Roadha Mihaaru
"ކާކުކަން ނޭނގޭ އެންމެން ފޮނުވާލުން، ހައްލެއް ނޫން"

ކާކުކަން ނޭނގޭ އެންމެން ފޮނުވާލުމަކީ ހައްލެއް ނޫން: ރައީސް ނަޝީދު

18 ޖުލައި 2020

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން ކާކުކަން ނޭނގޭ އެންމެން ފޮނުވާލުމަކީ ހައްލެއް ނޫން ކަމަށާއި އެގޮތަށް އެކަން ކުރައްވާނެ ކަމަށް ރާއްޖޭގެ ވެރިޔަކު ވިދާޅުވާ ނަމަ އެއީ "ޒިންމާދާރުކަން ކުޑަކޮށް ވިދާޅުވާ ބަސްތަކެއް ކަމަށް،" ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން ކާކުކަން ނޭނގޭ އެންމެން ފޮނުވާލުމަކީ ހައްލެއް ނޫން ކަމަށާއި އެގޮތަށް އެކަން ކުރައްވާނެ ކަމަށް ރާއްޖޭގެ ވެރިޔަކު ވިދާޅުވާ ނަމަ އެއީ "ޒިންމާދާރުކަން ކުޑަކޮށް ވިދާޅުވާ ބަސްތަކެއް ކަމަށް،" ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

"ބޭރުމީހުން" މި ސުރުހީގެ ދަށުން ލިއުއްވައި އަދި ސޯޝަލް މީޑިއާގައި އާންމުކުރެއްވި އެމަނިކުފާނުގެ މަޒުމޫނެއްގައި، ބިދޭސީން އަދި އަގުހެޔޮ މަސައްކަތު މީހުންގެ ފަރާތުން ރާއްޖެއަށް ލިބުނު އަދި ލިބޭ އިގުތިސާދީ ބޮޑު މަންފާގެ ވާހަކަ ވިދާޅުވަމުން، ލިއުއްވީ "އަޅުގަނޑުމެންގެ އުއްމީދަކީ އަދި އެދޭ ގޮތަކީ ކަން ކުރެވެން އޮތް ގޮތެއް ނޫން" ކަމަށެވެ.

"ރާއްޖޭގައި މިހާރު ތިބި ގިނަ ބޭރުމީހުންގެ މައްސަލަ ހައްލުކުރެވޭނީ ރާއްޖޭގަ އެވެ،" ނަޝީދު ލިއުއްވި އެވެ.

އެކަމަކު މިއީ އެމަނިކުފާނުގެ ޕާޓީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަމަލްކުރަމުން އަންނަ ސިޔާސަތާ ތަފާތު ވިސްނުންފުޅެކެވެ. ސަރުކާރުން ބުނަމުން އަންނަނީ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ފޮނުވާލުމަކީ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މި އަހަރު ގާތްގަނޑަކަށް 20،000 މީހުން ފޮނުވާލެވޭނެ ކަމަށް ވެސް، ސަރުކާރުން އުއްމީދުކުރެ އެވެ.

ބިދޭސީން އިތުރުވީ ރާއްޖެ ތަނަވަސްވުމުން

ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި ބިދޭސީން އިތުރުވި އެއް ސަބަބަކީ ދެކުނު އޭޝިއާގެ އެހެން ހުރިހާ ގައުމަކަށް ވުރެ ރާއްޖެ ތަނަވަސް ވުމެވެ. ރާއްޖޭގެ އުފެއްދުންތެރިކަން ފަސް ބިލިއަން ޑޮލަރަށް ވުރެ މައްޗަށް ގެންދެވުނީ، އެމަނިކުފާނު ލިއުއްވި ގޮތުގައި، ވަރަށް ހެޔޮ އަގުގައި، އަދި ވަރަށް ނިކަމެތި ހާލަތުގައި ބިދޭސީން ގެންގުޅެ، އެ މީހުން ލައްވާ ވަރަށް ބުރަ މަސައްކަތްތަކެއް ގިނަ ދުވަސް ވަންދެން ކުރުވީތީ އެވެ.

