ތިބި ބަޔަކު ހިމެނެ އެވެ. އޭގެ ތެރެއިން ދުވާފަރުން ޕޮޒިޓިވްވިކަން އެނގުނީ، ކޮވިޑް-19 އަށް ހެދި ފުރަތަމަ ޓެސްޓް ނެގެޓިވް ވުމުންނެވެ. ނަމަވެސް ފަހުން ހެދި ޓެސްޓުން ތިން މީހަކު ޕޮޒިޓިވްކަން އެނގުމުން މުޅި ރަށް މޮނިޓަރިންގެ ހާލަތަށް ގެންދިޔަ އެވެ.

ރާއްޖެއިން މިހާތަނަށް 3،103 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 15 މީހުން މަރުވެފައި ވެ އެވެ. ބަލިން ރަނގަޅުވެފައިވަނީ 2،397 މީހުންނެވެ.