Roadha Mihaaru
ނަޝީދު ވިދާޅުވަނީ އިސްލާހު ހުށަނާޅުއްވާ ކަމަށް

ނަޝީދު ވިދާޅުވަނީ ރެސިޑެންސް ވިސާ ލުއިކުރަން އިސްލާހު ހުށަނާޅުއްވާ ކަމަށް

20 ޖުލައި 2020

ބިދޭސީންނަށް ފަސޭހަ އިން ރެސިޑެންސް ވިސާ ލިބޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީ އަށް އެ މަނިކުފާނު އިސްލާހެއް ހުށަހެޅުއްވި ކަމަށް ދައްކާ ވާހަކަ އަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އިންކާރު ކުރައްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ބިދޭސީންނަށް ފަސޭހަ އިން ރެސިޑެންސް ވިސާ ލިބޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީ އަށް އެ މަނިކުފާނު އިސްލާހެއް ހުށަހެޅުއްވި ކަމަށް ދައްކާ ވާހަކަ އަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އިންކާރު ކުރައްވައިފި އެވެ.

ނަޝީދު އެހެން ވިދާޅުވީ، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ރެސިޑެންސް ވިސާ ދޫކުރުމަށް ބޮޑު ލުޔެއް ދިނުމުގައި "ފޮރުވިފައިވާ ކަންތައްތައް" ހިންގާ ކަމަށް ވިދާޅުވެ، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅިގެންނެވެ. އެކަމަކު، އަވައްޓެރި ގައުމަކަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ އެ މައްސަލަ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ބޭރުކޮށްލައިފަ އެވެ.

މެމްބަރު ނަޝީދު، އެ މައްސަލަ ހުށަހެޅުއްވުމުން އެކަމަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ކޮމިޓީތަކަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އުސޫލުތަކުގެ ތެރެއިން އެ މަނިކުފާނަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. ނަމަވެސް، އެ އުސޫލުތަކުގެ ބޭރުން އިސްލާހު ހުށަހެޅުއްވި ކަމަށް ވިދާޅުވީ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށް ހުރިހާ އިއްޒަތްތެރި މެމްބަރުންނަށް ވެސް ދަންނަވަން އަދި އިދާރީ މޭޒުން ތިބޭފުޅުން އެހެން ގޮތްގޮތުން ބެއްލެވީމާ ވެސް ވަރަށް ސާފުކޮށް ފެނިވަޑައިގަންނަވާނެ އަޅުގަނޑު ހުށަހަޅާފައިވާ އިސްލާހެއް ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެގޮތަށް ވިދާޅުވި ނަމަވެސް ޝަރީފް، ހުކުރު ދުވަހު "މިހާރު"ގެ ޚަބަރެއް ޓްވީޓް ކުރައްވައި ވިދާޅުވީ، ނަޝީދު ބޭނުންފުޅުވަނީ 10 އަހަރަށް ވުރެ ގިނަ ދުވަހަށް ރާއްޖޭން ގެއެއް ކުއްޔަށް ހިފާ މީހުންނަށް ވިސާ ދޭން ކަމަށެވެ.

މުގައްރިރު ޝަރީފް ކުރެއްވި ޓްވީޓް---

އިމިގްރޭޝަން ގާނޫނަށް ގެންނަ އިސްލާހުތަކާ މެދު ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި މަޝްވަރާކޮށް، ރައްޔިތުންގެ މަޖިލީިހުން ގޮތެއް ނިންމައިދިނުމަށް މަޖިލީހުގެ ރައީސް ނަޝީދަށް މިދިޔަ ހަފުތާގައި ކޮމިޓީގެ ރިޕޯޓު ފޮނުވި ނަމަވެސް އެ މަނިކުފާނު ވަނީ ރެސިޑެންސް ވިސާ ލިބޭނެ ލުއި ގޮތްތަކެއް އިސްލާހުތަކުގެ ތެރޭގައި ހިމަނައިދިނުމަށް އެދިވަޑައިގެން އެ ރިޕޯޓު އަނބުރާ ފޮނުވާލައްވައިފަ އެވެ.

