13 ޖުލައި 2020
ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީންގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާ ވެފައިވާ ކަމަށް ވިދާޅުވެ ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް( ދޮންބިލެތް)، މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީންގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާ ވެފައިވާ ކަމަށް ވިދާޅުވެ ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް( ދޮންބިލެތް)، މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
މިއަދުގެ ޖަލްސާ އަށް ވެސް ކުއްލި ދެ މައްސަލައެއް ހުށަހެޅުމުން ވަނީ އޭގެ ތެރެއިން ބަހުސް ކުރާނީ ކޮން މައްސަލައެއްކަން ކަނޑައަޅަން ގުރުއަތު ލައިފަ އެވެ. ހަލީމްގެ އިތުރުން ދެން މައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމެވެ. ގުރުއަތުން ހޮވުނީ ހަލީމްގެ މައްސަލަ އަށް ބަހުސް ކުރުމަށެވެ.
ހަލީމް ހުށަހެޅުއްވި ކުއްލި މައްސަލާގައި ގޮވާލައްވާފައި ވަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށެވެ. ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އެތެރެވެފައިވާ ގޮތް ބަލައި އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރާއި ދައުލަތުގެ އިދާރާތަކަށް ވެސް ގޮވާލެއްވި އެވެ.
ގަވައިދާ ހިލާފަށް އެތެރެވެފައިވާ ބިދޭސީން މެދުވެރިކޮށް ރާއްޖޭގެ ގައުމީ ސަލާމާތަށް ނުރައްކާވާ ގޮތަށް ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކާ ކުރިމަތިލުމަށާއި މީހުންގެ މުދަލަށް ގެއްލުން ދިނުމަށް ހިތްވަރު ލިބޭގޮތަށް އަމަލު ކުރަމުންދާތީ އެކަން ކުށްވެރިކުރާ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.
އެ މައްސަލައަށް ބަހުސް ކުރުމަށް މަޖިލީހުން ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.
ބަހުސް ކުރުމުގެ ފުރުސަތު ދެއްވުމުގެ ކުރިން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މި މައްސަލައަކީ ބިދޭސީންނާ ގުޅޭ މައްސަލައަކަށް ވާއިރު މަޖިލީހުގައި މެމްބަރުން ބަހުސް ކުރައްވާއިރު އެއްވެސް ނަސްލެއް، އަދި އެއްވެސް އަވައްޓެރި ގައުމެއްގެ މީހަކާ ގުޅޭގޮތުން ބޭއަދަބީކޮށް ވާހަކަ ނުދެއްކުމަށް އެދޭ ކަމަށެވެ.
"މިތަނުގައި އިއްޒތްތެރި މެމްބަރުން ވާހަކަ ދައްކަވާއިރުގައި އިންސާނިއްޔަތަށް ބެއްލެވުން. ގައުމުތަކުގެ ހަމަހަމަކަމާއި ދިވެހިރާއްޖޭގެ ސިޔާދަތާއި ދިވެހިރާއްޖޭގެ ހާރިޖީ ގުޅުންތަކާއި އަދި ދިވެހީންގެ ގަދަރު ވެރިކަމާއި ހެޔޮކަމާއި އޯގާތެރިކަމާއި މި އެންމެއެންމެ ކަންކަމަށް ބައްލަވާ،" ނަޝީދު ވިދާޅުވި އެވެ.
ދިވެހީންނަކީ ނަސްލީ ގޮތުން ވަކި ބައެއް ދެކެ ރުޅި އަންނަ ބައެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެ މައްސަލަ އަށް ބަހުސް ކުރައްވަމުން، މައްސަލަ ހުށަހެޅުއްވި މެމްބަރު ހަލީމް ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްދުން ނައްޓައިގެން ދިޔައީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށެވެ.
"މިދިޔަ ސަރުކާރު ނިމި މި ސަރުކާރު ހަވާލުވިއިރުގައި އިމިގްރޭޝަންގެ ޑިޕާޓްމަންޓްގައި ހުންނަ ޕައިސިސް ސިސްޓަމެއް. އެ ސިސްޓަމަށް އެކްސަސްވުމުގެ ހުއްދަ އޮންނަނީ ގަވައިދުން އެންމެ ދެ ބޭފުޅުންނަށް. އެހެން ނަމަވެސް އަޅުގަނޑުމެންނާ ސަރުކާރު ހަވާލުވިއިރު އެ ސިސްޓަމަށް އެކްސަސްވެވޭ 60 މީހަކަށް ހުއްދަ ދެވިފައި އޮތް. އެންމެ އަޖައިބު ކުރުވަނިވި ކަމަކީ އެ 60 މީހުންގެ ތެރޭގައި ބަގްލަދޭޝްއަށް ނިސްބަތްވާ ރައްޔިތުން ވެސް ހިމެނޭ،" ހަލީމް ވިދާޅުވި އެވެ.
މަސައްކަތް ކުރުވުމަށް ފަހު މުސާރަ ނުދޭ މައްސަލާގައި ބިދޭސީން މުޒާހަރާކުރުން އިތުރުވެފައި ވަނިކޮށް ހުށަހެޅުއްވި މައްސަލާގައި ހަލީމް ވިދާޅުވީ އިންސާނުންގެ ވަގު ވިޔަފާރިކުރާ ގައުމުތަކުގެ ލިސްޓްގައި ރާއްޖެ ހިމަނަން އެމެރިކާ އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތްކުރާ ބަޔަކު ދެ ފަހަރަށް ނިންމި ކަމަށެވެ. އެކަން ނުކޮށް އޮތީ އެމެރިކާ ސަރުކާރާއި ރާއްޖެގެ މިހާރުގެ ސަރުކާރާ އޮންނަ ގާތްގުޅުމެއްގެ ސަބަބުން ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.