"އެފަދަ ކަންކަން ހިންގުމުގައި އެތައް ބަޔަކަށް ލިބޭ ޖާއިޒް އަދި ނާޖާއިޒު ފައިދާ ބޮޑުވުމުން އެކަންކަން ހިންގުމަށް ޖާގަ ދެވިފައި އޮތަތީ އެވެ. ރިސޯޓެއްގެ އަގަށް ވިސްނަވާށެވެ. މި ޒަމާނުގައި އެއީ ވިހި، ތިރީސް މިލިއަން ޑޮލަރެވެ. އެފަދަ އަގުހުރި އެއްޗެއް އުފެއްދުމަށް މަސައްކަތު މީހުންނަށް ހަރަދު މިކުރީ ވަރަށް ކުޑަ މިންވަރެކެވެ. ފަސް ލައްކައެއްހާ ޑޮލަރު ވެސް ނުޖެހެ އެވެ،" ނަޝީދުގެ މަޒުމޫނުގައި ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކުރައްވާ އެމަނިކުފާނު ވިދާޅުވީ ރާއްޖެ ގެނައި "ބޭރު މީހާ އެ ހުރީ ރާއްޖޭގައި" ކަމަށެވެ. އޭނާގެ އަތުގައި ކާކުކަން އަންގައިދޭ ލިއުން ނެތީ، އޭނާ "އަމިއްލައަށް ވީދާ [ލުމުން] ކަމަށް ވުމީ ވަރަށް ގާތް" ގޮތެއް ކަމަށާއި ނޫނީ އޭނާ ގެނައި މީހާ އެ އެއްޗެހި ނައްތާލީ ކަމަށް، ވިދާޅުވި އެވެ.

ޔޫރަޕުން މިސާލު

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ގާތްގަނޑަކަށް 70،000 ބިދޭސީން ހިފާ ހައްޔަރު ނުކުރެވޭނެ ކަމަށް ލިއުއްވަމުން އޭގެ މައިގަނޑު ސަބަބެއް ކަމަށް ދެއްކެވީ، އެކަމުގެ ހަރަދު ބޮޑުވުން އެކަންޏެއް ނޫނެވެ. "އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހުމަކީ" ވެސް އެގޮތަށް އެކަނބް ނުކުރެވޭނެ ސަބަބެއް ކަމަށް، ލިއުއްވި އެވެ.

ދެން އެމަނިކުފާނު މިސާލު ނެންގެވީ ޔޫރަޕްގެ ގައުމުތަކާއި ހާއްސަކޮށް އިނގިރޭސި ވިލާތުންނެވެ. "ޔޫރަޕް ވެސް ބިނާކޮށް ނިމުމުން" އިންޑިއާ އާއި އެފްރިކާގެ ގައުމުތަކުގެ މީހުން ފޮނުވާނުލެވުނު ކަމަށާއި އޭގެ ބަދަލުގައި، އެމީހުން އެތަންތަނުގައި "ރަނގަޅު ޓައުނުތައް ބިނާކުރީ" ކަމަށް ވިދާޅުވި އެވެ.

"އިނގިރޭސިން ބޭރު މީހުންގެ ކަންތައް ކޮންމެވެސް މިންވަރަކަށް ހައްލުކޮށްފައި އެވަނީ އެމީހުންގެ 'ބޭރުކަން' ކަނޑާލައިގެންނެވެ،" ނަޝީދު ލިއުއްވި އެވެ.

ރާއްޖޭގައި އުޅޭ ބޭރު އެންމެން ފޮނުވާލުމަކީ ހައްލެއް ނޫން ކަމަށް، އެމަނިކުފާނު ވިދާޅުވީ، އެ މިސާލުތައް ގެންނެވުމަށް ފަހު އެވެ.