ކޮމިޓީގެ މަސައްކަތް ނިންމާފައި ވަނިކޮށް، ނަޝީދު އެދިވަޑައިގަތީ ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށާއި ރާއްޖޭގައި އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އިންވެސްޓެއް ކުރާ ބިދޭސީންނަށް ރެޒިޑެންސް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ބަދަލު ގެނައުމާ މެދު ކޮމިޓީން އަލުން ވިސްނުމަށެވެ. މި ގޮތަށް ވިސާ ދިނުމަކީ މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުންގެ ވެސް ނުރުހުން އޮތް ކަމެކެވެ. މިކަމާ ފާޅުގައި ބައެއް މެމްބަރުން ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ.

Kaakukan neygey emmen fonuvaalumakee halleh noon: Raees Nasheed

Kaakukan neygey emmen fonuvaalumakee halleh noon: Raees Nasheed

The most trusted news source in the Maldives

Mihaaru

ކާކުކަން ނޭންގޭ އެންމެން ފޮނުވާލުމަކީ ހައްލެއް ނޫން ކަމަށް ނަޝީދު ވިދާޅުވުން

ނަޝީދު މިއަދު ވިދާޅުވި ގޮތުގައި، އެ ބިލް، ކޮމިޓީން އަލުން ބަލައިދިނުމަށް އެ މަނިކުފާނު އެދިވަޑައިގަތީ ކޮމިޓީގައި ދެއްކި އެއްވެސް ވާހަކައެއް ބިލް ދިރާސާކޮށް، ނިންމި ގޮތުގެ ރިޕޯޓުގައި ހިމަނާފައި ނުވާތީ އެވެ.

"އަޅުގަނޑު ހިތުން މިހާރު އަލުން އަނބުރާ ކޮމިޓީން ދަނީ އެ މަސައްކަތް ކުރަމުން،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ރެސިޑެންސް ވިސާ ދޭނީ ވަކިވަރަކަށް ރާއްޖޭގައި އިންވެސްޓް ކުރާ މީހުންނަށް ކަމަށް ބުނާ ބުނުމަކީ ވެސް ކޮމިޓީން މިހާތަނަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށެވެ.

"ކޮމިޓީ އަށް ހުށަހެޅިފައިވާ އިސްލާހުގައިވާ އަދަދު، އަދަދެއް ވާ ކަމެއް އެ ވެސް އަޅުގަނޑު ހިތުން ކޮންމެވެސް ތަނަކުން ނުކުމެފައިވާ އަދަދެއް. އެއްވެސް ހާލެއްގައި އެއީއެއް ކޮމިޓީގެ އަދަދެއް [ކަމަށް] އަޅުގަނޑަކަށް ނުވިސްނޭ،" ނަޝީދު ވިދާޅުވި އެވެ.

"ތަޅުމުގައި ވާހަކަ ދައްކަމުން ދިޔައިރު ބައެއް އިއްޒަތްތެރި މެމްބަރުން ފާހަގަ ކުރައްވަމުން ގެންދެވި އެއްލައްކަ ޑޮލަރު. އަނެއްބައި އިއްޒަތްތެރި މެމްބަރުން ފަސް ލައްކަ ޑޮލަރު. ތަފާތު އަދަދުތައް އިއްޒަތްތެރި މެމްބަރުން ފާހަގަ ކުރައްވާފައިވޭ. އެއް ލައްކަ ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދުތައް."

މި މައްސަލާގައި ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް، ނަޝީދު މިދިޔަ ހޮނިހިރު ދުވަހު ލިޔުއްވި މަޒުމޫނެއްގައި ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން ކާކުކަން ނޭނގޭ އެންމެން ފޮނުވައިލުމަކީ ހައްލެއް ނޫން ކަމަށާއި އެގޮތަށް އެކަން ކުރައްވާނެ ކަމަށް ރާއްޖޭގެ ވެރިޔަކު ވިދާޅުވާ ނަމަ އެއީ "ޒިންމާދާރުކަން ކުޑަކޮށް ވިދާޅުވާ ބަސްތަކެއް" ކަމަށެވެ.

މިހާރު ވެސް ރާއްޖޭގައި ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީއެއް ނަމަ ރެޒިޑެންސް ވިސާ ލިބެ އެވެ. އަދި ސަރުކާރުން ގަބޫލުކުރާ ވިޔަފާރިތަކުގައިި ބޮޑެތި އިންވެސްޓްމަންޓް ކުރާ ބިދޭސީންނަށް ވެސް އެ ވިސާ ލިބޭނެ އެވެ.