24 ޑިސެމްބަރ 2023
ފައިލޭރިއާ ޖެހިފައިވާ ބިދޭސީއަކު މާލެ އިން ވެސް މިއަދު ފެނިއްޖެ އެވެ.
ފައިލޭރިއާ ޖެހިފައިވާ ބިދޭސީއަކު މާލެ އިން ވެސް މިއަދު ފެނިއްޖެ އެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ، މާލެ ސަރަހައްދާއި ތިލަފުށި އަދި ގުޅީފަޅުގައި މިދިޔަ ހުކުރާއި ހޮނިހިރު ދުވަހު ބިދޭސީން ފައިލޭރިއާއަށް ޓެސްޓުކޮށްފައިވާ ކަމަށެވެ.
އެ ޓެސްޓުގެ ތެރޭގައި އިތުރު ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާ ކަމަށް ބުންޏެވެ.
ރާއްޖެ އިން ނައްތާލާފައިވާ ފައިލޭރިއާ ބަލީގެ މީހުން ފެންނަން ފެށީ ހދ. ކުޅުދުއްފުށިންނެވެ. އޭގެ ފަހުން އެ ރަށުން 25 ބިދޭސީން، ހުޅުމާލެ އިންނާއި މާލެ އިން ދެ ބިދޭސީއެއްގެ ގައިން ފައިލޭރިއާ ވަނީ ފެނިފަ އެވެ. އެއީ މުޅިން ވެސް އިންޑިއާ އާއި ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މާލެ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުއްޓާއި ގުޅިފަޅުން ޖުމްލަ 89 މީހުން ޓެސްޓުކޮށްފައިވެ އެވެ. އޭގެ ތެރެއިން ހުޅުމާލެއިން ފަސް މީހުންނާއި ގުޅިފަޅާއި މާލެއިން މީހަކާއެކު، ޖުމްލަ ހަތް މީހުން ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވެ އެވެ.
ކުޅުދުއްފުށިން މިހާތަނަށް ޓެސްޓުކުރި 439 މީހުންގެ ތެރެއިން 25 މީހުން ޕޮޒިޓިވްވެފައިވެ އެވެ. އެ ރަށުން 155 ދިވެހިން ޓެސްޓުކުރިއަސް، އެއްވެސް މީހަކު ޕޮޒިޓިވް ނުވެ އެވެ.
މާލެ ސަރަހައްދާއި ކުޅުދުއްފުށި ހިމަނައިގެން ފައިލޭރިއާ ޖެހުނު މީހުންގެ އަދަދު 32 އަށް އެރީ އެވެ.
އެޗްޕީއޭއިން ބުނީ އެ އެންމެންގެ ބޭސްފަރުވާގެ ކަންކަން ކުރިއަށްގެންދާނީ އެ އިދާރާގެ ބެލުމުގެ ދަށުން ކަމަށެވެ. މިހާތަނަށް ޕޮޒިޓިވްވި މީހުންނަށް ބޭސް ދީފައިވާ ކަމަށް ބުންޏެވެ.
"ފައިލޭރިއާއަށް ޓެސްޓުކުރުމުގެ މަސައްކަތް ފުޅާކޮށް ދިވެހިންނާއި ބިދޭސީން ހިމެނޭހެން ޓެސްޓުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ޓެސްޓުކުރުމުގެ މަސައްކަތްކޮށް އެންމެހާ ރައްޔިތުންނާ ކަމާ ގުޅުންހުރި އިދާރާތަކުން [ބިދޭސީ މަސައްކަތްތެރީން ގެންގުޅޭ ކުންފުނިތައް ހިމެނޭހެން] އެއްބާރުލުން ދެއްވުމަކީ މި އިދާރާގެ ވަރަށް ބޮޑު އިލްތިމާސެކެވެ." ބަޔާނުގައިވެ އެވެ.
ފައިލޭރިއާ ޖެހިފައިވާ ތިން ބިދޭސީއަކު ކޫއްޑޫން ފެނިއްޖެ
ފައިލޭރިއާ: ފަސޭހައިން ނުފެތުރުނަސް ކުރިން އެނގެންޖެހޭ
ފައިލޭރިއާ އަށް މިހާތަނަށް 452 މީހަކު ޓެސްޓުކޮށްފި
ފައިލޭރިއާ ޖެހިފައިވާ ބިދޭސީއަކު ހުޅުމާލެ އިން ފެނިއްޖެ
ރިސޯޓް ހަދާ ރަށަކާއި އެއާޕޯޓުގައި ކޮވިޑްގެ ކްލަސްޓާއެއް
ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ
ކޮވިޑް ޖެހުނު ދިވެހިންގެ އަދަދު ބިދޭސީންނަށް ވުރެ ގިނަ
ރޭ މަރުވި ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވް
ކޮވިޑް ޖެހުނު ދިވެހިންގެ އަދަދު އިތުރުވެއްޖެ
އޭދަފުށީގައި ކަރަންޓީނުގައި ތިބި 2މީހަކު ޕޮޒިޓިވްވެއްޖެ