"އެ ރިޕޯޓްގައި ހިމެނުމުން ކުރިމަތިވާ ކަންކަމަކީ ހަމަ ދަތިކުރުމުގެ ފިޔަވަޅު އެޅުންފަދަ ކަންކަމެއް. ވަރަށް ގިނަ ކަންކަން އަޅުގަނޑުމެންނަށް ގެއްލިގެން ދާނެ. އެ ކަހަލަ ރިޕޯޓްތަކުގައި އަޅުގަނޑުމެން ހިމެނިގެން ގޮސްފި ކަމަށް ވަންޏާ އަޅުގަނޑުމެންނަށް އޮންނަ ވަރަށް ބޮޑެތި އެޑްވާންޓޭޖްތައް އަޅުގަނޑުމެންނަށް ނެތިގެން ހިނގައި ދާނެ،" ހަލީމް ވިދާޅުވި އެވެ.
މުސާރަ އާއި ކާނާ ނުލިބި ގިނަ ބިދޭސީންތަކަކަށް ގޮތް ހުސްވެފައިވާ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ. މާލޭގެ ބައެއް ފިހާރަތަކުން އުކާލަން ނެރޭ ބައެއް ތަކެތި ކައިގެން އުޅޭ ބިދޭސީން ވެސް ގިނަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ މީގެ ކުރީގައި މިކަންކަމާ ހަވާލުވެ އިމިގްރޭޝަންތަންތަނުގައި ތިއްބެވި ބޮޑެތި ވެރިންގެ ބޮޑެތި އިހުމާލު ކަމަށް އަޅުގަނޑު ދެކެން. އަޅުގަނޑު ގޮވާލަން ސަރުކާރަށް އެކަންކަމުގައި ސީރިއަސް ތަހުގީގެއްކޮށް، ހަރުކަށި ތަހުގީގެއްކޮށް މިކަންކަން ބެލުން،" ހަލީމް ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ ގިނަ އަދަދެއްގެ ބިދޭސީން އެގޮތަށް ގޮތް ހުސްވުމުން އޭގެ ފައިދާތަކެއް ބަޔަކަށް ނެގޭނެ ކަމަށެވެ. ވާދަވެރި ފަރާތްތަކުން ދަނީ އެ ފައިދާ ނެގުމަށް މަސައްކަތް ކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ މީހުން މިތަނަށް ގެނެސް އެ މީހުން ހަފުސްކުރި މީހުން އަނެއްކާ އެ ދަނީ އެ މީހުންގެ ބޮލަށް އެކި ގޮތްގޮތަށް ސަވާރުވެ ރާއްޖޭގެ މަސްލަހަތާއި އަމާންކަން ގެއްލުވާލަން. އިއްޒަތްތެރި ރައީސް ފުލުހުންނަށާއި ސިފައިންނަށް ހަމަލާދިނުމަކީ ކުޑަ ކަމެއް ނޫން،" ހަލީމް ވިދާޅުވި އެވެ.
މިސަރުކާރުން މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން އެ މީހުންގެ ގައުމަށް ފޮނުވާލާފައިވާތީ އެކަމަށް ހަލީމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ޚާއްސަ ކޮށްގެން އިމާރާތް ކުރާ ފްލެޓުގެ މަސައްކަތް ކުރާ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މުވައްޒަފުން، މުސާރަ ނުދީގެން މިހާރު ވެސް ހުޅުމާލޭގައި ދަނީ މުޒާހަރާ ކުރަމުންނެވެ.
އެމްޑީޕީގެ މަޖިލިސް މެމްބަރު އަލީ ރިޒާ، އޭނާގެ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލާގައި އެ ބިދޭސީން ވެސް މި ފަހުން ވަނީ ހަމަނުޖެހުންތަކެއް ހިންގައިފަ އެވެ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ އެ ބިދޭސީން ހިންގި ހަމަނުޖެހުންތަކުގައި އެ ރަށަށް ވެސް ބޮޑެތި ގެއްލުންތަކެއް ދިނެވެ. އެ މައްސަލައާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރު ކޮށްފައިވާއިރު އެ މީހުންނަށް މުސާރަ ނުދިން މައްސަލާގައި އަލީ ރިޒާއަށް މިހާތަނަށް ފިޔަވަޅެއް އަޅާފައި ނުވާތީ އެތައް ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.
ތަހުގީގުގެ މައުލޫމާތު ފުލުހުން މަޖިލީހަށް ދޭ: މަބްރޫކް
އަޅުގަނޑު ޑީލެއް ނުހަދަން، ހެއްދެވީ ނަޝީދު: ޝަރީފު
ވެންޓިލޭޓަރު މައްސަލާގައި ދެން އޮތީ ފިޔަވަޅު: ނަޝީދު
މައްސަލަ ބޮޑުވެ ވިސާގެ އިސްލާހަށް ހިޔާލު ހޯދަނީ
ކުއްޔަށް އުޅޭ ބިދޭސީންނަށް ވިސާ ދޭން ސަރުކާރު ދެކޮޅު
ނަޝީދު ވިދާޅުވަނީ އިސްލާހު ހުށަނާޅުއްވާ ކަމަށް
"ވިސާ މައްސަލާގައި ނަޝީދުގެ އަމަލު ގަވާއިދާ ޚިލާފު"
"ކާކުކަން ނޭނގޭ އެންމެން ފޮނުވާލުން، ހައްލެއް ނޫން"
ރެސިޑެންސް ވިސާގެ އިސްލާހު އަނބުރާ ގެންދޭ:އިދިކޮޅު
ދިގު މުއްދަތަކަށް ކުއްޔަށް އުޅޭ ނަމަ ވިސާ ދޭން އެދެފި