Resident visa ge massalaigai Nasheed ah ethah baeh ge faadukiyumaai nuruhun

Resident visa ge massalaigai Nasheed ah ethah baeh ge faadukiyumaai nuruhun

The most trusted news source in the Maldives

Mihaaru

ރެސިޑެންޓް ވިސާ ކަންތަކުގައި އެތައް ބައެއްގެ ނުރުހުމާއި ފާޑު ކިޔުން ނަޝީދަށް އަމާޒުވުން

މާލޭގެ ބިން ކުއްޔަށް ދޫކޮށް އަތް އުރާލައިގެން

މަޒުމޫނުގައި މާލޭގެ ދިރިއުޅުމަށް އައި ބަދަލުތަކަށް ވެސް ކޮންމެވެސް ވަރަކަށް ބައްލަވާލެއްވި އެވެ. އެގޮތުން މާލޭގެ ބިމުގެ އަގު ބޮޑުވުމާ އެކު ލިބުނު ތަނަވަސްކަމުގައި އަތުންފައިން މަސައްކަތެއް ނުކޮށް ބިން ކުއްޔަށް ދީގެން މީހުން އުޅެން ފެށީކަން ފާހަގަކުރެއްވި އެވެ.

"ބަދަލުގައި އަގުހެޔޮކޮށް ބޭރު މީހުން ގެނުވައި އެމީހުން ލައްވާ ގުނާލުކުރުވަން ފެއްޓީ އެވެ،" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޮޑެތިވެގެން އައިއިރު ގޭގެ ވަޅު ދިޔަ ހިއްކުމާއި، ފުރާޅު ސާފުކުރުމާއި މަގުމަތި ކުނިކަހާ ފެން ޖެހުން، މިހެން ގޮސް ހަފުތާއެއްގެ ތެރޭގައި އެކުރުވާހާ ކަންކަން މިއަދު ހިތަށް ގެނައިމާ، ރާއްޖޭގެ ޒުވާން ޖީލު މަސައްކަތުގެ ތެރެއަށް ނުކުންނަން ޖެހިފައި އޮތް މިންވަރު ސާފުވެ އެވެ،" ނަޝީދު ލިއުއްވި އެވެ.

ނަޝީދުގެ ލިޔުއްވުން

ގަވާއިދުގެ ތެރެއަށް ވައްދަން ފުރުސަތު ދޭން ޖެހޭ

ކުރީގެ ރައީސް ވިދާޅުވި ގޮތުގައި ކާކުކަން އެނގޭނެ ރަސްމީ ލިއުން ނެތް މީހުން އެ މީހުން ނިސްބަތްވާ ގައުމަށް ފޮނުވާލަން ވެސް އުނދަގޫތައް ކުރިމަތިވާނެ އެވެ. އޭގެ ސަބަބު ވެސް، ތަފުސީލުކޮށްދެއްވި އެވެ.

"އޭނާއަކީ ކާކުކަން ދިވެހި ސަރުކާރަށް ވެސް އަދި އޭނާގެ އަމިއްލަ ގައުމަށް ވެސް ސާފުކުރެވޭނެ ގޮތެއް ނެތެވެ. ދިވެހި ސަރުކާރުން އޭނާ ފޮނުވާލުމަށް އެދުނު ނަމަވެސް އޭނާ ފޮނުވުމަށް މަސައްކަތް ކުރާ ރަށު[ގައުމު]ގެ ސަރުކާރުން އޭނާ އެ ރަށަށް [ގައުމަށް] ގެނެއުމަށް އެއްބަސްވެ، އެއްބާރުލުން ނުދެނީ ނަމަ އޭނާ ރާއްޖެ އިން ފޮނުވާލެވޭނެ ގޮތެއް ނެތެވެ،" ނަޝީދު ވިދާޅުވި އެވެ.

ބޭރު މީހުންނަށް ރާއްޖޭގައި އުޅޭނެ ފުރުސަތު ނުލިބިއްޖެ ނަމަ ރާއްޖެއަށް ކުރިއެރުމާއި ހަމަޖެހުން ހޯދަން ވެސް ދަތިތަކެއް ކުރިމަތިވާނެ ކަމަށް، ކުރީގެ ރައީސް ލަފާކުރައްވަ އެވެ. އެހެންކަމުން އެމަނިކުފާނު ގަބޫލުފުޅުކުރައްވަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވަނުމަށް ކޮންމެވެސް ހުއްދައަކާއި އޭނާ އުޅޭނެ ތަނެއް ދޭން ޖެހޭ ކަމަށެވެ.

"އަޅުނގަޑު ދެކޭ ގޮތުގައި މި ދެ ކަން ވެސް ނުކޮށްފި ނަމަ ރާއްޖެއަށް އިތުރު ހަމަޖެހުމާއި ކުރިއެރުން ހޯދަން ދަތިވާނީ އެކަންޏެއް ނޫނެވެ. ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބޮޑެތި ނުރަނގަޅު އަސަރު ކުރާނެ އެވެ،" ނަޝީދު ލިއުއްވި އެވެ. އޭގެ ފަހުން އެމަނިކުފާނު ކުރިމަގު ވަޒަންކުރައްވާ ގޮތް، މަޒުމޫނު ނިންމާލައްވަމުން، ވިދާޅުވި އެވެ.

"އަޅުގަނޑު މިބަސްތައް ލިޔުމުން ބައެއް ބޭފުޅުން ނުރުހިދާނެ އެވެ. އެހެން ނަމަވެސް މީގެ ފަސް، ދިހަ އަހަރު ފަހުން މި މައްސަލަ އޮންނާނީ އަދި މާ ބޮޑުވެފަ އެވެ. އޭރުން ވެސް، އަމަލު ކުރަން ޖެހޭނީ އަޅުގަނޑު މިއަދު މިދަންނަވާ ބާވަތުގެ ގޮތަކަށެވެ."

Mi dhanee hadhdhun nettigen, mi hageegathaa kurimathilaa!

Mi dhanee hadhdhun nettigen, mi hageegathaa kurimathilaa!

The most trusted news source in the Maldives

Mihaaru

މި ދަނީ ހައްދުން ނެއްޓިގެން، މި ހަގީގަޔާ ކުރިމަތިލާ

ރެސިޑެންސް ވިސާގެ އިސްލާހާ އެކު ފާޑުކިއުން ބޮޑު ދުވަސްކޮޅެއް

ނަޝީދުގެ މަޒުމޫން މި އައީ، ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށާއި އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ރާއްޖޭގައި ކުރާ ބިދޭސީންނަށް ރެސިޑެންޓް ވިސާ ދޭން ޖެހޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އެމަނިކުފާނު ހުށަހެޅުއްވި އިސްލާހާ ގުޅިގެން ބައެއްގެ ފާޑުކިޔުން އަމާޒުވެފައި އޮތް ދަނޑިވަޅެއްގަ އެވެ.

އެ އިސްލާހާ މެދު އެމްޑީޕީގެ މެމްބަރުން ވެސް ހިތްހަމައެއް ނުޖެހެ އެވެ. އަދި އިދިކޮޅުގެ މީހުންނާއި އާންމުން ވެސް ގެންދަނީ، އެހާ ފަސޭހައިން ރެސިޑެންސް ވިސާ، ބޭރު މީހުންނަށް ލިބޭ ގޮތަށް ހެދުމަކީ "ރާއްޖޭގެ ސިފަ ގެއްލިދާނެ" ކަމެއް ކަމަށް ބުނަމުންނެވެ.

އެކަމަކު ނަޝީދުގެ މަޒުމޫނުގައި، އެ ވިސާއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާކޮށް ގެންނަވާފައެއް ނުވެ އެވެ.